މިނިސްޓަރު ޑރ އައިޝަތު އަލީ/ ފޮޓޯ: މަޖިލިސް
ހަބަރު
30 May 2023 | 12:10
މެޓާނިޓީ ލީވްއަށްދާ ޓީޗަރުގެ ބަދަލުގައި ޓީޗަރެއް ނެގެނީ ޓީޗަރު ވިހެއިމުން: މިނިސްޓަރު

ޓީޗަރުން މެޓާނިޓީ ލީވް އަށް ދާ މުއްދަތުގައި، ބަދަލު ޓީޗަރެއް ނެގެނީ އޭނާ ވިހެއުމުންކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ  މި އަހަރުގެ ދެވަނަ ދައުރުގެ 6 ވަނަ ޖަލްސާއަށް އެޑިއުކޭޝަން މިނިސްޓަރު ހާޒިރުވެވަޑައިގަތުމުން، މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވަނީ މެޓާނިޓީ ލީވް އަށް ޓީޗަރަކު ވަޑައިގަތުމުން އެ މުއްދަތުގައި ޓީޗަރަކު ނެގުމަށް ކިހާ ދުވަހެއް ނަގާ ތޯ އައްސަވާ ސުވާލުކުރައްވާފަ އެވެ. 

"ޓީޗަރު މެޓާނިޓީ ލީވް ނެގުމުން ދެން ބަދަލުގައި އެހެން ޓީޗަރަކު ނެގުމަށް ކިހާ މުއްދަތެއް މިނިސްޓްރީގައި އޮންނަ މުއްދަތުގެ ތެރެއިން ހޭދަވޭތޯ؟ "

ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު

މެމްބަރުގެ އެ ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ ޓީޗަރަކު މެޓާނިޓީ ލީވްއަށް ވަޑައިގަތުމުގެ ކުރިން، އެ ޓީޗަރުގެ ބަދަލުގައި ޓީޗަރެއް ނެގުމަށް އިއުލާނުކުރުމުގެ ފުރުސަތު މިނިސްޓްރީއަށް އޮންނަ ކަމަށެވެ. 

އެހެން ނަމަވެސް ބަދަލު ޓީޗަރު ވަޒީފާއަށް ނެގެނީ މެޓާނިޓީއަށް ވަޑައިގަންނަވާ ޓީޗަރު ވިހެއުމުންކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެއީ ބަދަލު ޓީޗަރުން ހަމަޖައްސަން އެޑިއުކޭޝަން މިނިސްޓްރީއަށް ކުރިމަތިވާ ދައްޗެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. 

މެޓާނިޓީއަށް ވަޑައިގަތުމުގެ ކުރިން ވެސް އިއުލާނުކުރުމުގެ ފުރުސަތު މިހާރު އޮންނަނީ ފަހިކޮށްދީފަ. އެހެންވީމަ ގާތްގަނޑަކަށް 3 ހަފްތާ ތެރޭގައި އަޅުގަނޑުމެންނަށް ބޭފުޅެއް ހޯދޭނެ. އެކަމަކު އަޅުގަނޑުމެންނަށް އާ ބޭފުޅެއް ގެނެވޭނީ އެބޭފުޅާ ވިހެއީމަ. އެއީ އަޅުގަނޑުމެންނަށް ދިމާވާ އުނދަގުލަކީ"

މިނިސްޓަރު ޑރ އައިޝަތު އަލީ 

މި ސަރުކާރުން ވަނީ ވިހެއުމާއި ގުޅިގެން ދޭ މެޓާނިޓީ ލީވް 6 މަސް ދުވަހުގެ މުއްދަތަކަށް އިތުރުކޮށްދީފަ އެވެ. އަދި ޕެޓާނިޓީ ލީވްއަށް 1 މަސް ދުވަހުގެ މުއްދަތެއް ދީފައެވެ. 

ސަރުކާރުން މިފަދައިން ނިންމާފައިވަނީ މަންމައާއި ބައްޕަ އަދި ތުއްތު ދަރިފުޅަށްވެސް އެންމެ ފައިދާ ބޮޑުގޮތްކަމަށް ގަބޫލުކުރެވޭތީ އެވެ. އަދި ވަޒީފާ އަދާކުރަމުން ތުއްތު ދަރިފުޅުގެ ކަންކަން ބެލެހެއްޓުމަށް އުފުލަންޖެހޭ ތަކުލީފުތައް ކުޑަކޮށްދިނުމުގެ ބޭނުމަށެވެ. 

އެހެން ނަމަވެސް ޓީޗަރުން މެޓާނިޓީއަށް ދާ މުއްދަތުގައި، ބަދަލު ޓީޗަރުން ހަމަޖެއްސުން ދިގުލައިގެން ދިއުމަކީ ދަރިވަރުންގެ ކިޔެވުމަށް ހުރަސްއެޅިގެންދާ ކަމެއްކަން ފާހަގަކޮށް، ބެލެނިވެރިންގެ ޝަކުވާ އަންނަކަމަށް މެންބަރުން ވަނީ ފާހަގަކުރައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.