ވަރުގަދަ ބަޔާން މިއުނިކަށް އަޔެކްސް އާއި ދެކޮޅަށް ކުޅެ ޕޮއިންޓެއް

03 Oct 2018 | 07:05

ޗެންޕިއަންސް ލީގުގައި ބަޔާން އަދި އަޔެކްސް ބައްދަލުކުރި މެޗު ނިމުނީ 1-1 ކުން އެއްވަރު ވެގެންނެވެ. ބަޔާންގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްދާފައިވަނީ ވެސް އެ ޓީމުންނެވެ.

4 ވަނަ މިނެޓުގައި މެޓްސް ހަމެލްސްގެ ލަނޑުން ބަޔާން ކުރި ހޯދިނަމަވެސް 22 ވަނަ މިނެޓުގައި އަޔެކްސްގެ ނުސެއިރް ވަނީ ނަތީޖާ ހަމަ ހަމަ ކޮށްދީފައެވެ.

މި ގުރޫޕްގައި ކުޅުނު އަނެއްމެޗުގައި އޭއިކޭ އެތެންސްއާއި ބައްދަލުކޮށް ތިން ލަނޑު ދެ ލަނޑުން ކާމިޔާބުކޮށްފައިވަނީ ބެނެފީކާއެވެ. ބެނެފީކާގެ ލަނޑުތައް ޖަހައިދީފައިވަނީ ހެރިސް ސެފެރޮވިޗް، އެލެކްސް ގްރިމާލްޑޯ އަދި އަލްފާ ސެމީޑޯއެވެ. އެތެންސްގެ ދެ ލަނޑުވެސް އެ ޓީމަށް ޖަހައިދިނީ ވިކްޓަރ ކްލޮނާރިޑިސްއެވެ.

ވާދަވެރިކޮށް ފެންނަ މި ގުރޫޕުގެ އެއްވަނައިގަ އޮތީ ހަތަރު ޕޮއިންޓާއެކު އަޔެސްއެވެ. ބާޔާންއަށްވެސް ހަތަރު ޕޮއިންޓް ލިބިފައިވާއިރު އަޔެސްއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. ބެނެފީކާ އޮތީ ތިން ޕޮއިންޓާއެކު ގުރޫޕްގެ ތިންވަނައިގައެވެ.

Advertisement

ކޮމެންޓް