ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު
ހަބަރު
31 May 2023 | 17:04
ދެމަފިރިންގެ ދިރިއުމަށްޓަކައި އަނބިމީހާ ހޭދައެއް ކޮށްފައިވާނަމަ ވަރީގެ ފަހުންވެސް އެ ހޯދޭނެ: ސްޕްރީމް ކޯޓް

ކައިވެނި މަތީގައި ދެމަފިރިންގެ ދިރިއުމަށްޓަކައި އަނބިމީހާ ކޮށްފައިވާ ޚަރަދެއް އޮތް ނަމަ ކައިވެނި ނިމުމަކަށް އައުމަށް ފަހުގައި ވެސް ކުރީގެ ފިރިމީހާގެ ކިބައިން އެ ޚަރަދު ހޯދިދާނެ ކަމަށް އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މި މައްސަލަ އަކީ ޞަފޫރާ ނާފިޢު މޫސާ އޭނާގެ ކުރީގެ ފިރިމީހާ، މުހައްމަދު ޝަރީފަށް، ދ. ކުޑަހުވަދޫން ލިބުނު ގޯއްޗެއްގައި ޞަފޫރާ ވެސް ހޭދަކޮށްގެން އިމާރާތްކޮށް އެތަން ދެމަފިރިންގެ ނަމަށް ރަޖިސްޓްރީކުރަން ނިންމާފައި ވަނިކޮށް ދެމަފިރިންގެ ކައިވެނި ރޫޅުމުން، އެތަން ހަދަން ޞަފޫރާ އަތުން ދިޔަ ފައިސާ ހޯދުމަށް އޭނާ ފިރިމީހާގެ މައްޗަށް ކޮށްފައިވާ ދައުވާ އެވެ. 

މި މައްސަލާގައި، ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުންވެސް ޞާފޫރާއަށް ވީ ނާކާމިޔާބެވެ. އެހެން ކަމުން އޭނާ އެ މައްސަލަ ސްޕްރީމް ކޯޓުގައި އިސްތިއުނާފް ކުރީއެވެ.

ޞަފޫރާ ސްޕްރީމް ކޯޓަށް ހުށަހެޅި އެ މައްސަލައިގައި ކުރީގެ ފިރިމީހާގެ ކިބައިން ފައިސާ ހޯދުމަށް އެދި ޞަފޫރާ ހުށަހެޅި މި މައްސަލާގައި އޭނާ ވަނީ، ގެޔަށް ކުރި ހޭދައިގެ ގޮތުގައި އަންދާޒާކުރެވޭ 1,248,547ރ (އެއްމިލިޔަން ދެލައްކަ ސާޅީސް އަށްހާސް ފަސްސަތޭކަ ސާޅީސް ހަތް) ރުފިޔާ ހޯދަން ދައުވާ ކޮށްފައިވެއެވެ. އަދި އެފަދައިން ދައުވާ ކުރީ ކައިވެންޏަށް ލިބިފައިވާ ދެ ދަރިންނަށް ގެއިން ބައެއް ދޭން އެދުމުން ފިރިހެން މީހާ އެކަމަށް އިޖާބަ ނުދިނުމުން ކަމަށްވެސް ބުނެފައިވެއެވެ. 

މިމައްސަލަ ސްޕްރީމް ކޯޓުގައި ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރުއެވެ. ދެން ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އާއިޝާ ޝުޖޫން އެވެ. 

ފަނޑިޔާރު މަހާޒް ވިދާޅުވީ، ކައިވެނީގައި އަނބިމީހާ އަށް ހަރަދުކޮށް ބެލެހެއްޓުން ކީރިތި ގުރުއާނުގައި ފިރިމީހާ އަށް މަތިކޮށްފައި އޮންނަ ކަމަށާއި އެކަމަކު ދެމަފިރިން އެކަކު އަނެކަކަށް ހަރަދު ކުރުމަކީ އިސްލާމީ ޝަރީއަތް މަނާކުރާ ކަމެއް ނޫން ކަމަށެވެ.

މި މައްސަލައިގައި، ފިރިހެން މީހާ އޭނާގެ ދިފާއުގައި ވާހަކަ ދައްކަމުން ބުނެފައިވަނީ ކުރިން އޮތް ކައިވެނީގެ އަގުދު ފިޔަވައި އެހެން އެއްވެސް ކޮންޓްރެކްޓެއް އޭނާ އާއި އަންހެން މީހާ އާއި ދެ މީހުންގެ ދެމެދުގައި ނޯންނާނެ ކަމަށާއ،ި އަންހެން މީހާ އެ ގޯތީގައި ޢިމާރާތް ކުރުމަށް ކޮށްފައިވާ ޚަރަދަކީ އޭނާގެ ރުހުމުގައި ދެމަފިރިންގެ ދިރިއުޅުމަށް ކޮށްފައިވާ ޚަރަދެއްކަމަށެވެ. އަދި ވަރިވާ ފަހުން އަނބިމީހާ ކޮށްފައިވާ ޚަރަދުތައް ހޯދުމަށް ދަޢުވާ ކުރުމަކީ ވަރަށް ބޮޑު ބޭއިންސާފެއްކަމަށެވެ. 

އަދި ކޮންޓްރެކްޓަކާ ޚިލާފުވެގެން ގެއްލުމުގެ ބަދަލެއް ނަގައިދެވޭނީ ޚިލާފުވި ކޮންޓްރެކްޓެއް އޮވެގެން ކަމަށާއ،ި މި މައްސަލައިގައި ޢިމާރާތް ކުރުމަށް ޞަފޫރާ ޚަރަދު ކުރީ ވަކި ގޮތަކަށް އެއްބަސްވެގެން ނޫންކަމުގައިވާއިރު، ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ނެތްކަމަށް ފިރިހެން މީހާ ބުނެފައިވެއެވެ. އަދި ގެއްލުމުގެ ބަދަލަށް އެދޭއިރު، ގެއްލުންވި ގޮތާއި، އެކަމުގެ ތަފުސީލުތައް ހާމަވާންޖެހޭއިރު، މި މައްސަލައިގައި އެފަދަ ތަފުސީލެއް ނެތްކަމަށްވެސް ފިރިހެން މީހާ ބުނެފައިވެއެވެ. އަދި ގޭގެ އިމާރާތަަަށް އަންހެން މީހާ ހޭދަ ކޮށްފައި ވަނީ ހަދިޔާގެ އުސޫލުން ކަމަށްވެސް ފިރިމީހާ ވަނީ ބުނެފައެވެ. އަ

އެހެން ނަމަވެސް އަންހެން މީހާ ބުނީ، އަނބިމީހާ އަށް ހަރަދު ކުރުމަކީ ފިރިމީހާގެ މައްޗަށް އިސްލާމީ ޝަރީއަތުން ލާޒިމްކުރާ ކަމަކަށް ވާއިރު އަނބިމިހާ ފިރިމީހާއަށް ކުރި ހޭދައަކީ ހަދިޔާ ފަދަ އުސޫލުން އަނބުރާ ދައްކަން ނުޖެހޭ ގޮތަށް ދިން އެއްޗެއްކަން ފިރިހެން މީހާއަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. 

މި މައްސަލާގައި ފަނޑިޔާރު ކުރި ހުކުމުގައި ބުނެފައި ވަނީ ފިރިހެން މީހާ އަށް ލިބުނު ގޯތީގައި ވެސް އަންހެން މީހާގެ މަސްލަހަތު ހިމެނޭ ކަމަށެވެ. އެގޮތުން ގޯތި ދިނުމުގެ އުސޫލުގައި، ދެމަފިރިންނަށް ގޯތި ލިބޭ ނަމަ އެތަނުން އެކަކަށް ގޯތި ދޭ ގޮތަށް އޮންނަ ކަމަށާ، ކައިވެނިކޮށްގެން އުޅޭތީ ލިބޭ ޕޮއިންޓްވެސް ފިރިހެން މީހާއަށް ލިބިފައިވާ ކަން ފާހަގަކޮށްފައިވެއެވެ. 

"މި ހާލަތުގައި ލާޒިމު ވަނީ އެ ޚަރަދު ކުރިކަން ޝަރީއަތަށް ސާބިތުވުމެވެ. އެ ޚަރަދުގެ ސަބަބުން އެއްބަސްވުމުގެ އަނެއް ބައިވެރިޔާއަށް މަންފާއެއް ލިބިފައިވުމެވެ. އަދި މި ޚަރަދު އަނބުރާ ނުލިބިއްޖެ ނަމަ، އެ ޚަރަދުގެ ސަބަބުން އެއްބަސްވުމުގެ އަނެއް ބައިވެރިޔާއަށް ނުހައްގު މަންފާއެއް ލިބިގެން ދިއުމެވެ." ހުކުމުގައިވެ އެވެ.

އަދި އެ އުސޫލު މި މައްސަލައަށް ތަޠުބީޤު ކުރާއިރު، ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ނެތުމަކ،ީ ޞަފޫރާ ކުރި ޚަރަދު އޭނާއަށް ޝަރީޢަތުން ނަގައިދިނުމަށް އޮތް ހުރަހެއް ނޫން ކަމަށާ، ޞަފޫރާ  ޚަރަދު ކުރިކަމާމެދު މި މައްސަލައިގައި ޝަރުޢީ އެއްވެސް މަރުޙަލާއެއްގައި ޚުޞޫމަތެއް ނެތް ކަމަށްވެސް ސްޕްރީމް ކޯޓުން ވަނީ ބުނެފަ އެވެ. މީގެ އިތުރުން، ޞަފޫރާ ޚަރަދު ކުރިކަމަށް ކުރީގެ ފިރިމީހާ ޝަރީފް ވެސް އެއްބަސްވާއިރު، ޞަފޫރާ ކުރި ޚަރަދުތަކަކީ، ހަދިޔާގެ އުސޫލުން އެއިގެ ބަދަލަކަށް ބޭނުންވުމެއް ނެތި ކޮށްފައިވާ ޚަރަދުތަކެއް ނަމައެ ހާލަތުގައި ފިރިހެން މީހާއަށް ލިބިގެންދަނީ ނުޙައްޤު މުއްސަނދިކަމެއް ކަމަށްވެސް ކޯޓުން ބުނެފައިވެއެވެ. 

އެހެންކަމުން ކުޑަހުވަދޫ ކޯޓާއި ހައި ކޯޓުގެ ހުކުމް ބާތިލް ކަމަށް ވަނީ ނިންމައި، ތިން ފަނޑިޔާރުން އިއްތިފާގުވެފައި ވަނީ މައްސަލާގައި ހިމެނޭ އިމާރާތް އަގުކޮށް، އެ އަގުގެ ދެބައިކުޅަ އެއްބައި އަންހެން މީހާ އަށް ލިބެން ޖެހޭނެކަމަށެވެ. އެހެންވެ އެ ބައި ލިބިދިނުމަށް، މި މައްސަލަ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ވަނީ ތަހުވީލުކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.