އިމްރާން އަބްދުﷲ މުޒާހަރާގައި/ ފޮޓޯ: ވަގުތު
ހަބަރު
02 Jun 2023 | 12:00
"ލީޑަރުން" ކަންކުރާ ގޮތަކީ އެއްވުންތަކުގައި ރައްޔިތުން ލައްވާ ގޯސް ހަދާފަ ފިލުން: އިމްރާން

ސިޔާސީ ބައެއް "ލީޑަރުން" ކަންކުރާ ގޮތަކީ އެއްވުންތަކުގައި ރައްޔިތުން ލައްވާ ގޯސް ހަދާފަ ފިލުން ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ބެލެވޭ ގޮތުގައި އިމްރާން މިހެން ވިދާޅުވެފައިވަނީ ކަނޑު ވިއްކުމާއި ދެކޮޅު އިއްތިހާދުން އިންތިޒާމް ކޮށްގެން މިރޭ ބޭއްވާ ބޮޑު ޖަލްސާއާއި ގުޅިގެންނެވެ.

އެގޮތުން އިމްރާން ވިދާޅުވެފައިވަނީ ސިޔާސި ބައެއް "ލީޑަރުން" ކަންކުރާ ގޮތަކީ އެއްވުން ތަކަށް ގޮސް ހަމަ ނުޖެހުން ހިންގާ އަދި ރައްޔިތުން ލައްވާ ގޯސް ހެދުމަށްފަހު މައިދާނުން ފިލައިގެން ދިޔުން ކަމަށެވެ.

އަދި މިކަމުގެ ކުށްވެރި އަދަބު ލިބެނީ ނިކަމެތި ރައްޔިތުންނަށް ކަމަށް އިމްރާން ވިދާޅުވިއެވެ.

މީގެ އިތުރުން މި ލީޑަރުން ތިބެނީ ފިލާ ކަމަށް ވުމުން ކޮންމެ ސިޔާސީ ފިކުރަކަށް ނިސްބަތްވާ ރައްޔިތަކު ވިޔަސް މި ގޮތަށް ކަންތައް ވިޔަ ނުދެއްވުމަށް އިމްރާން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަހައްދުން ބޮޑުބައެއް ގެއްލިގެން ދިއުމާއި ދެކޮޅަށް ގިނަ ސިޔާސީ ޕާޓީތަކެއް ގުޅިގެން އުފައްދާފައިވާ އިއްތިހާދުން މިރޭ މާލޭގެ ކާނިވާ ސަރަހައްދުގައި "ބާނަ ބާނަތިއްބާ ތިޔަ ވިއްކާލީ ކަނޑު" ޖަލްސާ ބޭއްވުމަށް ވަނީ އިއުލާނުކޮށްފައެވެ.

އެ އިއްތިހާދުގައި ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ އިތުރުން، ދި ޑިމޮކްރެޓްސް (ކުރީގެ ފިކުރެއްގެ ދިރުން) އާއި މޯލްޑިވްސް ނެޝަނަލް ޕާޓީ އަދި ޖުމްހޫރީ ޕާޓީ ހިމެނެއެވެ. އެ ކޯލިޝަނުގައި އުމަރު ނަސީރާއި، ކުރީގެ ބަންޑާރަ ނައިބުންވެސް އިސްކޮށް ހަރަކާތްތެރިވެ އެވެ. 

އެހެންނަމަވެސް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރުންނާއި އާންމު މެމްބަރުން ބައިވެރި ނުވުމަށް ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑީޑޭޓު ޤާސިމް އިބްރާހިމް ވަނީ އެދިވަޑައިގެންފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Jun 2026
ވަތަނީ ހިދުމަތުން ސިފައިންގެ ހިދުމަތަށް ކުރިމަތިލީ ބައިވެރިންނަށް ރައީސް ހިތްވަރު ދެއްވައިފި
ވަތަނީ ހިދުމަތުގެ އިނީޝަލް ތަމްރީނު ގެ ފުރަތަމަ ބެޗު ނިންމާ، އެކިއެކި ދާއިރާތަކުން ވަޒީފާ ހޯދުމަށް ހުޅުވާލި ފުރުޞަތުގައި ސިފައިންގެ ޚިދުމަތަށް ކުރިމަތިލި ޒުވާނުންނަށް ހިންގުނު 72 ވަނަ ސިފައިންގެ އަސާސީ ތަމްރީނު ކޯހުން ރާއްޖޭ 20 އަތޮޅެއްގެ 70 ރަށަކަށް ނިސްބަތްވާ، 137 ދަރިވަރުން ވަނީ ބައިވެރިވެފައެވެ
13 Jun 2026
ދ.މީދޫ ކައުންސިލް ރައީސް ހޯވުމަށް ވޯޓުލުން ކުރިއަށްދަނީ
އިންތިހާބުގެ ވޯޓުލުން މިއަދު ފަށާފައިވާއިރު، ދެވަނަ ފަހަރަށް ވޯޓުނެގުން ކުރިއަށްގެންދަން ޖެހުނީ ހައިކޯޓުގެ އަމުރަކާ ގުޅިގެންނެވެ
13 Jun 2026
ޕަރަގުއޭ ބަލިކޮށް ވަރލްޑްކަޕްގެ ފެށުން އެމެރިކާ ރަނގަޅުކޮށްފި
އެމެރިކާއިން ޕަރަގުއޭ ބަލިކުރިއިރު، މިއި ވަރލްޑްކަޕްގައި އެޓީމަށް ނެރެވުނު އެންމެ ރަނަގޅު ނަތިޖާއެވެ.
13 Jun 2026
ގާނާގެ ތޯމަސް ޕާޓޭއަށް ކެނެޑާއަށް ވަނުމުގެ ހުއްދައެއް ނުލިބުނު
ވަރލްޑްކަޕްގައި ގާނާ ކުޅޭ ފުރަތަމަ މެޗް އޮންނާނީ އަންނަ ބުދަ ދުވަހު ޓޮރޮންޓޯގެ ބީ.އެމް.އޯ ފީލްޑްގައި ޕެނަމާއާ ދެކޮޅަށެވެ
13 Jun 2026
ބޮސްނިއާ އާއި ކެނެޑާ މެޗް ނިމުނީ އެއްވަރުވެގެން
މިމެޗް އެއްވަރުވެގެން ނިމުނުއިރު، މިއީ ވަރލްޑްކަޕް މުބާރާތުގެ މެޗެއް ބަލިނުވެ، ކެނެޑާއިން ނިންމާލި ފުރަތަމަ ފަހަރެވެ
13 Jun 2026
މީކާއީލަށް މެޖޯރިޓީ ނެގުނީ ޅ އަތޮޅުން އެކަނި، ހުރިހާ ސިޓީތަކެއް ނަޝީދަށް ބޮޑު މޮޅެއް
މީކާއީލަށް މެޖޯރިޓީ ލިބުނީ ޅ އަތޮޅުން އެކަންޏެވެ. އެއީ ރައީސް ސޯލިހް ނިސްބަތްވެވަޑައިގަންނަވާ ހިންނަވަރުން ހޯއްދެވި ބޮޑު ކާމިޔާބީގެ ސަބަބުންނެވެ.
13 Jun 2026
ޗެއާޕާސަން އިންތިހާބު: ވޯޓްލީ 30،600 މެންބަރުން، ނަޝީދު 20،900 ވޯޓް ހޯއްދެވި
މި އިންތިހާބު ކާމިޔާބު ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ 20,943 ވޯޓް ހޯއްދަވާފަ އެވެ. އެއީ ވޯޓްލީ މީހުންގެ 69 އިންސައްތަ ވޯޓެވެ.
12 Jun 2026
މީކާއީލް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ, ދެއްވީ އެމްޑީޕީގައި ދެމި ހުންނަވާނެ ކަމުގެ ޔަގީންކަން
"އިރުކޮޅެއް ކުރިން ރައީސް ނަޝީދަށް ފޯނުކޮށް، އެމަނިކުފާނަު ހޯއްދެވި ފުރިހަމަ ކާމިޔާބަށް މަރުހަބާ ދެންނެވިން," މީކާއީލް ކުރެއްވި ޕޯސްޓްގައި ވިދާޅުވި އެވެ.