ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް-- ފޮޓޯ/ ވޮއިސް
ހަބަރު
02 Jun 2023 | 16:28
މިރޭގެ އެއްވުމުން ނަތީޖާއެއް ނިކުންނާނެ ކަމަށް ނުދެކެން: ޤާސިމް

މިރޭގެ އެއްވުމުން ނަތީޖާއެއް ނިކުންނާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ޖުމްހޫރީ ޕާޓީގެ  ލީޑަރު އަދި ރިޔާސީ ކެންޑީޑޭޓު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޤާސިމް މިހެން ވިދާޅުވީ، ކަނޑުވި ވިއްކުމާ ދެކޮޅު އިއްތިހާދުން މިރޭ ޖަލްސާއެއް ބާއްވަން އިއުލާނު ކޮށްފައި ވަނިކޮށެވެ.

އެކަމުގައި އެމަނިކުފާނުގެ ޚިޔާލުފުޅު ފާޅުކުރައްވައި ޤާސިމް ވިދާޅުވީ އެންމެ ފުރަތަމަވެސް ކަނޑު ވިއްކުމާ ދެކޮޅު ހަދައި ބަޔާނެއް ނެރުނީ ޖޭޕީގެ ފަރާތުން ކަމަށާއި ދިވެހި ބިމުން ބައެއް ގެއްލުމަށް ނޭދޭކަމަށެވެ. އަދި އޭގެ ފަހުގައިވެސް ސިލްސިލާ ގޮތެއްގައި އެކަމުގެ ހަރަކާތްތަކުގައި ބައިވެރިވަމުން ދިޔަ ކަމަށެވެ.

ނަމަވެސް މިރޭގެ ޖަލްސާއިން ހާސިލުވާނެ ނަތީޖާއެއް ފެނިވަޑައިނުގަންނަވާ ކަމަށް ޤާސިމް ވިދާޅުވިއެވެ.

"މިރޭ މި ބާއްވަން އުޅޭ ބައްދަލުވުމުން ހޯދިދާނެ ނަތީޖާއެއް ނުވަތަ ކުރެވިދާނެ ކަމެއް އަޅުގަނޑަކަށެއް އިހުސާސެއް ނުކުރެވޭ. ކޮން ކަމެއްތޯ ކުރެވޭނީ. ފަސާދަ އުފައްދާ ފިތުނަ އުދެއްދުން ފިޔަވާ އެހެން ކޮން ނަތީޖާއެއްތޯ ލިބޭނީ،" ޤާސިމް ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގެ ސަބަބުން އެޓްލޮސްއިން ނިންމާފައިވާ ނިންމުމަށް ބަދަލެއް ގެނެވޭނީތޯ ޤާސިމް ވަނީ ސުވާލު އުފައްދާފައެވެ.

މީގެއިތުރުން ޤާސިމް ވިދާޅުވީ، އެކަމުގައި ކުށްވެރިވާ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މަޖިލީހުން ކުރަމުން ދާކަމަށެވެ. އަދި މިރޭގެ ހަރަކާތަކީ ސިޔާސީ ހަރަކާތެއްކަން ފާހަގަ ކުރައްވައި ޤާސިމް ވިދާޅުވީ މިރޭގެ ޖަލްސާގައި ޖޭޕީގެ މީހުން ބައިވެރިވާން ނުޖެހޭ ކަމަށެވެ.

ކަނޑުވިއްކުމާ ދެކޮޅު އިއްތިހާދުން ބާއްވާ ޖަލްސާ އޮތީ މިރޭ 8:30ގައި ކާނިވަލުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.