މެމްބަރު މުޙައްމަދު ޝިފާއު/ ފޮޓޯ: މަޖިލިސް
ހަބަރު
31 May 2023 | 12:59
ރައީސް ޞާލިހު އެ ހުންނެވީ ރައްޔިތުންގެ ލޯތްބާއި އިތުބާރު ހޯއްދަވައިގެން: ޝިފާއު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަން ދަމަހައްޓަން ރައްޔިތުން ބޭނުންވާ ކަމަށާއި، އެމަނިކުފާނު މިއަދު ވެރިކަމުގައި އެ ހުންނަވަނީ ރައްޔިތުންގެ ލޯތްބާއި އިތުބާރު ހޯއްދަވައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެ އެވެ.

ޝިފާއު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ހަވަން ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

ޝިފާއު ވިދާޅުވީ ރައީސް ޞާލިހު ވެރިކަމުގައި ހުންނަވާ ދިވެހިރާއްޖެއިން ޒައްރެއްގެ މިންވަރުވެސް ގެއްލިގެން ދާނެފަދަ ކަމެއް އެމަނިކުފާނު ނުކުރަވާނެކަން ރައްޔިތުން ޔަގީންކުރާ ކަމަށެވެ. އަދި އެމަނިކުފާނަކީ ޚިޔާނާތްތެރިވާނެ ދައުލަތުން ވައްކަންކޮށް ރައްޔިތުންނަށް އަނިޔާވެރިވާނެ ވެރިއެއްކަމަށް ރައްޔިތުން ޤަބޫލު ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

"ޔަގީންކުރޭ މި ދިވެހިރާއްޖޭގެ ރައްޔިތަކަށް މި ދިވެހިރާއްޖޭގެ މިނިވަންކަމަށް މި ދިވެހިރާއްޖޭގެ ވައި، ކަނޑު، ބިމުން ވެސް ކުޑަ ކުޑަ ޒައްރެއްގެ މިންވަރުވެސް ބީވެގެންދިޔަ މި ރައީސުލްޖުމްހޫރިއްޔާ ނުދެއްވާނެކަން" 

މެމްބަރު މުޙައްމަދު ޝިފާއު 

ޝިފާއު ވިދާޅުވީ ވޭތުވެ ދިޔަ 100 އަހަރަށް ބަލާލިކަމުގައިވީ ނަމަވެސް އަމާންކަމާއި ސުލްހަ މަސަލަސްކަން ގާއިމްކުރުމަށް އެންމެ ބޮޑަށް ބާރުއަޅާ، އެމަގަށް އެންމެ ގިނަ މަސައްކަތްކުރި ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރު ވެގެންދާނެ ކަމަށް ޝިފާއު ވިދާޅުވި އެވެ. 

އެއާއެކު އޭނާ ވިދާޅުވީ ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރަނީ ވެރިކަން ބޭނުންވެގެން އުޅޭ ބައެއް ކަމަށެވެ. 

އެހެން ނަމަވެސް ސަރުކާރާއި ދެކޮޅަށް ބަޔަކު މަސައްކަތް ކުރި ނަމަވެސް، ރައްޔިތުން ތިބީ ރައީސް ޞާލިހުގެ ވެރިކަން ބަދަލުކޮށް އެހެން ބަޔަކަށް ފުރުސަތު ދޭގޮތަށް ނޫންކަމަށް ޝިފާއު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.