މާފުށީ ޖަލު-- ފޮޓޯ/ ދައުރު
ހަބަރު
31 May 2023 | 15:10
ޖަލުގައި ބަންދުކޮށްފައިވާ ދެ މީހުންނަށް ކައިވެނި ކުރެވޭނީ އޭގެ ތެރެއިން އެކަކު މިނިވަންވުމުން

ޙުކުމް ތަންފީޛުކުރާ މީހުން ކައިވެނިކުރުމާބެހޭ ގަވާއިދު ގެޒެޓްކޮށް އެ ގަވާއިދަށް މިއަދު އަމަލުކުރަން ފަށައިފިއެވެ.

މި ގަވާއިދުގައިވާ ގޮތުން އެ ގަވާއިދުގެ މަގުސަދަކީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބޭ ޤައިދީންނާއި،  ބަންދުކޮށްފައިވާ މީހުން ކައިވެނިކުރުމުގެ ފުރުޞަތު ދިނުމަށް ޓަކައި، ކައިވެނިކުރުމުގެ އިންތިޒާމުތައް ހަމަޖައްސާނެ އުސޫލުތައް ބަޔާންކުރުމެވެ. 

މި ގަވާއިދުގެ ދަށުން ކައިވެނިކުރުމުގެ ފުރުޞަތު ދެވޭނީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައިވާ ޖަލުތަކުގައި ބަންދުކޮށްފައިވާތާ 6 މަސްދުވަސް ވެފައިވާ ޤައިދީންނަށާއި، ބަންދުކޮށްފައިވާ މީހުންނަށް ކަމަށާ، އަދި ގޭގައި ބަންދުކޮށްފައި ހުންނަ ޤައިދީއަކަށް،  އޭނާގެ މައްޗަށް ޙުކުމެއް ކަނޑައެޅި ތާރީޚުން ފެށިގެން، މި ގަވާއިދުގެ ދަށުން ކައިވެނިކުރުމުގެ ފުރުޞަތު ދެވޭނެ ކަމަށްވެސް ގަވާއިދުގައި ވެއެވެ. 

މީގެ އިތުރުން މި ގަވާއިދުގައި ވާގޮތުން ކައިވެނިކުރަނީ ޖަލުގައި ބަންދުކޮށްފައިވާ ދެ މީހުން ކަމުގައި ވާނަމަ، އެ ދެ މީހުންނަށް ކައިވެނިކުރުމުގެ ފުރުޞަތު ދެވޭނީ، އޭގެ ތެރެއިން އެކަކު ޖަލުން މިނިވަން ވުމުންނެވެ. 

ޤައިދީ ނުވަތަ ބަންދުކޮށްފައިވާ މީހާއާ ކައިވެނިކުރުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ސިޓީއެއް ހުށަހަޅަން ޖެހެއެވެ. އަދި،  ކައިވެނިކުރާ އަންހެނާ މި ސިޓީ ހުށަހަޅާނަމަ، ސިޓީއާއެކު ވަލީވެރިޔާގެ އިޢުތިރާޟެއް ނެތްކަމުގެ ލިޔުން ހުށަހަޅަން ޖެހެއެވެ.

ކައިވެނިކުރުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދި ޤައިދީ ނުވަތަ ބަންދުކޮށްފައިވާ މީހާ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ސިޓީ ހުށަހެޅުމުން، 7 ދުވަހުގެ ތެރޭގައި އެ ޤައިދީ ނުވަތަ ބަންދުކޮށްފައިވާ މީހާ ކައިވެނިކުރުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ދޭންވާނެކަމަށް ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ކައިވެނިކުރުމުގެ އިންތިޒާމު ހަމަޖެއްސުމުގެ ހުއްދަ ދިނުމުނ،ް ކައިވެނިކުރުމަށް ހަމަޖައްސައިފައިވާ ދެ މީހުންގެ ކައިވެނިކުރެވޭނީ ފެމެލީ ކޯޓުގައި ނުވަތަ އެ ޤައިދީ ނުވަތަ ބަންދުކޮށްފައިވާ އެ މީހާ ހުރި ޖަލެއް ޤާއިމުކޮށްފައިވާ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގައެވެ. އަދި ޤައިދީއަކު ނުވަތަ ބަންދުކޮށްފައިވާ މީހަކު ކައިވެނިކުރުމަށް ހިނގާ ޚަރަދު ހަމަޖައްސާނީ އެ ޤައިދީއަކު ނުވަތަ ބަންދުކޮށްފައިވާ މީހަކު އަމިއްލައަށްކަމަށް ވެސް ޤަވާއިދުގައި ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.