އާޒިމާ ޝުކޫރު ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ވޮއިސް
ހަބަރު
03 Jun 2023 | 12:14
ސިފައިންގެ އިސްވެރިންނަށް ކަނޑުގެ ސަރަހައްދު ނޭނގޭކަމަށް ބުނުމުން ލަދުގަނޭ: އާޒިމާ

ދިވެހިރާއްޖޭގެ ސިފައިންގެ އިސް ބޭކަލުން ނިކުންނަވާ ރާއްޖޭގެ ކަނޑުގެ ސަރަޙައްދަކީ ކޮބައިކަން އެނގިވަޑައިނުގަންނަވާކަމަށް ވިދާޅުވުމުން ލަދުފުޅުގަންނަވާކަމަށް ކުރީގެ ބަންޑާރަނައިބު އާޒިމާ ޝުކޫރު ވިދާޅުވެއްޖެ އެވެ. 

އާޒިމާ މިފަދައިން ވިދާޅުވެފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ކޮބައިކަން ހެދިފައިވާ ޤާނޫނުތަކުގެ އަލީގައި ރޭ ކާނިވަލުގެ ބޭއްވި "ބާނަ ބާނަ ތިއްބާ ތިޔަ ވިއްކާލީ ކަނޑު" ޖަލްސާގައި ރައްޔިތުންނަށް އޮޅުންފިލުވައި ދެމުންނެވެ. 

އާޒިމާ ވިދާޅުވީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ބައިނަލްއަގުވާމީ ކަނޑުތަކާއި ބެހޭ ޤާނޫނުތަކާއި އެއްގޮތަށް ކަނޑައަޅާ، ޗާޓުތައް ކުރަހާ އދ އަށް ހުށައަޅާފައިވާ ކަމަށެވެ. 

މިއިން އެއްވެސް ކަމަކަށް ރިއާޔަތްކުރުމެއް ނެތި ރާއްޖޭގެ ދެކުނުފަރާތުގެ ކަނޑުގެ ސަރަހައްދު ކަނޑައަޅާފައި ނެތްކަމަށް ސަރުކާރުން ބުނަމުންދާކަމަށް އާޒިމާ ވިދާޅުވި އެވެ.

އެ ވާހަކަތަކާއި ގުޅުވާ އާޒިމާ ވިދާޅުވީ، ކަނޑުގެ ސަރަހައްދު ކަނޑަނާޅާ އޮތްކަމަށް ބުނާއިރު، މި ވެރިކަމުގައި 2019 ވަނަ އަހަރު އެކުލަވާލި (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގައި) ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދު ހިމާޔަތްކުރުމަށް ފުލުހުންނާއި، ސިފައިންނާއި ކަސްޓަމްސްގެ މައްޗަށް މަސްއޫލިއްޔަތުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. 

ޤާނޫނުތަކުގައި މިފަދައިން ބަޔާންކޮށްފައި ވަނިކޮށް ސިފައިންގެ ބޭކަލުން ނިކުންނަވާ، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ނޭނގޭކަމަށް ވިދާޅުވަމުންދާ ކަމަށާއި، އެ އަޑުތައް އަހާ ލަދުން އިސްދަށަށް ޖަހާލަން ޖެހޭކަމަށް އާޒިމާ ވިދާޅުވި އެވެ. 

"ސިފައިންގެ އިސްވެރިން ނިކުމެވަޑައިގެން މިތަނުގައި، ދިވެހިރާއްޖޭގެ ޔުނިފޯމުގައި ތިމަންނަމެންނަށް މިހާ ހިސާބަށް ދިވެހިރާއްޖޭގެ ސަރަހައްދު އެނގިވަޑައިގެން ނެތޭ ވިދާޅުވީމާ އަޅުގަނޑުމެން ޖަހަނީ ލަދުން އިސް ދަށަށް"

ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު

އާޒިމާ ވިދާޅުވީ ސިފައިން މި މޭރުމުން ވާހަކަދައްކާއިރު، ރާއްޖޭގެ ރައްޔިތުންނާއި، މި ގައުމާއި މި މައުމުގެ ސަރަހައްދު ސިފައިން ހިމާޔަތްކުރާނެކަމަށް އިތުބާރުކުރެވިދާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. 

އަދި އަސްކަރިއްޔާގެ އިސްވެރިންގެ ކޮމާންޑުގެ ދަށުގައި އޮތް އަސްކަރިއްޔާއަކަށް ދިވެހި ރައްޔިތުން ހިމާޔަތްކުރެވިދާނެ ކަމާމެދު ވެސް މިހާރު ސުވާލު އުފެދޭކަމަށް އާޒިމާ ވިދާޅުވި އެވެ. 

އޭގެ އިތުރުން އާޒިމާ ވަނީ ކަނޑުގެ ސަރަހައްދު ނޭނގޭކަމަށް ސިފައިންގެ އިސްވެރިން ވިދާޅުވާނަމަ، އެއީ އެ ބޭފުޅުންނާއި ދޭތެރޭ އަސްކަރިއްޔާގައި މަސައްކަތް ކުރައްވާ ފަރާތްތަކާއި، ރައްޔިތުން ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއް ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.