ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް--ފޮޓޯ/މަޖިލިސް
ހަބަރު
07 Jun 2023 | 12:43
މުދަލާއި ޚިދުމަތުގެ އަގު ބޮޑުވަނީ ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުން ވައްކަން ކުރާތީ: ހަސަން

މުދަލާއި ޚިދުމަތުގެ އަގުތައް ބޮޑުވަމުން އަންނަނީ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރޭގައި ވައްކަން ގިނަ ވުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށައަޅާފައިވާ ރާއްޖޭގައި މުދަލާއި ޚިދުމަތުގެ އަގުބޮޑުވުން ކޮންޓްރޯލުކުރުމަށް ސަރުކާރަށް ގޮވާލާ ގަރާރަށް ބަހުސްކުރައްވަމުން ހަސަން ވިދާޅުވީ، މުދަލާއި ޚިދުމަތުގެ އަގު ބޮޑުވާ މައްސަލަ އަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށްވެސް އޮޅިވާލެވޭނެ މައްސަލައެއް ނޫން ކަމަށެވެ. 

އަދި މުދަލާއި ޚިދުމަތުގެ އަގު ބޮޑުވާ ސަބަބަށް އަލިއަޅުވާލައްވައި ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ، އެކަން އެގޮތަށް ދިމާވަނީ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރޭގައި ވައްކަން ގިނަ ވުމުން ކަމަށެވެ. 

ސަރުކާރު ހިއްސާވާ ކުންފުނިތައް އެއީ ރައީސުލްޖުމްހޫރިއްޔާގެ ކެންޕެއިނަށް، ވޯޓު ހޯދަންވެގެން، ކުރަން މަސައްކަތެއް ނެތް ކަމުގައި ވިޔަސް، ތަންތަނުން މީހުން ހޯދައިގެން، ވަޒީފާ ދީގެން، އެމީހުންނަށް މުސާރަދޭން ހަދައިގެން ވެގެން އުޅޭ ކަމެއް.

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް

ހަސަން ވިދާޅުވީ، ޑިމޮކްރެޓުންގެ ސިޔާސަތަކީ ގޭބިސީ ތަކުގެ މުސާރަ އިތުރު ކުރުން ކަމަށެވެ. އެހެން ނަމަވެސް، އެއާއި ޚިލާފަށް ރާއްޖޭގައި މިހާރު އޮތް ސަރުކާރުގެ ސިޔާސަތަކީ ސަރުކާރު ހިއްސާވާ ކުންފުނިތައް ބޮޑުކޮށް، އެ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު އިތުރުކޮށް އެ މީހުންނަށް މުސާރަ ދީދީ ތިބުން ކަމަށެވެ. 

ބައްލަވާލައްވާ މަސްވެރިކަމުގެ ސިނާއަތަށް ރައީސުލްޖުމްހޫރިއްޔާ ހަދާފައި އޮތް ގޮތް. މުޅި މަސްވެރިކަމުގެ ސިނާއަތް އެ އޮތީ ފުނޑުފުނޑު ކޮށްލާފައި. ބޮޑެތި އޮޑިފަހަރުތައް އެހުރީ އެހެލާފައި. ކޮބައިތޯ އެ މަސްވެރިން. އެ މަސްވެރިން އެ ތިބީ ފެނަކައިގެ ވަޒީފާއަށް ވައްދާފައި. ވިހި ހާސް، ފަންސަވީސް ހާސް މަހަކު ލިބެމުންދިޔަ މަސްވެރިން، އެ ސިނާއަތު ފުނޑު ފުނޑު ކޮށްލީމާ، ދެން އެމީހުންނަށް ހަދާނެ ގޮތެއް ނެތުނީމާ، ސަރުކާރުން މި ހަދާ ގޮތަކީ، އޭގެ ނަޖައިޒް ފައިދާ ނަގައިގެން، ފެނަކައިގެ މުވައްޒަފުން ގޮތަށް ވައްދަނީ އެތަނަށް. ލިބެނީ 12,000 ރުފިޔާ. ކިރުދަޅުގެ އަގު ހަމަ އެހެރަދަނީ ބޮޑުވަމުން. 

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް

ހަސަން ވިދާޅުވީ، ޑިމޮކްރެޓުންގެ ސިޔާސަތާއި ޚިލާފަށް ސަރުކާރުން އަމަލު ކުރަމުންދާ ކަން ރައްޔިތުންނަށް އެނގޭ ކަަމަށެވެ. އަދި ޑިމޮކްރެޓުންގެ ސިޔާސަތަކީ ގޭބީސީ ތަކުގެ އާމްދަނީ އިތުރުން ކުރުންކަން ރައްޔިތުންނަށް އެނގޭތީ ރައްޔިތުންވެސް ޑިމޮކްރެޓުންނަށް ވަމުން އަންނަ ކަމަށެވެ. އަދި ޑިމޮކްރެޓުންގެ ސިޔާސަތުތައް ތަންފީޒުކުރާނީ އަލަށް އުފައްދާ ޑިމޮކްރެޓްސް އިން ކަމަށްވެސް ހަސަން ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.