މެމްބަރު ވަހީދު ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ވޮއިސް
ހަބަރު
03 Jun 2023 | 11:51
ރާއްޖެއަށް ކާމިޔާބީއެއް ހޯދައިގެން އައިސް ފިލި ބަޔަކު މި ނޫނީ ނެތް: ވަހީދު

ދިވެހިރާއްޖެއަށް ކާމިޔާބީއެއް ހޯދައިގެން އެނބުރި ވަޑައިގެން ރައްޔިތުންނަށް ފިލި ބައެއް މި ސަރުކާރު ނޫނީ ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ. 

ކަނޑު ވިއްކާލުމާއި ދެކޮޅު އިއްތިހާދުން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަދައްކަވަމުން ވަހީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އެ ހުންނެވީ ދިވެހި ތާރީހުގައި ވެސް ވެރިއަކު ހައްދަވާފައިވާ އެންމެ ބޮޑު ގޯސް ހައްދަވައިގެން ކަމަށެވެ. 

ރާއްޖޭގެ މަސްވެރިން މަސް ބާނަމުންދާ ކަނޑުން ބޮޑު ބައެއް، އެފްރިކާ ބައްރުގެ ގައުމަކަށް ވިއްކާލާފައިވާކަމަށާއި، އެކަން ދިފާއުކުރުމަށް މުޅި ކެބިނެޓު ލައްވާ އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަމުންދާކަމަށް ވަހީދު ވިދާޅުވި އެވެ. 

އެއާއެކު ވަހީދު ވިދާޅުވީ، ފޯޅަވަހި މައްސަލައިގައި ހަގީގަތުގައިވެސް ދިވެހިންނަށް ލިބުނީ ކާމިޔާބީއެއްކަމަށް ވާނަމަ، އެކަމާއި ގުޅޭ މައުލޫމާތު ރައްޔިތުންގެ މަޖިލީހާއި ހިއްސާކުރެއްވުމަށް ބަންޑާރަނައިބަށް ލިބިލެއްވި ފުރުސަތުގެ ބޭނުން ނުހިއްޕަވަންވީ ސަބަބެއް ނެތްކަމަށެވެ. 

އަދި ރާއްޖެއަށް ބޮޑު ކާމިޔާބީއެއް ހޯއްދަވައިގެން ވަޑައިގެން ރައްޔިތުންނާއި ކުރިމަތިލައްވަން ކެރިވަޑައިނުގެން ފިއްލަވަން ޖެހޭ ސަބަބެއް ވެސް ނެތްކަމަށެވެ. 

"ކޮވިޑާއި ގުޅިގެން ވެސް ރައީސް ޞާލިހު އަރުއްވައިގެން މުޅި ކެބިނެޓު ފަހަތުލައްވައިގެން އެ ވާހަކަ އިއުލާނެއް ނުކުރައްވާ. ބޮޑު ކާމިޔާބީއެކޭ ކިޔާފަ، ދެންމެ ބައެއް ބޭފުޅުން ވިދާޅުވިހެން މީޑިއާތަކުގެ ހެޑްލައިނުތައް ދައްލަތުގެ ރައްޔިތުންގެ ލާރިން ބައްލަވައިގަނެގެން، އަދި ކޮންމެ ގޮތަކަށް ލިޔުއްވިޔަސް، ޤަބޫލުކުރައްވާ އަޅުގަނޑުމެން ހަޔާތުގައި ނުދެކެން ބޭރުގައި މެޗަކުން މޮޅުވެގެން ކާމިޔާބުވެގެން ޓްރޮފީ ހިފައިގެން އައިސް ފިލި ބައެއް މި ނޫނީ އަކާއި. އެހާބޮޑު ކާމިޔާބީއެއް ވެއްޖެއްޔާ މަޖިލީހަށް ވަޑައިގަންނަވަން ވީ ނޫންތޯ؟ އަޅުގަނޑުމެން ހަމަ ރަތް ދޫލައިގައި މަރުހަބާ ކިޔާލާނަމޭ" 

އުނގޫފާރު ދާއިރާގެ މެމްބަރު ވަހީދު

ވަހީދު ވިދާޅުވީ 2018 ވަނަ އަހަރު އެމްޑީޕީން ވެރިކަމަށް އައީ ނޫ ކަނޑަށް ނިސްބަތްވާ ނޫ އިޤްތިޞާގެ ފައިދާ ރައްޔިތުންނަށް ހޯދައިދޭނެކަމުގެ ވައުދާއި އެކުގައި ކަމަށެވެ. 

އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ތަންދޮރު އެނގިވަޑައިނުގަންނަވާތީ ނޫ އިޤްތިޞާދުގެ ސިޔާސަތު ތަންފީޒު ނުކުރެއްވުނު ތާގައި، އެމަނިކުފާނު ވަނީ ރާއްޖޭގެ މަސްކަނޑުން ބޮޑު ސަރަހައްދެއް ވިއްކާލާފައި ކަމަށެވެ. 

އެއީ ރައްޔިތުން ދުވަހަކުވެސް މާފުކުރާނެ ކަމެއް ނޫން ކަމަށާއި، މި އަހަރުގެ ސެޕްޓެމްބަރު މަހު ނަގާ ވޯޓުން ރައްޔިތުން މި ވެރިކަން ނިންމާނެކަމަށް ވަހީދު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.