މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސަޢީދު-- ފޮޓޯ/ މަޖިލިސް
ހަބަރު
02 Jun 2023 | 14:18
ރާއްޖޭގެ ކަނޑުން ބައެއް ގެއްލުނު ގޮތުގެ ދިރާސާއެއް ކުރަން ސްކޫލުތަކުގެ ކިބައިން އެދެން: ސައީދު

ރާއްޖޭގެ ކަނޑުން ބައެއް ގެއްލުނު ގޮތުގެ ދިރާސާއެއް ކުރަން، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސަޢީދު ސްކޫލުތަކުގެ ކިބައިން އެދިލައްވައިފި އެވެ.

ސަންގުޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ އެކަމުގެ ދިރާސާއެއް ކުރަން ވިސްނާފައި ވާނެ ކަމަށެވެ. އަދި ދިވެހިރާއްޖޭގައި ކިޔަވައިދޭ މަދަރުސާތަކާއި ސްކޫލު/ ކޮލެޖް ޔުނިވަރސިޓީ ތަންތަނުން ކިޔަވާ ދަރިވަރުންނާއި ކިޔަވައިދޭ މީހުންވެސް، ގައުމީ މަސްލަހަތު އޮތް ބޮޑު ކަމެއް ކަން ދެނެގެން މިކަމުގެ ދިރާސާއެއް ކުރުން ވަރަށް ބޮޑަށް އެދޭކަމަށް ސައީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ބޭނުމަކީ ޓީވީގެ ޒަރިއްޔާއިންވެސް ރާއްޖޭގެ ހަގީގަތުގަ ގެއްލިގެން މިއުޅޭ ސަރަހައްދަކީ ކިހާވަރެއްގެ ސަރަހައްދެއްކަމާ، އަދި އެތަނުން އިގްތިޞާދީގޮތުން ކިހާ ބޮޑު ނަފާއެއް އަޅުގަނޑުމެން ދިވެހިން އަތްމަތިން ގެއްލިގެންކަން މި ދިޔައީ، ދިވެހި ލޮބުވެތި ރައްޔިތުންނަށް ވިސްނަދިނުން. އެ ބޭފުޅުންގެ ސިކުނޑިފުޅަށް މި ވާހަކަތައް ގެނައުން" ސައީދު ވިދާޅުވިއެވެ.

ޗާގޯސް މައްސަލައިގައި އުފައްދާފައިވާ އިއްތިހާދުން "ކަނޑު ވިއްކުމާއި ދެކޮޅު" ނަމުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން މިއަދު ބޮޑު ރެލީ އެއް ވަނީ ތައްޔާރު ވެފައެވެ.

މި ރެލީގެ އިތުރުން ޗާގޯސް މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮފް ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގެ ނިންމުން ރާއްޖެއިން ބަލައިނުގަންނާނެ ކަމަށް މޮރިޝަސްގެ ސަރުކާރަށާއި އިޓްލޮސްއަށް އަދި ކަމާބެހޭ އެހެނިހެން ފަރާތްތަކަށް އެންގުމާ އެކު އެ މައްސަލަ ބަލައިދިނުމަށް އިޓްލޮސްއަށް ހުށަހެޅުމަށް އެދި ޕެޓިޝަނެއް އެކުލާވާލައި، އޭގައި ސޮއި ކުރަން ފަށާފައިވާކަން ވެސް ކަނޑު ވިއްކުމާ ދެކޮޅު އިއްތިހާދުން ވަނީ ބުނެފައެވެ.

 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ