ހަނިމާދޫ މެމްބަރު ޣަފޫރު/ ފޮޓޯ: މަޖިލިސް
ހަބަރު
31 May 2023 | 13:11
ޤައުމު ވިއްކާލިއޭ ކިޔަނީ ރައީސް ޞާލިހާއި ދިމާލަށް ކިޔޭނެ އެހެން އެއްވެސް އެއްޗެއް ނެތީމަ: ޣަފޫރު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ އިސްތަށިފުޅުގައި ގައުމު ވިއްކާލައިފިކަމުގެ "ވަގު ތުހުމަތު" އަޅުވަނީ އެމަނިކުފާނަށް ފާޑުކިޔަން އިދިކޮޅު ފަރާތްތަކަށް ކިޔޭނެ އެއްވެސް އިތުރު އެއްޗެއް ނެތުމުންކަމަށް ރައްޔިތުންގ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 7 ވަނަ ޖަލްސާގައި ވާހަކަދައްކަވަމުން ޣަފޫރު ވިދާޅުވީ ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލެއްވިކަމަށް ވިދާޅުވެ ބައެއް ސިޔާސީ ލީޑަރުން ދައްކަވަމުން ދާ ވާހަކަތަކީ ކަނޑައެޅިގެން އެބޭފުޅުން ހައްދަވާ އިތުރުފުޅެއް ކަމަށެވެ. 

އަދި އެ މޭރުމުން އެބޭފުޅުން ވާހަކަދައްކަވަނީ، މި ވެރިކަމަށް ކިޔާނެ އިތުރު އެއްވެސް ފާޑެއް ނެތުމުންކަމަށް ޣަފޫރު ވިދާޅުވި އެވެ. 

"ދައްކާނެ އެހެން ވާހަކައެއް ނެތިގެން ރައްޔިތުންނަށް އޮޅުވާލައިގެން ޤައުމު ވިއްކާލީއޭ މިތަނުގައި ކިޔުމަކީ އެއްވެސް މާނައެއް ހުރި ކަމެއް ނޫން. ސާފުވާން ޖެހޭ ކަންކަން. ސިޔާސީ ލީޑަރުންގެ ގޮތުގައި ނިކުމެ މާދަމާ ދިވެހިރާއްޖޭގެ ވެރިކަމާއި ހަވާލުވާން ތައްޔާރުވާއިރުގައި ތެދުބަހުން ވާހަކަދެއްކެން އެބަޖެހޭ" 

ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ 

ރައްޔިތުންގެ މަޖިލީހުގައި މިއަދު ތާވަލުކުރެވުނު ބަންޑާރަނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވުމުގެ ބައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މަޑުޖައްސާލި މަޑުޖައްސާލުމާއި ގުޅިގެން ވެސް ޣަފޫރު ވަނީ ނުރުހުން ފާޅުކުރައްވާފަ އެވެ. 

އެގޮތުން ޣަފޫރު ވިދާޅުވީ ރިޔާސަތުން މިހާރު ހަމައެކަނި އަޑުއަހަނީ މަޖިލީހުގައި ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރާ މެމްބަރުންގެ ވާހަކަތަކާއި، އެބޭފުޅުންގެ ޚިޔާލުތަކުގެ އަޑު އެކަނިކަމަށެވެ. 

އެގޮތުން ބަންޑާރަނައިބު ޖަވާބުދާރީވާން ޖެހޭގޮތާއި ގުޅިގެން، އަދި އެ މައްސަލަ ދެން ކުރިއަށް ގެންދާނެ ގޮތަކާއި ގުޅިގެން ސުޕްރިމް ކޯޓުގެ ލަފާފުޅެއް ހޯއްދަވަން ނަޝީދު ނިންމާފައިވާއިރު، އެމަނިކުފާނަށް އެ ނިންމުން ނިންމޭނީ މަޖިލީހުގައި އެކަމަށްޓަކައި ވޯޓަށް އަހައިގެންކަމަށް ޣަފޫރު ވިދާޅުވި އެވެ. 

އޭގެ އިތުރުން އޭނާ ވިދާޅުވީ، ބަންޑާރަ ނައިބު މަޖިލީހަށް ހާޒިރުވެވަޑައިގެން ޖަވާބުދާރީވުމަކީ އެމަނިކުފާނުގެ އިޚްތިޔާރީ ކަމެއް ކަމަށެވެ. އެ އިޚްތިޔާރު ބަންޑާރަނައިބު ބޭނުން ނުކުރެއްވުމަކީ އެ މައްސަލަ މަޑުޖައްސާލަން ޖެހޭ ސަބަބެއް ނޫން ކަމަށާއި، އެފަދައިން ރިޔާސަތުން އަމަލުކުރުމުން، އެއީ އޮއްޓަރެއް ނެތް މައްސަލަތަކެއްކަން ސާފުވެގެންދާކަމަށް ޣަފޫރު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.