އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ/ ފޮޓޯ: މަޖިލިސް
ހަބަރު
30 May 2023 | 12:23
ދަސްވާރު ޕްރޮގްރާމުން ކުދިން ވީ ބާކީ، ދިން ސެޓްފިކެޓު ބަލައެއް ނުގަނޭ: މިނިސްޓަރު

ދިވެހި ޒުވާނުންނަކީ ހުނަރުވެރި މަސައްކަތްތެރި ބަޔަކަށް ހެދުމަށްޓަކައި ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ ޒައާމަތުގައި ކުރިއަށް ގެންދިޔަ ދަސްވާރު ޕްރޮގްރާމުން ދަރިވަރުން ވީ ބާކީ ކަމަށާއި، އެ ޕްރޮގްރާމު ފުރިހަމަކުރި ދަރިވަރުންނަށް ދިން ސެޓްފިކެޓު ހަޔާ އެޑިއުކޭޝަނުން ޤަބޫލުވެސް ނުކުރާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ. 

މިނިސްޓަރު މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރު ވަޑައިގަތުމުން، ފަސް މާއްދާއިން ފާސްވާ ދަރިވަރުންގެ ނިސްބަތް ދަށަށް ދިޔަ ސަބަބުތަކާއި ގުޅޭގޮތުންނާއި، މި ސަރުކާރުން އަންނަ އޯގަސްޓުމަހު ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމު ސުކޫލުތަކުގައި ފަށަން ނިންމާފައިވާއިރު، ކުރީ ސަރުކާރުން ފެށި ދަސްވާރު ޕްރޮގްރާމު ހުއްޓުވާލި ސަބަބާއި ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބުދެއްވަމުން ނެވެ. 

އެގޮތުން މިނިސްޓަރު ވިދާޅުވީ ދަސްވާރު ޕްރޮގްރާމުގެ ސަބަބުން ކުދިން ބާކީ ވާ ކަމަށެވެ. އެއީ އެ ޕްރޮގްރާމަށް ވައްދަނީ ވަކި ވަކި މާއްދާތަކުން ދަށުން މާކްސް ލިބޭ ކުދިންކަމަށާއި، އަދި އެ ޕްރޮގްރާމަކީ ވަކި މާއްދާއެއްގެ ގޮތުގައި ބަލައި، ފަސް މާއްދާއިން ފާސްވާ ކުދިންގެ ތަފާސް ހިސާތުތައް ހަދާއިރު، ދަސްވާރު ޕްރޮގްރާމުގައި ހިމެނޭ ކުދިން ވެސް މީގެކުރިން ހިމަނަމުން ގޮސްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. 

""ކުދިން ބާކީ ކުރުމަށް އަޅުގަނޑުމެންނަށް ޕްރޮގްރާމެއް ނުގެންދެނޭވެނެ. ފަސް މާއްދާއިން ފާސްވާ ޕަސެންޓޭޖު އިތުރުކުރުމަށް، މި ވައްދަނީ މިކަހަލަ ކޯސްތައް ހަދާފައި ތިބި ކުދިން، އެއީ މިވެނި ވަރަކަށް މާއްދާއޭ ކިޔާފަ. އަޅުގަނޑުމެން ބޭނުންވަނީ ދަރިވަރުންނަށް އެއްޗެއް އެނގިގެން ސުކޫލުތަކުން ނިކުންނަން. އެގޮތުން އަޅުގަނޑުމެން ހަގީގީ ފަސް މާއްދާ ކިޔަފާވަ އިމްތިހާނުގައި ބައިވެރިވާނެ ގޮތަށް މަޖުބޫރު ކުރީ. އެގޭ ޕަސެންޓޭޖު ދަށްވާނެކަން، އަޅުގަނޑުމެން ބަލަނީ ޕަސެންޓޭޖަކަށް ނޫން.. ދަރިވަރަށް ފޯރުކޮށްދޭ ޚިދުމަތަށް"

މިނިސްޓަރު ޑރ އައިޝަތު އަލީ 

އެކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މިހާރު ސަރުކާރުގެ ސިޔާސަތު ބަދަލުކޮށްފައިވާ ކަމަށެވެ. އެގޮތުން 5 މާއްދާ ހެދުމަށް ކޮންމެ ދަރިވަރަކަށް ވެސް މަޖުބޫރުކޮށްފައި އޮންނާނެ ކަމަށާއި، މިހާރުގެ ތަފާސް ހިސާބުތަކުން ފަސް މާއްދާއިން ފާސްވި ކުދިންގެ އަދަދު ދަށްވެފައިވަނީ އެގޮތަށް އެ އުސޫލު ބަދަލުކުރުމުންކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިހާރުގެ ތަފާސް ހިސާބުތަކުން ފެނިގެން އެދަނީ ހަގީގީ ފަސް މާއްދާއިން ފާސްވާ ކުދިންގެ އިންސައްތަކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

އޭގެ އިތުރަށް މިނިސްޓަރު ވިދާޅުވީ ދަސްވާރު ޕްރޮގްރާމު ހުއްޓާލީ، އެ ޕްރޮގްރާމު ފުރިހަމަ ކުރާ ދަރިވަރުންނަށް ދޭ ސެޓްފިކެޓަކީ ހަޔާ އެޑިއުކޭޝަނުން ބަލައިގަންނަ ސެޓްފިކެޓަކަށް ނުވާތީ ކަމަށެވެ. 

އެކުދިންގެ ސެޓްފިކެޓް ބަލައި ނުގަންނާތީ އެކުދިން އަނެއްކާވެސް ބާކީވެގެންދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

"ދަސްވާރު އަޅުގަނޑުމެން ހުއްޓާލީ، އަޅުގަނޑުމެން ސަރުކާރާއި ހަވާލުވި އިރު އެ ސެޓްފިކެޓުތައް ހަދާ ނިންމާފައި ތިބި ކުދިންނަށް އެއްވެސް ގޮތަކަށް ސެޓްފިކެޓު ދޭން ހަޔާ އެޑިއުކޭޝަނުން އެއްބަހެއް ނުވި، އެއީ އުސޫލުތަކާއި ޚިލާފަށް އެކަން ގެންގޮސްފަ އޮތީމަ" 

މިނިސްޓަރު ޑރ އައިޝަތު އަލީ 

މިނިސްޓަރު އިތުރަށް ވިދާޅުވީ އަންނަ އޮގަސްޓު މަހުން ފެށިގެން ސުކޫލުތަކުގައި ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމުތަކެއް ހިންގުމަށް ނިންމާފައިވާކަމަށެވެ.

އެ ޕްރޮގްރާމަކީ ދަސްވާރު ޕްރޮގްރާމާއި ތަފާތުކޮށް ކުރިއަށް ގެންދަން ރާވާފައިވާ ޕްރޮގްރާމެއްކަމަށާއި، އެ ޕްރޮގަރާމުގެ ބޭނުމަކީ ފަސް މާއްދާ ދަރިވަރުލައްވާ ކިޔުވުމަށްފަހު، ކޮންމެ ދަރިވަރަކަށް ވެސް ހުނަރެއް ދަސްކޮށްދިނުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

 "ދަސްވާރު ކަހަލަ ޕްރޮގްރާމެއް ނޫން މިހާރު މި ގެންދަނީ.. ކުދިން ބާކީކޮށްގެނެއް ނޫން.. ގްރޭޑް 8 ނިމޭއިރަކަށް މިހާރަކު ނުބުނަން މީނައަކަށް ނުކިޔެވޭނެއޭ.. ވޮކޭޝަނަލް ކޯހަކަށް ދާށެކޭ. މިހާރު މި ކަންތައް ކުރާ ގޮތަކީ ހުރިހާ ކުދިންނަށް ފައުންޑޭޝަން ސްޓޭޖުން ފެށިގެން އެ ކުއްޖާ 10 އަކާއި ހަމަޔަށް މަސައްކަތްތެރިކަމުގެ ކޯހެއް ކިޔަވާނީ. އެހެންވީމަ ސުކޫލުން ނިކުންނަ ކޮންމެ ކުއްޖަކީ އެކަޑަމިކް ކޮލިފިކޭޝަން އެޓްލީސްޓު 5 މާއްދާ ކޮންމެ ކުއްޖެއްގެ އަތުގައި އޮންނާނެ އަދި އެ ކުއްޖާގެ އަތުގައި ކޮންމެސް ކަހަލަ މަސައްކަތެއް ދަސްވެފައި އޮތްކަމުގެ ސަނަދު އޮންނާނެ"

މިނިސްޓަރު ޑރ އައިޝަތު އަލީ 

މިނިސްޓަރު މިފަދައިން ވިދާޅުވެފައި ވާއިރު ކުރީ ސަރުކާރުން ފެށި ދަސްވާރު ޕްރޮގްރާމު 1000އަށް ވުރެ ގިނަ ދަރިވަރުން ފުރިހަމަކޮށްފައިވާއިރު، 56 އިންސައްތައަށްވުރެ ގިނަ ދަރިވަރުންނަށް ރަނގަޅު މުސާރައިގެ ވަޒީފާތައް ލިބިގެން ގޮސްފައިވާކަން އެޑިއުކޭޝަން މިނިސްޓްރީއިން އޭރު ހާމަކުރި ތަފާސް ހިސާބުތަކުން ވަނީ ހާމަކޮށްފަ އެވެ. 

އޭގެ ތެރޭގައި 16000އަށް ވުރެ ބޮޑެތި މުސާރައިގެ ވަޒީފާތަކުގައި ތިބި ކުދިންވެސް ހިމެނޭކަން އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވެއެވެ. 

ކޮމެންޓް
ގައުމުދެކެ ލޯބިވާ
ތިހިރީ ވާ މިނިސްޓަރެއް ދިވެހިންނަށް ލިބިފަ.އުފަލުންގޮސް އަތުގަ ހުދުހަން ދާ ވަރަށް ބާރަށް އަތްޖަހަންވީ.
30 May 2023
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.