އިންސްޓަގްރާމްގައި އިސްތިޙާރު ކުރެވޭ "ޑީޓޮކްސް" އުފެއްދުންތަކާއި ދެކޮޅަށް ޖަމީލާ ޖަމިލް!

11 Feb 2019 | 12:33

އިންސްޓަގްރާމްގައި މަޤްބޫލު ޝަަޚްސިއްޔަތެއްކަމަށްވާ ޖަމީލާ ޖަމިލް ދަނީ ހޮލީވުޑް ތަރިން އެބައެއްގެ ފޭނުންނަށް ހަށިގަނޑު ހިކޭނެކަމަށް ބުނެ އިސްތިހާރުކުރަމުންދާ ތަފާތު "ޑީޓޮކްސް" ސައިގެެ ބްރޭންޑްތަކާއި ދެކޮޅަށް މީސް މީޑިއާގައި އަޑުުއުފުލަމުންނެވެ.

ޑީޓޮކްސް ސައި ބުއިމުން މީހާގެ ހަށިގަނޑު ހިކޭކަމަށް އިސްތިހާރުކޮށް ދައުވާ ކުރާ ހޮލީވުޑް ތަރިންގެ މެދުގައި ކިމް ކާރޑޭޝިއަން އަދި ރެޕް ލަވަކިޔުންތެރިޔާ ކާރޑީ ބީ ފަދަ ނަން މަޝްހޫރު ފަންނާނުން ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

އާންމުންގެ މެދުގައި އަބަދުވެސް އޭނާގެ އާދަޔާ ޚިލާފު ދިރިއުޅުމުގެ ހަގީގަތް ހާމަކުރުމުގެ ސަބަބުން އާންމުންގެ މެދުގައި މަޤްބޫލުކަން ހާސިލްކޮށްފައިވާ ޖަމީލާ ޖަމިލްގެ މަސައްކަތަށް ގިނަ މީހުންންގެ ތައުރީފްދަނީ ލިބެމުންނެވެ.

މީގެ އިތުރުން މީޑިއާއިން އަންހެނުން ހުންނަން ޖެހޭނީ، ހަށިގަނޑަށް ނުރައްކާ ކުރާ ޙާލުގައިވެސް ވަކި ވަރަކަށް ހިކިކޮށް ޅޫޅާފަތިކޮށް ކަމަށް ދައްކުވާ މިފަދަ އިސްތިޙާރުތަކުގެ ސަބަބުން، ޒުވާން އަންހެންކުދިންނަށް ނަފްސާނީ ގޮތުން ނޭދެވޭ އަސަރުކުރާކަން ޖަމީލާ ވަނީ ތަކުރާރުކޮށް އޭނާގެ ޕޯސްޓްތަކުން ފާހަގަކޮށްފައެވެ. އަދި މިފަދަ "އެންމެ ފުރިހަމަ އަންހެނާގެ" ސިފަ، ވަކި ގޮތަކަށް ކުރިއަރުވަން ވިއްކާ ނުރައްކާތެރި ބްރޭންޑްތަކުގެ އުފެއްދުންތަށް ނުގަތުމަަށްވެސް ޖަމީލާ ވަނީ އޭނާގެ ފޭނުންނަށް އިލްތިމާސްކޮށްފައެވެ.

އެމެރިކާގައި ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަންގެ ހުއްދައަކާ ނުލާ ވިއްކާ "ޑީޓޮކްސް" ބްރޭންޑްތައް ބޭނުންކުރުމުގެ ސަބަބުން މީހާގެ ކުޑަކަމުދާ ނިޒާމަށާއި އެތެރެ ހަށީގެ ގުނަވަންތަކަށް ގެއްލުންވާކަމަށް ސައެންސްގެ ހޯދުންތަކުން ވަނީ ކަށަވަރު ކުރެވިފައެވެ. އަދި މިފަދަ އުފެއްދުންތަށް އިސްތިޙާރުކުރާ ހޮލީވުޑް ފަންނާނުންނަށް ގިނަ ބަޔަކު ދަނީ ޖަމީލާއާއި އެކު މީސް މީޑިއާގައި ފާޑުކިޔަމުންނެވެ.

Advertisement

ކޮމެންޓް