އީވާ މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
07 Jun 2023 | 13:01
އަޅުގަނޑުމެންގެ ވެރިކަމެއްގައި ވައްކަމުން ދައުލަތް ސަލާމަތްކުރާނަން: އީވާ

ދަ ޑިމޮކްރެޓްސް ގެ ވެރިކަމެއްގައި ވައްކަމުން ދައުލަތް ސަލާމަތް ކުރާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުالله ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އީވާ ވަނީ އެމްޑީޕީން ނިކުމެ "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ޕާޓީއެއް އުފައްދަން ކުރަމުންދާ މަސައްކަތަށް ހުރަސްއެޅުމަށް ސަރުކާރުން ކުރަމުންދާ ކަންކަމަށް އަލިއަޅުވާލާ ނުރުހުން ފާޅުކޮށްފަ އެވެ. 

އެގޮތުން އޭނާ ވިދާޅުވީ ޑިމޮކްރެޓްސްއާއި ގުޅެމުންދަނީ ސަރުކާރު ހިންގާ މައި ޕާޓީ ހިންގަމުންދާ ގޮތުން މާޔޫސްވެ، ކަންކަން އަލުން އިސްލާހުކުރުމަށް މަސައްކަތް ކުރަން ބޭނުންވާ ފަރާތްތައް ކަމަށެވެ. އެމީހުންނަކީ ބަތަލުންތަކެއްގެ ގޮތުގައި އީވާ ސިފަކުރެއްވި އެވެ. 

އެއާއެކު އޭނާ ވިދާޅުވީ "ދަ ޑިމޮކްރެޓްސް" ގެ ވެރިކަމެއްގައި ވެރިކަމުގެ ނިޒާމުގައި ހުރި ގިނަ މައްސަލަތަކެއް ޙައްލުކުރާނެ ކަމަށެވެ. އެ ވެރިކަން ވެގެންދާނީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށް، ވައްކަމުގެ ނުބައި ފަސާދައިން ދައުލަތް ސަލާމަތްކުރާނެ ވެރިކަމުގެ ގޮތުގައި ކަމަށް އީވާ ވިދާޅުވި އެވެ. 

"ރިޔާސީ އިންތިޚާބު މި އަންނަނީ. އަޅުގަނޑުމެން ގެންނަ ކެންޑިޑޭޓާއެކު އަޅުގަނޑުމެން އުފައްދާ ސަރުކާރެއްގައި އިރާދަކުރެއްވިޔާ ދިވެހިރާއްޖޭގެ ގޭބީސީގެ އާމްދަނީތައް އަޅުގަނޑުމެން އިތުރުކުރާނަން. ދިވެހިރާއްޔިތުން އަތުން ގެއްލެމުން މިދާ މިނިވަންކަން އަޅުގަނޑުމެން އަނބުރާ ހޯދާދޭނަން. ވައްކަމުން އިރާދަކުރެއްވިއްޔާ ސަރުކާރު، ދައުލަތް ހިންގުން ސަލާމަތްކޮށްދޭނަން" 

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުالله

ދަ ޑިމެކްރެޓސް އަކީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ 12 މެމްބަރުންގެ އިތުރުން ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވާ ބައެއް ފަރާތްތަށް އެމްޑީޕީން އިސްތިއުފާ ދެއްވުމަށްފަހު، އުފައްދަން މަސައްކަތް ކުރާ ޕާޓީއެކެވެ. 

އެ ޕާޓީ ރަޖިސްޓްރީކުރުމަށް ބޭނުންވާ އަދަދަށް ފޯމު ހަމަކޮށް މިހާރު އިލެކްޝަން ކޮމިޝަނަށް ވަނީ ހުށައަޅާފަ އެވެ. 

ޕާޓީ ރަޖިސްޓްރީ ވުމާއެކު، އެ ޕާޓީ ވެގެންދާނީ މަޖިލީހުގެ މައިނޯރިޓީ ޕާޓީއަށެވެ. އަދި އަންނަ ރިޔާސީ އިންތިޚާބުގައި ދި ޑިމޮކްރެޓްސްއިން ވާދަކުރާނެކަން މިހާރު އެ ޕާޓީން ވަނީ އިއުލާނުކޮށްފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.