އިންޑިޔާގެ އެހީގައި އެކި ރަށްތަކުގައި ތަރައްގީގެ މަޝްރޫއު ހިންގަން އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން -- ފޮޓޯ/ ފޮރިން މިނިސްޓްރީ
ހަބަރު
04 Jun 2023 | 18:32
އިންޑިޔާގެ އެހީގައި މިފަހަރު އައުޓްޑޯ ޖިމް އަޅައި ބަހެއް ހަދިޔާ ކުރާނެ

އިންޑިޔާގެ އެހީގައި ރާއްޖޭގެ ބައެއް ރަށްރަށަށް ހަދިޔާކުރާ އިޖުތިމާއީ ތަރައްގީގެ މަޝްރޫއުތަކުގެ ތެރޭގައި އައުޓްޑޯ ޖިމް އަޅައި ބަހެއް ހަދިޔާ ކުރުން ހިމެނިއްޖެއެވެ.

މި މަޝްރޫއުތަކުގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިއަދު ފޮރިން މިނިސްޓްރީގައެވެ.

ރާއްޖޭގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ. އަދި އިންޑިޔާގެ ފަރާތުން ސޮއިކުރެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ.

އިންޑިޔާގެ އެހީގައި އެކި ރަށްތަކުގައި ތަރައްގީގެ މަޝްރޫއު ހިންގަން އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން -- ފޮޓޯ/ ފޮރިން މިނިސްޓްރީ

މި އެސްބަސްވުމުގެ ދަށުން ހިމެނެނީ:-

1- މާލޭގައި ހުންނަ އާޓްސް ސެންޓަރު ތަރައްޤީކުރުން

2- ޅ.ހިންނަވަރު އާ ކައުންސިލް އިދާރާ އިމާރާތްކުރުން

3- އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ޔުނިޓެއް ގާއިމުކުރުން

4- 4 ސްކޫލްއަކަށް ބަސް ހޯދުން (ނ.ކެނދިކުޅުދޫ، ލ.ގަން، ކުޅުދުއްފުށި އަދި ފުވައްމުލައް ސިޓީ)

5- ލ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ސްކޫލް ޑިޖިޓަލައިޒޭޝަން ޕްރޮގްރާމް

6- ށ.މިލަންދޫ ރަނިންގ ޓްރެކް ތަރައްޤީކުރުން

7- އައްޑޫ ހިތަދޫގެ ބޭރުމަތި ދާއިރާގައި އައުޓްޑޯ ޖިމް ތަރައްޤީކުރުން

8- އައްޑޫ ހިތަދޫގެ ރަސްގެދަރަ ދާއިރާގައި އައުޓްޑޯ ޖިމް ތަރައްޤީކުރުން

9- ހއ.ދިއްދޫގައި އައުޓްޑޯ ޖިމް ތަރައްޤީކުރުން

10- ގދ.ވާދޫ ގައިއައުޓްޑޯ ޖިމް ތަރައްޤީކުރުން

މީގެ އިތުރުން، އިންޑިޔާއިން ރާއްޖެއަށް ހަދިޔާކުރި ޓީބީ ބަލީގެ ބޭސްވެސް މި ރަސްމިއްޔާތުގައި ވަނީ ހަވާލުކޮށްފައެވެ. ރާއްޖޭގެ ފަރާތުން އެއާ ހަވާލުވެވަޑައިގަތީ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް މައިމޫނާ އަބޫބަކުރެވެ.

މި މަޝްރޫއުތައް ހިންގާނީ، ޖަނަވަރީ މަހު އިންޑިޔާއާއި ރާއްޖެ ވެފައިވާ އެއްބަސްވުމުގެ ދަށުން އިތުރުކޮށްދިން 100 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ.

ކޮމެންޓް
މަތީނާ
ދެން މަ ހީހީ 100 މިލިޔަން ރުފިޔާގެ ހިލޭ އެހީގަ ދެތިން ރަށެއްގަ ބާދަގަނޑު ޖީމު. 100މ ޑޮލަރު ދޯ އަސްލު
05 Jun 2023
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.