ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަދި ޗީފް އޮފް ސްޓާފް އަލީ ޒާހިރު ---
ހަބަރު
07 Jun 2023 | 17:09
ރައީސުލްޖުމްހޫރިއްޔާ މަޢާފުކޮށްދެއްވާ އަދި އަދަބަށް ލުއިދެއްވި މީހުންގެ އަދަދު 600 އަށްވުރެ ގިނަ!

ވޭތުވެދިޔަ 4 އަހަރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ މަޢާފުކޮށްދެއްވާފައިވާ އަދި އަދަބަށް ލުއިދެއްވާވައިފައިވާ މީހުންގެ ޖުމްލަ އަދަދު 600 އަށްވުރެ ގިނަ ކަމަށް ރައީސް އޮފީހުން ހާމަކުރައްވާފިއެވެ.

އެގޮތުން 'ދިޔަރެސް' ނޫހުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން 2019 ވަނަ އަހަރުން ފެށިގެން މި އަހަރުގެ އޭޕްރީލު މަހުގެ ނިޔަލަށް އަދަބު ލުއިކޮށްދިނުމާއި މައާފުދިނުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަދަބު ލުއިކޮށްދެއްވައި މައާފުދެއްވާފައިވާ ކުށްވެރިންގެ އަދަދާއި، އަދަބު ލުއިކޮށް މައާފުދީފައިވާ މީހުންގެ މައްޗަށް ސާބިތުވެފައިވާ ކުށްތަކުގެ ތަފުސީލަށް އެދި ފޯމް ވަނީ ހުށަހަޅާފައެވެ.

މިކަމަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުން ވަނީ ކްލެމެންސީ ބޯޑުގެ ލަފާފުޅުގެމަތިން، ރައީސުލްޖުމްހޫރިއްޔާ މަޢާފުކޮށްދެއްވައިފައިވާ އަދި އަދަބަށް ލުއިދެއްވައިފައިވާ މީހުންގެ ޖުމުލަ އަދަދު، 2019 އިން 2022 އަށް ވަކި ވަކިން އެނގިވަޑައިގަންނަވާނޭ ތާވަލެއް ފޮނުއްވާފައެވެ.

އެގޮތުން ރައީސް އޮފީހުން ހާމަކޮށްފައިވާ ތާވަލުން 2019 އިން 2022 އަށް ޖުމްލަ 683 މީހުން ރައީސުލްޖުމްހޫރިއްޔާ މަޢާފުކޮށްދެއްވައިފައިވާ އަދި އަދަބަށް ލުއިދެއްވައިފައިވާކަމަށް ތާވަލުން ދައްކައެވެ.

އެގޮތުން 2019 ގައި ޖުމްލަ 94 މީހުން، 2020 ގައި ޖުމްލަ 130 މީހުން، 2021 ގައި ޖުމްލަ 310 މީހުން އަދި 2022 ގައި ޖުމްލަ 149 މީހުން މީގެ ތެރޭގައި ހިމެނެއެވެ.

ރައީސް އޮފީހުން ދެއްވި ޖަވާބުގައިވާ ތާވަލް

އެހެންނަމަވެސް މި ތާވަލުގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް ސާބިތުވެފައިވާ ކުށްތަކުގެ ތަފްސީލެއް ރައީސް އޮފީހުން ހާމައެއް ނުކުރައްވައެވެ.

އެގޮތުން އެ އިދާރާއިން ދިން ޖަވާބުގައި ވިދާޅުވެފައިވަނީ އެކިއެކި މައްސަލަތަކުގައި މަޢާފުދެއްވައިފައިވާ ނުވަތަ އަދަބަށް ލުއިދެއްވައިފައިވާ ފަރާތްތަކުގެ މައްޗަށް ސާބިތުވެފައިވާ ކުށްތަކަކ،ީ ވަކިވަކިން ރެކޯޑުކޮށް ބަލަހައްޓަމުން ގެންދާ މަޢުލޫމާތެއް ނޫންކަމުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ