މ. ޝޭޑީހޯމް، ޙަސަން ޒިޔާދު
ހަބަރު
29 May 2023 | 13:22
ހަތިމަށް ކުޅު ޖެހި ޒިޔާދު، ބޭބެގެ ގޭގައި އަލިފާންރޯކޮށް، ގެއްލުންދީ، ބިރު ދެއްކި މައްސަލައެއްގައި ޖަލަށް!

ހަތިމަށް ކުޅު ޖެހި މައްސަލައެއްގެ އިތުރުން ބަރަހަނަ ހާލުގައި މޫދުގައި އޮއްވާ ހައްޔަރުކުރި މ. ޝޭޑީހޯމް، ޙަސަން ޒިޔާދު، އޭނާގެ އެއްބަނޑު ބޭބެއަށާއި، އެއްބަނޑު އެއްބަފާ ދައްތައަށް ބިރު ދައްކައި، ދިރިއުޅޭ ގޭގެ މުދަލަށް ގެއްލުން ދިނުމުގެ ސަބަބުން ޖަަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ޒިޔާދުގެ މައްޗަށް ޝަރީއަތުން އުފުލާފައިވަނީ އެވަގުތު އަނިޔާ އެއް ދީފާނެކަމުގެ ބިރު ދެއްކުމުގެ ދައުވާއާއި މުދަލަށް ގެއްލުން ދިނުމުގެ ދައުވާ ކަމަށް ކްރިމިނަލް ކޯޓުން އާންމު ކޮށްފައިވާ ނިންމުމުގައި ވަނީ ބުނެފައެވެ.

އެގޮތުން އޭނާގެ އެއްބަނޑު ބޭބެ ހ. ރޯޒްހައުސް އަބްދުالله ރަޝީދު ދިން ހެކިބަހުގައި ބުނެފައިވަނީ މިދިޔަ އަހަރުގެ ޖޫން 27 ގައި ދަންވަރު 02:15 ކަންހާއިރު ޒިޔާދު އާއި ރަޝީދު ދިރިއުޅޭ ހ. ރޯޒްހައުސްގޭގެ ކުޑަ ދޮރުގެ ލޫވަތަކާއި، އެގޭގެ ތަށިތައް ތަޅާލައި ކަރަންޓް ސްވިޗް ބޯޑުތަކަށް ފެން ޖަހާފައިވާ ކަމަށެވެ.

އަދި ދޮންނަ މެޝިނަށް ފެން އެޅުމަށްފަހު ކަރަންޓު ސަރކެޓް ބޯޑަށް ކަރަންޓު ވާގަނޑެއް ގުޅައި އޭގެ އަނެއްކޮޅު ދޮންނަ މެޝިނަށް އަޅާފައި ހުރި ފެނަށް ގުޅައި ކަރަންޓް ޖައްސައި، އެގޭގެ ކަރަންޓް ސަރކެޓް ބްރޭކަރު ވައްޓާލައި، ކަރަންޓް ކަނޑައި، ތަކުރާރުކޮށް ބްރޭކަރު ނަގައި ކަރަންޓް ޝޯޓްކޮށްފައިވާ ކަމަށް ވެސް ރަޝީދު ބުނެފައިވެއެވެ.

މިއާއިއެކު ގޭތެރޭގައި އަލިފާން ރޯކޮށްފައިވާ ކަމަށާއި މިކަން ރަޝީދަށް ނުފެނުނު ނަމަ މުޅި ގޭގައި ރޯވީސް ކަމަށާއި އޭނާއާއި ދިމާލަށް ވަޅިއެއްވެސް އެއްލާފައިވާ ކަމަށް ރަޝީދު ވަނީ ބުނެފައެވެ. 

އެހެންނަމަވެސް ކޮއްކޮއާއި ދޭތެރޭ ނަފްރަތެއް ނެތް ކަމަށާއި ޒިޔާދަކީ ނަފްސާނީ ބައްޔެއް ހުންނަ މީހެއް ކަމަށް ރަޝީދު ވަނީ ފާހަގަކޮށްފައެވެ.

ރަޝީދުގެ އިތުރުން ޒިޔާދުގެ އެއްބަނޑު އެއްބަފާ މ. ޝޭޑީހޯމް, މަރްޔަމް ރަޝީދާ ވެސް ހެކި ދެމުން ބުނެފައިވަނީ އެގޭގެ މުދަލަށް ޒިޔާދު އެކި ފަހަރު މަތިން ގެއްލުން ދީ އެމީހުންނަށް ބިރުދައްކާފައިވާ ކަމަށާއި އެދުވަހުގެ ވަގުތެއްގައިވެސް ރަޝީދާއާއި ދިމާލަށް މަރާލާނަމޭ ބުނެފައިވާ ކަމަށެވެ.

ޒިޔާދު ވަނީ ކޯޓުގައި މި ދެ ދައުވާ އަށްވެސް އިންކާރު ކޮށްފައެވެ.

އެހެންނަމަވެސް ޝަރީއަތުން ބެލި ބެލުމުގައި މި ދެ ދައުވާވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ވަނީ ކަނޑައަޅާފައެވެ.

މީހަކަށް އަނިޔާއެއް ދީފާނެ ކަމަށް ބިރު ދެއްކުމުގެ ކުށުގެ އަދަބުގެ އަސާސީ މިންގަނޑަކީ 1 އަހަރާއި 7 މަހާއި 6 ދުވަހެވެ. ނަމަވެސް ޒިޔާދުގެ މައްޗަށް ޑްރަގް ކޯޓުން ޖިނާއީ ކުށެއް ސާބިތުވެފައިވާތީ އަދަބުގެ އަސާސީ މިންގަނޑަ އެއް ދަރަޖައިން ވަނީ މަތިކޮށްފައެވެ. އަދި ޒިޔާދު 11 މަހާއި 2 ދުވަސް ކުށުގެ ތުހުމަތުގައި ބަންދުގައި ހޭދަކޮށްފައި ވުމުގެ ސަބަބުން މި އަދަދު ވަނީ އަދަބުން އުނި ކޮށްފައެވެ.

އެހެންކަމުން މި ދައުވާގައި ޒިޔާދުގެ މައްޗަށް ހުކުމް ކޮށްފައިވަނީ 1 އަހަރާއި 28 ދުވަހުގެ ޖަލު ހުކުމެކެވެ.

މީގެ އިތުރުން މުދަލަށް ގެއްލުން ދިނުމުގެ އަދަބުގެ އަސާސީ މިންގަނޑަކީ 1 މަހާއި 6 ދުވަސް ނަމަވެސް މިއީ މި ހާދިސާގެ ތެރެއިން ޒިޔާދުގެ މައްޗަށް ސާބިތުވާ ދެވަނައަށް އެންމެ ބޮޑު ކުށް ކަމަށް ވުމުގެ ސަބަބުން އޭނާ ތަންފީޒު ކުރަންޖެހެނީ މީގެ ދެބައިކުޅަ އެއްބައެވެ.

އެހެންކަމުން މި ދައުވާގައި ޒިޔާދުގެ މައްޗަށް ހުކުމް ކޮށްފައިވަނީ 18 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.