މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު-- ފޮޓޯ/ ވޮއިސް
ހަބަރު
03 Jun 2023 | 10:08
ރެލީ ނިމުނީ ރޭވި ގޮތަށް؛ ރައްޔިތުންނަށް ފެނުނީ ފުލުހުންގެ ދޮގު ބަޔާނެއް: ޠާރިގު

ރޭ ކަނޑު ވިއްކާލުމާއި ދެކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާ ނިމުނީ ރޭވި ގޮތަށް ކަަމަށާއި ރައްޔިތުންނަށް ފެނުނީ ފުލުހުންގެ ދޮގު ބަޔާނެއް ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު (ޓޮމް) ވިދާޅުވެއްޖެއެވެ.

ރޭގެ ޖަލްސާއަށް އަމާޒުކޮށް ފުލުހުން ނެރުނު ބަޔާނެއްގައި ގާނޫނާއި އެއްގޮތަށް އިދިކޮޅުގޭ ޖަލްސާގައި އަމަލުތައް ބެހެއްޓުމަށް އިލްތިމާސް ކުރުމުގެ އިތުރުން ފުލުހުން ވަނީ މި ހަރަކާތުގައި ބައިވެރިވާ ބައެއް ފަރާތްތަކުން ގާނޫނާ ޚިލާފު އަމަލުތައް ހިންގުމަށް ރާވަމުންދާ ކަމަށާއި ހިންގާނެކަމަށް ބުނަމުންދާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށް ބުނެފައެވެ. 

މިކަމަށް ރައްދު ދެއްވާ ރޭގެ ޖަލްސާ ގެ ފޮޓޯ އެއް ހިއްސާ ކުރައްވާ ފުލުހުންނަށް ފާޑު ވިދާޅުވަމުން ޓޮމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ދިވެހި ފުލުހުންގެ މުއައްސަސާގެ އަގުހިފަހައްޓާނީ އެ ތަނުގެ ފުލުހުން ކަމަށެވެ.

އަދި ރޭ ނެރުން ބަޔާނަކީ ދޮގެއްގެ ގޮތުގައި ސިފަކޮށް ޓޮމް ވިދާޅުވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަަދު ޙަމީދުގެ "ޅިޔަންފަހަރިންގެ ހައްގުގައި" މިފަދަ ދޮގު ބަޔާން ނެރުމުން ފުލުހުންނަށް ކުރާ އިތުބާރު ގެއްލިގެންދާ ކަމަށެވެ.

"މިރޭގެ ރެލީ ރޭވިގޮތަށް އެނިމުނީއެވެ. ރައްޔިތުންނަށް ފެނުނީ ފުލުހުން ދެއްކީ ދޮގުބަޔާނެކެެވެ." ޓޮމް އިތުރަށް ވިދާޅުވިއެވެ.

ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަހައްދުން ބޮޑުބައެއް ދޫކޮށްލި ކަމަށް ބުނާ މައްސަލަ އާއި ގުޅިގެން ރާއްޖޭގެ ސިޔާސީ މަޝްރަހު ވަނީ ހަލަބޮލި ވެފައެވެ. 

އެގޮތުން މިކަމާއި ދެކޮޅަށް ގިނަ ސިޔާސީ ޕާޓީތަކެއް ގުޅިގެން އުފައްދާފައިވާ ކަނޑު ވިއްކާލުމާއި ދެކޮޅު އިއްތިހާދުން ރޭ މާލޭގެ ކާނިވާ ސަރަހައްދުގައި "ބާނަ ބާނަތިއްބާ ތިޔަ ވިއްކާލީ ކަނޑު" ޖަލްސާ ވަނީ ބާއްވާފައެވެ.

އެ އިއްތިހާދުގައި ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ އިތުރުން، ދި ޑިމޮކްރެޓްސް (ކުރީގެ ފިކުރެއްގެ ދިރުން) އާއި މޯލްޑިވްސް ނެޝަނަލް ޕާޓީ އަދި ޖުމްހޫރީ ޕާޓީ ހިމެނެއެވެ. އެ ކޯލިޝަނުގައި އުމަރު ނަސީރާއި، ކުރީގެ ބަންޑާރަ ނައިބުންވެސް އިސްކޮށް ހަރަކާތްތެރިވެ އެވެ. 

ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރުންނާއި އާންމު މެމްބަރުން ބައިވެރި ނުވުމަށް ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑީޑޭޓު ޤާސިމް އިބްރާހިމް އެދިވަޑައިގެންފައިވީ ނަމަވެސް ރޭގެ ޖަލްސާގައި އެޕާޓީގެ މަޖްލިސް މެމްބަރު އަލީ ހުސައިން ޖަލްސާގައި ބައިވެރިވެ ވަޑައިގަތެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.