ކަނޑުވިއްކާލުމާއި ދެކޮޅު ޕެޓިޝަނުގައި ސޮއިކުރުމުގެ ހަރަކާތް/ ފޮޓޯ: ޕީޕީއެމް
ހަބަރު
31 May 2023 | 22:50
ކަނޑު ވިއްކުމާ ދެކޮޅު ޖަލްސާ ރަށްރަށުގައި ޕްރޮމޯޓް ކުރަނީ

އަންނަ ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ކަނޑުވިއްކުމާ ދެކޮޅު އިއްތިހާދުން ބާއްވާ "ބާނަ ބާނަ ތިއްބާ ތިޔަ ވިއްކާލީ ކަނޑު" ޖަލްސާ ޕްރޮމޯޓް ކުރުމުގެ ހަރަކާތްތައް އަތޮޅުތެރޭގައި ވެސް ކުރިއަށްދާކަމަށް އެ އިއްތިހާދުން ބުނެފި އެވެ.

އިއްތިހާދުގެ ފަރާތުން ވާހަކަދެއްކެވި އިސް ބޭފުޅަކު ވިދާޅުވީ މިޖަލްސާ ޕްރޮމޯޓް ކުރުމަށްޓަކައި ރަށްރަށަށް ވެސް ދަތުރު ކުރަމުންދާ ކަމަށެވެ.

ކަނޑުވިއްކާލުމާއި ދެކޮޅު ޕެޓިޝަނުގައި ސޮއިކުރުމުގެ ހަރަކާތް

"މާލެ އަތޮޅާއި އަދި އެހެން ބައެއް އަތޮޅު ތަކުގައިވެސް ޕެޓިޝަންގައި ސޮއި ކުރުމާއި ޖަލްސާ ޕްރޮމޯޓް ކުރުމަށް ޓީމްތައް ހަރަކާތްތެރިވަމުން އެބަދޭ. އަޅުގަނޑުމެންނަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އެބަދޭ. ރައްޔިތުން ތިބީ ސަރުކާރުން ކުރާހާ ކަމަކަށް ދައްކާހާ ވާހަކައަކަށް ރުހިގެނެއް ނޫން" 

ކަނޑު ވިއްކާލުމާއި ދެކޮޅު ކޯލިޝަންގެ އޮފިޝަލް

އެ އިއްތިހާދުން ބުނީ ކަނޑު ވިއްކާލުމާއި ދެކޮޅަށް އެ އިއްތިހާދުން ފަށާފައިވާ ޕެޓިޝަނަށް ވެސް ހޫނު ތަރުހީބެއް ލިބެމުންދާ ކަމަށެވެ. އަދި ހުކުރު ދުވަހުގެ ރޭ އޮންނަ ބޮޑު ޖަލްސާގައި ބައިވެރިވުމަށް ރަށްރަތުގެ ޓީމުތައް މިހާރު ތައްޔާރުވަމުންދާ ކަމަށެވެ. 

ޖޫން 2 ގައި ބާއްވާ ބޮޑު ޖަލްސާއަކީ މިހާތަނަށް ސިޔާސީ ޕާޓީތައް ގުޅިގެން ބާއްވާ އެންމެ ބޮޑު ހަރަކާތަށް ވެގެންދާނެކަމަށް "ކަނޑު ވިއްކާލުމާއި ދެކޮޅު" ކޯލިޝަނުން ވަނީ ބުނެފަ އެވެ. 

ކަނޑުވިއްކާލުމާއި ދެކޮޅު ޕެޓިޝަނުގައި ސޮއިކުރުމުގެ ހަރަކާތް

މި ހަރަކާތަކީ ސިޔާސީ ޕާޓީތަކުން އިސް ނަގައިގެން ކުރިއަށް ގެންދިޔަ ނަމަވެސް ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރަހައްދާއި ގުޅޭ މި މައްސަލައަކީ ޤައުމީ ބޮޑު މައްސަލައެއްކަމަށް އެ އިއްތިހާދުން އަންނަނީ ބުނަމުންނެވެ. 

ޖޫން 2 ވާ ހުކުރު ދުވަހުގެރޭ ކާނިވާ ސަރަހައްދުގައި ބާއްވާ މި ބޮޑު ޖަލްސާއަކީ ދިވެހި ރައްޔިތުން ކަނޑު ވިއްކާލުމާއި ދެކޮޅުކަން ސަރުކާރާއި މުޅި ދުނިޔެއަށް ދެއްކުމަށް ލިބިގެންދާނެ ފަހި ފުރުސަތެއް ކަމަށާއި، މި ޖަލްސާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވެވަޑައިގަތުމަކީ އެ އިއްތިހާދުގެ ވަރަށް ބޮޑު އެދުމެއްގައި އިއްތިހާދުން ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.