މެންބަރު ހަސަން ލަތީފް-- ފޮޓޯ/ މަޖިލިސް
ހަބަރު
06 Jun 2023 | 12:40
"ދަ ޑިމޮކްރެޓްސް" އަށް ސޮއިކުރި ފަރާތްތަކަށް ސަރުކާރުން ބިރުދައްކާ ކަމަށް ބުނެ މައްސަލަ މަޖިލީހަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވަފާތެރި މަޖިލީހުގެ މެންބަރުން އިސްވެ އުފެއްދެވި 'ދަ ޑިމޮކްރެޓްސް' ޕާޓީއަށް ސޮއިކުރާ މެންބަރުންނަށް ސަރުކާރުން ބިރުދައްކާ ކަމަށްބުނެ، އެކަން ހުއްޓުވުމަށް އެދި މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ. 

މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހަޅާފައިވާ މި މައްސަލާގައި ބުނީ 'ދަ ޑިމޮކްރެޓްސް' އުފެއްދުމަށް 1 ޖޫން 2023 ގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ފޯމުތަކުގައި ހުރި މައުލޫމާތުވަނީ ސަރުކާރުން ވަގަށް ހޯދައި، އެމައުލޫމާތު ބޭނުންކޮށްގެން ފޯމު ހުށަހެޅި މީސްމީހުނަށް ގުޅައި ބިރުދައްކާން ފަށާފައިވާ ކަމަށެވެ. 

"ސަރުކާރުން އެކަން ހިންގަނީ ފުޅާ ދާއިރާއެއްގައެވެ. ސަރުކާރުގެ މިނިސްޓަރުންނާއ،ި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރީންނާއ،ި ސަރުކާރުގެ އެކިއެކި މަޤާމުތަކުގައި ތިއްބެވި ބޭބޭފުޅުން ވަޑައިގަންނަވަނީ އެ މުޑުދާރު ޢަމަލު ހިންގަވަމުންނެވެ. އެގޮތުން ގުޅުއްވާ ފަރާތްތަކުގެ އަރިހުން ސާފު ކުރަމުން ގެންދަނީ، ގޯއްޗަށް ނުވަތަ ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވޭތޯ، ނުވަތަ ދަރިފުޅު ސްޓޫޑެންޓް ލޯނަށް ހުށަހަޅާފައިވޭތޯ ފަދަ ކަންކަމެވެ. ސަރުކާރުން ގުޅުއްވާ ބޭފުޅުން ޑިމޮކްރެޓްސް އަށް ސޮއިކުރައްވާފައިވާ ބޭފުޅުންނަށް އަންގަމުންދަނީ ސަރުކާރުގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނީގައި އޮތް ދަރިފުޅުގެ ވަޒީފާގައި އޭނާ ބަހައްޓާން ބޭނުންނަމަ 'ޑިމޮކްރެޓްސް' އަށް ކޮށްފައި އޮތް ސޮއި އަނބުރާ ނެގުމަށެވ.ެ އަދި ޑިމޮކްރެޓްސް އަށް ކޮށްފައި އޮތް ސޮއި އެއީ އޭނާ ކޮށްފައި އޮތް ސޮއެއް ނޫންކަމަށް އިލެކްޝަންސް ކޮމިޝަންގައި ބުނުމަށްވެސް ދަނީ އެ ފަރާތްތަކުން އަންގަމުންނެވެ." ސަރުކާރުން ބިރު ދެއްކުމަށް ކުރަމުންދާ ކަންކަން ފާހަގަކުރައްވައި ހަސަން ލަތީފް ގެ މައްސަލައިގައި ބުނެފައިވެއެވެ.

އެ މައްސަލާގައި އިތުރަށް ބުނީ، އެކަންކަމަކީ، އެމ.ްޑ.ީޕީ އުފެއްދި މަޤްޞަދުތަކާއި އެޕާޓީން ވަކާލާތު ކުރަމުން ދިޔަ ހަމަތަކާއި އުޞޫލުތަކާ ދިމާ އިދިކޮޅު އަމަލުތަކެއް ކަމަށާ، އެއީ އެމ.ްޑ.ީޕީ އުފެއްދުމަށް މަސައްކަތްކުރިއިރު، އެމްޑީޕީ އުފެދުނަ ނުދިނުމަށް އޭރު އޮތް ސަރުކާރުން އެޕާޓީ އުފެއްދުމުގެ މަސައްކަތް ކުރެއްވި ބޭބޭފުޅުންނާ ކުރިމަތި ކުރުވި ކަންކަން ކަމަށެވެ. އަދި އެކަންކަން ކުރުމުގައި މިހާރު އިސްވެ ހުންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ކަމަށްވާތީ ލަދުވެތިވާ ކަމަށްވެސް ބުނެފައިވެއެވެ. 

މިއާއެކު ހަސަން ލަތީފް ވަނީ 'ދަ ޑިމޮކްރެޓްސް' އުފެއްދުމަށް ސޮއިކުރެއްވި މެންބަރުން ސާބިތުކަމާއެކު ދެމި ތިބުމަށާއި ބިރުފަހަނައަޅާ ދިޔުމަށް އެދިފައެވެ.

އަދި އެ މައްސަލައިގައި ވަނީ 'ދަ ޑިމޮކްރެޓްސް' އުފެއްދުމަށް ސޮއިކޮށްފައިވާ ފަރާތްތަކަށް ސަރުކާރުން އެއްވެސް މިންވަރަކަށް ބިރު ނުދެއްކުމަށް ސަރުކާރަށް ގޮވާލާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.