އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ/ ފޮޓޯ: މަޖިލިސް
ހަބަރު
29 May 2023 | 11:47
މިއަށްވުރެ ފުޅާކޮށް މީޑިއާގެ މިނިވަންކަން ދިން ސަރުކާރެއް އަދި ނާދޭ: ރޮޒައިނާ

ރައީސުލްޖުމްޙޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހުގެ ސަރުކާރަށްވުރެ ފުޅާކޮށް މީޑިއާގެ މިނިވަންކަން ދިން އެއްވެސް ސަރުކާރެއް އަދި ނާންކަމަށް މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ. 

ރާއްޖޭގައި އޮތް އިދިކޮޅު ޓީވީ ޗެނަލް، ޗެނަލް-13 އަށް ބްރޯޑްކާސްޓް ކޮމިޝަން މެދުވެރިކޮށް އިންޒާރުދިން މައްސަލަ މަޖިލީހުން ބޭރުކޮށްލުމާއި ގުޅިގެން އުފެދިފައިވާ ބަހުސްގައި ވާހަކަދައްކަވަމުން ރޮޒައިނާ ވިދާޅުވީ މަޖިލީހަށް މިއަދު ހުށައެޅި ކުއްލި މައްސަލައަކީ ސީދާ ސަރުކާރަށް "ބަވަން" ހުށައެޅި މައްސަލައެއް ކަމަށެވެ. 

ސަރުކާރާއި އިދިކޮޅު މެމްބަރުން އެކި ކުއްލި މައްސަލަތަށް ހުށައަޅަނީ މަޖިލީހުގެ މަސައްކަތްތަކަށް ހުރަސްއަޅާ މުހިންމު ބިލުތަކަށް ބަހުސްކުރުމުގެ ފުރުސަތު ގެއްލުވާލާ، ސަރުކާރަށް ފާޑުކިޔާނެ ޖާގަ ހޯދުމަށްކަމަށް ރޮޒައިނާ ވިދާޅުވި އެވެ. 

އެއާއެކު ރޮޒައިނާ ވިދާޅުވީ ޗެނަލް-13 އިން ގެނެސްދިން ލަވަތަކެއްގެ މައްސަލަ ބްރޯޑްކޮމް އިން ބަލަން ފެށުމަކީ އެމީހުންގެ ޒިންމާއެއްކަމަށެވެ. 

އެގޮތުން ޓީވީ ޗެނަލް ތަކުން ގެނެސްދޭ ކޮންޓެންޓަކީ ގޭތެރޭގައި އާއިލާއާއެކު ބަލޭވަރުގެ އަޚްލާގީ މިންގަނޑު ހިފެހެއްޓިފައިވާ ކޮންޓެންޓުކަން ކަށަވަރުކުރުމަކީ ބްރޯޑްކޮމްގެ ޒިންމާއެއްކަމަށް ރޮޒައިނާ ވިދާޅުވި އެވެ. 

ރޮޒައިނާ ވިދާޅުވީ މީޑިއާގެ މިނިވަންކަމަކީ ހައްދެއްގެ ތެރޭގައި އޮންނަން ޖެހޭ ކަމެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން މީޑިއާތަކުގެ ނަމުގައި މީހުންގެ އަބުރު ކަތިލުމާއި ފިތުނަ އުފެއްދުމަށް ޖާގަ ދެވިގެން ނުވާނެކަމަށާއި، އެކަންކަން ހުއްޓުވުމަކީ ކުރަންޖެހޭކަމެއްކަން ރޮޒައިނާ ފާހަގަކުރެއްވި އެވެ. 

ރޮޒައިނާގެ ވާހަކައިގައި ވަނީ މި ސަރުކާރުން މީޑިއާގެ މިނިވަންކަމަށް ހުރަސްއަޅާކަމަށް ބުނެ ބައެއް މެމްބަރުން ދައްކަވާފައިވާ ވާހަކަތަކަށް ވެސް ރައްދުދެއްވާފަ އެވެ.  

"މި ސަރުކާރަށްވުރެ ފުޅާކޮަށް މީޑިއާއަށް މިނިވަންކަން ދީގެން މަސައްކަތްކުރި ސަރުކާރެއް މިހާތާކަށް ނާދޭ" 

އައްޑޫ މީދޫ މެމްބަރު ރޮޒައިނާ 

ރައީސް ޔާމިންގެ ޒައާމަތުގައި އަބުރުގެ ގާނޫނެއް އެކުލަވާލުމާއި ގުޅިގެން އޭރު އިދިކޮޅުގައި އޮތް އެމްޑީޕީގެ މެމްބަރުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައި ވެއެވެ. އަދި ރައީސް ޔާމިންގެ ވެރިކަން ބަދަލުވެ އެމްޑީޕީއަށް ވެރިކަން ލިބުމާއެކު މި ސަރުކާރުން ވަނީ އެ ގާނޫނު ވެސް އުވާލާފަ އެވެ. 

އެކަމަށް އިޝާރާތްކުރައްވާ ރޮޒައިނާ ވިދާޅުވީ، އަބުރުގެ ގާނޫނުގެ ދަށުން މީގެކުރިން މީޑިއާތައް ޖޫރިމަނާކުރި ގޮތަށް މިހާރު މީޑިއާތައް ޖޫރިމަނާކުރަމުން ނުދާކަމަށެވެ. 

އެހެން ނަމަވެސް އަބުރު ރައްކާތެރިކުރުމަކީ ކުރަން ޖެހޭ ކަމެއްކަމަށާއި، މަޖިލީހުގެ އިމްތިޔާޒުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން މީހުންގެ ބޮލުގައި ބޮޑެތި ކުށްތަކުގެ ތުހުމަތުތައް އަޅުވައިގެން ނުވާނެކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއީ ހުއްޓުވަން ޖެހޭ ކަންކަމުގެ ގޮތުގައި ރޮޒައިނާ ވަނީ ފާހަގަކުރައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.