ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އާއި ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ/ ވޮއިސް
ހަބަރު
02 Jun 2023 | 14:39
ރާއްޖެއިން ދޫކޮށްލި ކަނޑުގެ ބައި ގަތުމަށް އުޅެފައިވީ ބަޔަކު ހޯދަން ޖެހޭ: ރައީސް ނަޝީދު

ރާއްޖެއިން ދޫކޮށްލި ކަނޑުގެ ބައި ގަތުމަށް އުޅެފައިވީ ބަޔަކު ހޯދަން ޖެހޭ ކަމަށް މަޖިލިސްގެ ރައީސް އަދި އެމްޑިޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެގޮތުން ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ފޯޅަވަހި މައްސަލާގައި މޮރިޝަސް އަށް ލިބުނު ކަނޑުގެ ބަޔާއި ދޭތެރޭ ސުވާލު އުފައްދަވާފައެވެ.

"ރާއްޖެއިން ގެއްލުނު ސަރަހައްދުގައި ދާ އަޅާ ބޯޓު ފަހަރުގެ ވެރިން ރާއްޖެ އައިތޯ؟ އަދި ބައްދަލުކުރީ ކާކާތޯ؟" ރައީސް ނަޝީދު ސުވާލު ކުރެއްވިއެވެ.

މިއާއިއެކު މޮރިޝަސްގެ ސިޔާދަތީ ބާރު ފޯޅަވަހި އަށް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އެއްބަސްވެ ވަޑައިގަތުމުން، ރާއްޖޭގެ ސަރަހައްދުން ބައެއް މޮރިޝަސްއަށް ލިބޭކަން އިނގޭނެ ކަމަށް ރައީސް ނަޝީދު ވަނީ ތުހުމަތު ކުރައްވާފައެވެ.

އެހެންކަމުން ގެއްލިފައިވާ ކަނޑުގެ ސަރަހައްދުގެ ބައި ގަތުމަށް އުޅެފައިވީ ބަޔަކު ހޯދަން ޖެހޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަހައްދުން ބޮޑުބައެއް ދޫކޮށްލި ކަމަށް ބުނާ މައްސަލަ އާއި ގުޅިގެން ރާއްޖޭގެ ސިޔާސީ މަޝްރަހު ވަނީ ހަލަބޮލި ވެފައެވެ.

އެގޮތުން މިކަމާއި ދެކޮޅަށް ގިނަ ސިޔާސީ ޕާޓީތަކެއް ގުޅިގެން އުފައްދާފައިވާ އިއްތިހާދުން މިރޭ މާލޭގެ ކާނިވާ ސަރަހައްދުގައި "ބާނަ ބާނަތިއްބާ ތިޔަ ވިއްކާލީ ކަނޑު" ޖަލްސާ ބޭއްވުމަށް ވަނީ އިއުލާނުކޮށްފައެވެ.

އެ އިއްތިހާދުގައި ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ އިތުރުން، ދި ޑިމޮކްރެޓްސް (ކުރީގެ ފިކުރެއްގެ ދިރުން) އާއި މޯލްޑިވްސް ނެޝަނަލް ޕާޓީ އަދި ޖުމްހޫރީ ޕާޓީ ހިމެނެއެވެ. އެ ކޯލިޝަނުގައި އުމަރު ނަސީރާއި، ކުރީގެ ބަންޑާރަ ނައިބުންވެސް އިސްކޮށް ހަރަކާތްތެރިވެ އެވެ. 

އެހެންނަމަވެސް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރުންނާއި އާންމު މެމްބަރުން ބައިވެރި ނުވުމަށް ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑީޑޭޓު ޤާސިމް އިބްރާހިމް ވަނީ އެދިވަޑައިގެންފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ