މެމްބަރު ހުސެއިން މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
05 Jun 2023 | 22:05
ކަނޑު ވިއްކާލަފަ ބަންޑާރަ ނައިބު ދެއްކެވީ ޒާތީ ވާހަކަތަކެއް: މެމްބަރު ހުސެއިން

ދިވެހިރާއްޖޭގެ ދެކުނުގެ ޚާއްސަ އިޤްތިޞާދީ ސަރަހައްދުން ބައެއް ވިއްކާލުމަށްފަހު ޖަވާބުދާރީވާން މަޖިލީހަށް ވަޑައިގެން ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ދެއްކެވީ މުޅިން ވެސް ޒާތީ ވާހަކަތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުޙައްމަދު ލަތީފު ވިދާޅުވެއްޖެ އެވެ. 

މެމްބަރު ހުސެއިން މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 8 ވަނަ ޖަލްސާގައި ކުރިއަށް ދިޔަ ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ބަހުސް ކުރައްވަމުން ނެވެ. 

މެމްބަރު ހުސެއިން ވިދާޅުވީ ބަންޑާރަ ނައިބު މަޖިލީހަށް ހާޒިރުކުރީ ފޯޅަވަހި މައްސަލައިގައި ދައުލަތުން އަމަލުކޮށްފައިވާ ގޮތާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ހުރި ސުވާލުތަކަށް ޖަވާބުދެއްވުމަށް ކަމަށެވެ. 

އެގޮތުން ރާއްޖެއާއި ދެކޮޅަށް އިޓްލޮސްއަށް މައްސަލައެއް ހުށައެޅުމާއި ގުޅިގެން، އެ މައްސަލައަށް އަސަރުކުރާނެ ފަދަ އެއްވެސް ސިޓީއެއް ނުވަތަ ލިޔުމެއް އެއްވެސް ފަރާތަކުން ނުފޮނުއްވުމަށް ބަންޑާރަނއިބު ލަފާދެއްވާފައިވާކަން އެނގެން އޮތްކަމަށް މެމްބަރު ހުސެއިން ވިދާޅުވި އެވެ.

އަދި ބަންޑާރަ ނައިބުގެ އެ ލަފާފުޅަށްފަހު ވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުވާފައިވުމަކީ އެންމެން ވެސް އިއްތިފާގުވާ ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ. 

އެހެންކަމުން އެއީ ކިހިނެއް ފޮނުވި ސިޓީފުޅެއްކަން މަޖިލީހުން އެނގެން ބޭނުންވާ ކަމަށާއި، ބަންޑާރަ ނައިބު އެކަންކަން ސާފުކޮށްދެއްވަން ޖެހިވަޑައިގަންނަވާކަމަށް މެމްބަރު ހުސެއިން ވިދާޅުވި އެވެ. 

"ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ސިޓީފުޅެއް ފޮނުވާފައިވާކަން އެބަ ހާމަވޭ. ބަންޑާރަނައިބުގެ އަރިހުން ސާފުކޮށްލަން ބޭނުން، ބަންޑާރަ ނައިބުގެ ލަފާފުޅަކަށް ތޯ މި ސިޓީފުޅު ފޮނުވާފައި ވަނީ؟ ފޮނުވާފައިވާކަމަށް އެބަ އެންމެން އެއްބަސްވަމު. އެހެންކަމަށް ވާނަމަ އެއީ ޤާނޫނު އަސާސީއާއި ޚިލާފަށް އެހެން ނޫނީ ބަންޑާރަނައިބުގެ ލަފާފުޅާއި ޚިލާފަށް ރައީސުލްޖުމްހޫރިއްޔާ އަމަލުފުޅު ކުރައްވާފައި އެ އޮތީ. އެހެންވީމަ ބަންޑާރަ ނައިބުގެ ޒިންމާއަކީ ކޮބައިތޯ؟"

މެމްބަރު ހުސެއިން މުޙައްމަދު ލަތީފު

ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވެވަޑައިގަންނަމުން ބަންޑާރަ ނައިބު ދެއްކެވި ބައެއް ވާހަކަތަކަށް އަލިއަޅުވާލައްވާ މެމްބަރު ހުސެއިން އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ރާއްޖެއާއި އެހެން ގައުމުތަކާއި ދެމެދު ވެވޭ އެއްވެސް މުއާހަދާއަކަށް ބަލައި ހަދާ ގާނޫނެއްގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ނުވަތަ ބިމުން ބައެއް ވިއްކާލުމަށް ހިމަނާފައި ނޯންނާނެކަމަށެވެ. 

އެހެންކަމުން ފޯޅަވަހި މައްސަލައިގައި ދިވެހިންގެ ކަނޑުން ސަރަހައްދެއް ދޫކޮށްލުމަށްފަހު، ނުވަތަ ވިއްކާލުމަށްފަހު މަޖިލީހަށް ވަޑައިގެން ބަންޑާރަނައިބު މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވުމުގެ ބަދަލުގައި ދެއްކެވީ ޒާތީ ވާހަކަފުޅުތަކެއް ކަމަށް މެމްބަރު ހުސެއިން ވަނީ ވިދާޅުވެފަ އެވެ. 

ބަންޑާރަނައިބު އިބްރާހިމް ރިއްފަތު

"ކަނޑައެޅިގެން ރާއްޖޭގެ ކަނޑު ވިއްކާލާފައި، 500 އެތަށް މިލިއަން ޑޮލަރަކަށް ވިއްކާލާފައި އައިސް މިތަނުގައި އަމިއްލަފުޅު ޒާތީ ވާހަތައް ދައްކަވާތީ ނުހަނު ކަންބޮޑުވުން އެބަހުރި"

މެމްބަރު ހުސެއިން މުޙައްމަދު ލަތީފު

މެމްބަރު ހުސެއިން ވަނީ ބަންޑާރަނައިބު ޖަވާބުދެއްވާއިރު، މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި މި މައްސަލައިގައި ރައްޔިތުންނަށް އޮޅުންއަރާ ކަންތައްތައް ސާފުކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ. 

ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވެވަޑައިގަންނަވަމުން ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތުވަނީ ކުރީގެ ބަންޑާރަނައިބުންނަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުކުރައްވާފަ އެވެ. 

އެގޮތުން ފޯޅަވަހި މައްސަލައިގައި ކުރީގެ ބަންޑާރަނައިބުންގެ ބޮޑެތި އިހުމާލުތަކެއް އޮތްކަމަށް ރިއްފަތުވަނީ ތުހުމަތު ކުރައްވާފައެވެ. އަދި އެ މައްސަލައާއި ގުޅިގެން މިހާރު އެ ބޭފުޅުން ދައްކަވަމުންދާ ވާހަަކަތަކަކީވެސް ޤާނޫނީ ބުރަދަނެއް އޭގައި ނެތް، ދޮގު ވާހަކަތަކެއް ކަމަށް ރިއްފަތު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Jul 2026
އެމްޓީޑީސީގެ އެމްޑީކަމުގެ މަގާމަށް ޙާރިޘް
އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް ޙާރިޘް އައްޔަނުކުރައްވާފައިމިވަނީ، އެ މަގާމުގައި ހުންނެވި އަހުމަދު ނިޔާޒް މަގާމުން ވަކިކުރުމާ ގުޅިގެންނެވެ
28 Jul 2026
ފްރާންސްގެ ގައުމީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޒިނެދީން ޒިދާން
ފްރާންސްގެ ފުޓުބޯޅަ ފެޑެރޭޝަނުން އެ ގައުމުގެ ގައުމީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް މަޝްހޫރު ފުޓުބޯޅަ ލެޖެންޑް ޒިނެދީން ޒިދާން މިއަދު އައްޔަންކޮށްފިއެވެ. ޒިދާން މި މަގާމަށް އައްޔަންކުރީ ހަތަރު އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން، ކުރިން އެ މަގާމުގައި ހުރި ޑިޑިއޭ ޑެޝޯމްގެ ބަދަލުގައެވެ.
28 Jul 2026
އީރާނުން ޔުކްރެއިނަށް ހަމަލާދޭނެކަމުގެ އިންޒާރު ދީފި
މާލިކީ ވިދާޅުވީ، ޑިޕްލޮމެޓިކް އުސޫލުން މި މައްސަލައިގައި މުހުލަތެއް ދިން ނަމަވެސް އަސްކަރީ ހަމަލާއެއް ނުދޭނެ ގޮތެއް އެއީ ނެތް ގޮތެއްކަމަށެވެ
28 Jul 2026
މިނިވަންދުވަހު ބަނގުރާ ވިއްކަން އުޅުނު ބިދޭސީންގެ ބަޔަކު ހައްޔަރުކޮށްފި
ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ މީހުން ކަމުގައިވާ އުމުރުން 24 އަހަރުގެ ރޮކިބުލް ހަސަން އާއި، އުމުރުން 29 އަހަރުގެ އެމް ޑީ ޖަކިރް ހޮސެއިން ކަމަށެވެ.
28 Jul 2026
އަމިއްލައަށް ވަކިވި މުއައްޒަފުންނަށް އުސޫލުގެ ތެރެއިން ވާނީ ފައިސާ ދީފައި: ފެނަކަ
ފެނަކައިްނ ބުނީ އަމިއްލައަށް އެދިގެން ވަކިވި އެކުންފުނީގެ މުއައްޒަފުންނަށް ހަތަރު މަހުގެ މުސާރައަށްވާ ފައިސާ ދީފައިވާ ކަމަށެވެ. އެގޮތުން އަމިއްލައަށް ވަކިވުމަށް 108 މުއައްޒަފަކު ހުށަހެޅިކަމަށެވެ
28 Jul 2026
ހުޅުލެ އައިލެންޑް ހޮޓަލާ ދިމާ ބޭރުން މިރޭ ހަވާ އަރުވަނީ
28 Jul 2026
ޤައުމީ އަސްކަރިއްޔާގެ ހިނގާލުން މާދަމާ ހުޅުމާލޭގައި
ލިޓަރީ ބޭންޑުން ރާގު ކުޅޭ ގޮތަށް ހަމަޖެހިފައިވާ އިރު، އެ ސަރަހައްދުތަކަކީ ސެންޓްރަލް ޕާކް (ހިތިގަސްމަގު – ހުވަނދުމާހިނގުން ޖަންކްޝަން)އާއި ސިފްކޯ ފުލެޓް (ރީތިގަސްމަގު – އަސުރުމާހިނގުން ޖަންކްޝަން) ކައިރި
28 Jul 2026
ކުޑަކުދިން ބަހައްޓާ ސެންޓަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނިކޮށް ހައްޔަރު
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޅ. ނައިފަރު / ފުންވިލު، ޒައިދު މުޙައްމަދު (36އ) އެވެ.