ރައީސް ޔާމީން/ ފޮޓޯ: ޕީއެސްއެމް
ހަބަރު
30 May 2023 | 18:52
ފުއްގިރި މައްސަލަ: ޤާނޫނާއި ޚިލާފަށް ހޯދި ރައީސް ޔާމީންގެ ބޭންކު ސްޓޭޓުމަންޓުތައް ބަލައިނުގަންނަން އެދިއްޖެ!

ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ އުފުލާފައިވާ ދައުވާތައް ސާބިތުކުތުމަށް ހުށައެޅި ބޭންކު ސްޓޭޓުމަންޓުތައް ހޯދާފައިވަނީ ޤާނޫނާއި ޚިލާފަށްކަމަށާއި، އެ ސްޓޭޓުމަންޓުތައް ހެކީގެ ގޮތުގައި ބަލައިނުގަތުމަށް ރައީސް ޔާމިންގެ ފަރާތްޕުޅުން ދަންނަވައިފި އެވެ. 

ފުއްގިރި މައްސަލައާއި ގުޅޭ އަޑުއެހުމެއް މިއަދު ވަނީ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފަ އެވެ. 

ފުއްގިރި މައްސަލައިގައި ދައުލަތުން ހުށައަޅާފައިވާ ބޭންކު ސްޓޭޓުމަންޓުތަކާއި ގުޅޭގޮތުން ގާނޫނީ ވަކީލުން ވިދާޅުވީ ބޭންކު މީހެއްގެ ބޭންކު ސްޓޭޓުމަންޓު ތަހުގީގީ އިދާރާއަކުން ހޯދާނަމަ އެކަން ކުރެވޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. ތަހުގީގީ އިދާރާއަކުން ސިޓީއެއް ހުށައަޅައިގެން އެފަދަ މައުލޫމާތުތައް ހާމަކުރުމަކީ ޑިމޮކްރެޓިކް މުޖުތަމައުގައިވެސް އަދި ގާނޫނުގައި ވެސް އަމުލުކުރާ ގޮތް ނޫންކަން ގާނޫނީ ވަކީލުން ފާހަގަކުރެއްވި އެވެ. 

ކޯޓު އަމުރަކާއި ނުލާ ބޭންކު ސްޓޭޓުމަންޓު ހޯދޭނެ ގޮތްތައް ބަޔާންކޮށްފައިވާއިރު، ގުޑް ފެއިތު އެކަމުގައި އޮންނަން ޖެހޭކަން ބަޔާންކޮށްފައިވީ ނަމަވެސް، ފުލުހުން އަމަލުކޮށްފައިވަނީ ގުޑް ފެއިތް ނުވަތަ ހެޔޮ ނިޔަތުގައި ނޫންކަން މީގެ ކުރިން ވޮޑުމުއްލާ މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން ސާފުވާކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. 

އެމަނިކުފާނު ވިދާޅުވީ މީގެކުރިން ވޮޑުވުއްލާ މައްސަލައިގައި ކޯޓު އަމުރަކާއި ނުލާ ބޭންކު ސްޓޭޓުމަންޓުތައް ހޯދުމަށްފަހު ފުލުހުންގެ އާންމު ބަޔާނެއްގައި އެމަނިކުފާނުގެ އެކައުންޓުގައި ހުރި ފައިސާގެ ޖުމްލަ އަދަދު ހާމަކޮށްފައިވާކަމަށެވެ. އެގޮތަށް އެކަން ކުރިއިރު ފުލުހުންގެ އިޚްލާސްތެރި ނިޔަތް ކޮބައިތޯ ރައީސް ޔާމިން ވަނީ ސުވާލު އުފައްދަވާފަ އެވެ.

ހަމަ މި މައްސަލައިގައި ވެސް ހާމަކުރަން އުޅެނީ ރައީސް ޔާމީންގެ ޒާތީ މައުލޫމާތުތަކެއްކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ މީގެ ކުރިން ވޮޑުމުއްލާ މަސައްލައިގައި ފުލުހުން އަމަލުކޮށްފައި އޮތް ގޮތަށް ބަލާއިރު، އެމަނިކުފާނާއި ދޭތެރޭގައި ފުލުހުންގެ ނުނިޔަތް އޮތްކަން ފެންނަން އޮތްކަމަށެވެ. 

ރައީސް ޔާމިނުގެ އިތުރުން އެ މައްސަލައިގައި ދައުވާ އުފުލާފައިވާ ކްރިކް ރިޒާގެ ގާނޫނީ ވަކީލުން ވެސް ވަނީ ދައުލަތުގެ ފަރާތުން ހުށައަޅާފައިވާ ބޭންކު ސްޓޭޓުމަންޓުތައް ނަގާފައިވަނީ ޤަވައިދާއި ޚިލާފަށްކަން ފާހަގަކުރައްވާ އެ ސްޓޭޓުމަންޓުތައް ބަލައިނުގަތުމަށް އެދިވަޑައިގަންނަވާފަ އެވެ. 

މިއަދުގެ އަޑުއެހުމުގައި ވަނީ ހެކީގެ ގޮތުގައި ހުށައަޅާފައިވާއިވާ އިތުރު ލިޔުންތަކާއި ގުޅޭގޮތުން ވެސް ވާހަކަދައްކަވާފަ އެވެ. 

އެހެން ނަމަވެސް މިއަދުގެ އަޑުއެހުމުގައި ހުރިހާ ނުކުތާތަކަށް ވާހަކަދައްކާ ނިންމާލެވިފައެއް ނުވެއެވެ. 

މިއަދުގެ އަޑުއެހުން ކުރުކޮށްލާފައިވަނީ ޝަރީއަތް ދިގުލައިގެންދާތީ އިނށީދެ އިންނަވަން ދަތިފުޅުވާކަން ފާހަގަކުރައްވާ ރައީސް ޔާމީން ގެ ސިއްޙީ ހާލަތަށް ބައްލަވައި ޝަރީއަތް ކުރުކޮށްދެއްވުމަށް އެދިވަޑައިގެންނެވުމާއި ގުޅިގެންނެވެ. 

އެމަނިކުފާނަކީ އުނަގަނޑުގެ އާލާސްކަންފުޅެއް ހުންނަ ބޭފުޅަކަށް ވެފައި، އެކަމާއި ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް ކޯޓަށް ހުށައަޅާފައިވާނެ ކަމަށާއި، އަދި ޖަލުގައި ހުންނަވާ ދުވަސްތަކުގައި އެ އާލާސްކަންފުޅަށް އެކަށީގެންވާ ފަރުވާއެއް ލިބިވަޑައި ނުގަންނަވާކަން ފާހަގަކުރައްވާ ރައީސް ޔާމީން ވަނީ ޝަރީއަތްތައް ކުރިއަށް ގެންދަވާއިރު، ދިގުލައިގެން ނުދާނެގޮތަކަށް ތާވަލްކޮށްގެން ކުރިއަށް ގެންގޮސްދެއްވުމަށް ގާޒީގެ އަރިހުން އެދިވަޑައިގެންފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.