މަޖިލީހުގެ މެޖޯރިޓީ ލީޑަރ މުހައްމަދު އަސްލަމް -- ފޮޓޯ/ މަޖިލިސް
08 Jun 2023 | 17:43
މަޖިލީހުގެ އެއްވެސް މަސައްކަތެއް ދެން ކުރެވޭނީ އީވާގެ އިތުބާރުނެތް މައްސަލަ ނިންމާފައި: އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މަސައްކަތެއް ދެން ކުރިއަށް ގެންދެވޭނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله ގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިޔުމަށް ފަހުގައި ކަމަށް އެމްޑީޕީގެެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ. 

މަޖިލީހުގެ މެޖޯރިޓީ އޮތް، ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން ވަނީ 50 މެންބަރުންގެ ސޮޔާއެކު އީވާގެ އިތުބާރު ނެތް މައްސަލައެއް، މެއި މަހުގެ 23 ވަަނަ ދުވަހު މަޖިލީހަށް ހުށަހަޅައިފަ އެވެ. އެކަމާ ގުޅިގެން ގަވައިދުގައި ބުނާ 14 ދުވަހުގެ ނޯޓިސް މުއްދަތު އަންނަ އާދީއްތަ ދުވަހަށް ހަމަވާތީ އެ ދުވަހަށް އޮތީ އެ މައްސަލަ އެޖެންޑާ ކޮށްފަ އެވެ. އެހެންނަމަވެސް، ދާއިމީ ކޮމިޓީތައް އަދިވެސް އެކުލަވާލާފައި ނުވާތީ، މަޖިލިހުގެ ނައިބު ރައީސްގެ މަގާމުން އީވާ ވަކިކުރުމުގެ ގަރާރަށް ބަހުސް ކުރުމުގެ ވަގުތު ކަނޑައަޅާފައި ނުވާ ކަމަށް ބުނެ އެ މައްސަލަ އަދި ކުރިއަށް ނުގެންދެވޭނެ ކަމަށް އަމީން އާންމު ފާތިމަތު ނިއުޝާ ވަނީ އަންގާފައެވެ. 

އެކަމާ ގުޅިގެން ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ، ކޮމިޓީތައް އަލުން އެކުލަވާލުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް މަޖިލީހުގެ ސިޔާސީ ޕާޓީ ތަކާއިއެކު މިއަދު ހެނދުނު ވެސް ބައްދަލުވުމެއް ބޭއްވި ކަމަށެވެ.

އެ ބައްދަލުވުމުގައިވެސް އެމްޑީޕީގެ ފަރާތުން ދެވެން އޮތް އެންމެހައި ދުލެއް ދީފައިވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. އެގޮތުން އާއްމު ކޮމިޓީ އެކުލަވައިލުމާއި ގުޅޭގޮތުން، އެ ކޮމިޓީގައި ހުރިހާ ސިޔާސީ ޕާޓީތަކެއް ހިމެނުމަށް މިނިވަން މެންބަރުން ހުށަހެޅުއްވި ހުށަހެޅުމަށްވެސް އެއްބަސްވެފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި، އާންމު ކޮމިޓީއަކީ ހުރިހާ ސިޔާސީ ޕާޓީތަކެއް ތަމްސީލުވުން ލާޒިމު ދާއިމީ ކޮމިޓީއެއް ނޫން ކަމަށާ، އެކަމަށް އެމްޑީޕީން އެއްބަސްވީ، އެ ޕާޓީ ތަމްސީލުވާ ނިސްބަތުން ކޮމިޓީން ސްލޮޓް ދޭގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް، އެ ގޮތަށް މިނިވަން މެންބަރުންނަށް އެއްބަސް ނުވެވި، މިއަދުގެ ބައްދަލުވުންވެސް ނިމިގެންދިޔައީ ކޮމިޓީ އެކުލަވައި ނުލެވި ކަމަށް އަސްލަމް ވިދާޅުވި އެވެ. 

މިއާއެކު އަސްލަމް ވިދާޅުވީ، ކޮމިޓީތައް އެކުލަވައި ނުލެވޭ ކަމަށްބުނެ، އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް އަމީން އާންމު އެންގެވި ނަމަވެސް، އެއީ އެ ޕާޓީން ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ. 

އެހެނީ، މަޖިލީހުގެ ދާއިމީ ކޮމިޓީތަކަކީ އަބަދުވެސް ދެމިއޮންނަ ކޮމިޓީތަކެއް ކަން މަޖިލީހުގެ ގަވާއިދުގައި ބަޔާން ކޮށްފައިވާ ކަމަށާ، އެ ކޮމިޓީގެ މެންބަރުން ބަދަލުކުރަން މަޖިލީހުން ނުނިންމާހާ ހިނދަކު އެ މެންބަރުން ކޮމިޓީގައި ދެމި ތިބޭނެ ކަމަށެވެ. އަދި އެ ކޮމިޓީން މެންބަރަކު، ނުވަތަ މުގައްރިރު ވަކިވި ނަމަވެސް، އެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް ބާއްވާ ބައްދަލުވުން ބޭއްވުމަކީ އަމީން އާންމުގެ މަސްއޫލިއްޔަތެއް ކަމަށް އަސްލަމް ވިދާޅުވިއެވެ. 

"މައިނޯރިޓީން އެއްބަސް ނުވެވުނޭ ވިދާޅުވެ، މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައި އޮތުން މަޖިލީހުގެ ގަވާއިދު ތަނެއް ނުދޭ. ހަމަ އެހެންމެ މަޖިލީހުގެ ކޮމިޓީތައް އަބަދުވެސް ދެމި އޮންނާނެ ކަމަށް މަޖިލީހުގެ ގަވާއިދު ބުނަނީ. މަޖިލީހުގެ ރައީސް އިއުލާން ކުރެއްވި ކަމުގައި ވިޔަސް، މަޖިލީހުގެ މަސައްކަތް، މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތް ހުއްޓާލުމަށް އެންގި ކަމުގައި ވިޔަސް، މަޖިލީހުގެ މަސައްކަތް ހުއްޓިގެންދާނެ ޖާގައެއް، އަދި އެފަދަ އަމުރެއް ނެރުމުގެ ޖާގައެއް މަޖިލީހުގެ ރައީސް އަށް އޮތް ކަމަކަށް މަޖިލީހުގެ ގަވާއިދުންވެސް އަޅުގަނޑުމެންނަށް ފާހަގައެއް ނުކުރެވޭ." 

މަޖިލީހުގެ މެޖޯރިޓީ ލީޑަރ މުހައްމަދު އަސްލަމް 

އެހެންކަމުން އަސްލަމް ވަނީ، މަޖިލީހުގެ ގަވާއިދާއި އެއްގޮތަށް އާންމު ކޮމިޓީގެ ބައްދަލުވުން ބާއްވައި، މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ވަގުތު ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ފުރުސަތު ދެއްވަން އަމީން އާއްމު ނިއުޝާގެ އަރިހުން އެދިލައްވާފައެވެ.

އަސްލަމް ވިދާޅުވި ގޮތުގައި، އެ މައްސަލައިގެ ނޯޓިސްގެ މުއްދަތު ހަމަވުމަށް ފަހު، އެ މައްސަލަ ކުރިއަށް ނުގެންގޮސް، މަޖިލީހުގެ އިތުރު އެއްވެސް މަސައްކަތެއް ނުކުރެވޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާން ކޮށްފައިވާތީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިތުރު އެއްވެސް ކަމަކާއި މެދު ބަހުސް ކުރެވޭނީ، މަޖިލީހުގެ ރައީސް ނުވަތަ، ނާއިބު ރައީސްގެ މައްސަލައެއް ހުށަހެޅި އަދި ނޯޓިސްގެ މުއްދަތު ހަމަވެފައިވާ ކަމުގައި ވަނީނަމަ، އެއްވެސް މަސައްކަތެއް ކުރިއަށް ގެންދެވޭނީ، އެ މައްސަލާގައި ގޮތެއް ނިންމުމަށްފަހު، އެހެންކަމުން، މިހާރު، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުاللهގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެއް ހުށަހެޅު، އެ އިތުބާރު ނެތް ކަމުގެ މައްސަލަ އާއި ގުޅިގެން އެވަނީ ނޯޓިސް ފޮނުވިފައި. އަދި ނޯޓިސްގެ މުއްދަތު 11 ވަނަ ދުވަހަށް ހަމަވުމުން، މަޖިލީހުގެ އެއްވެސް ކަމެއް މަޖިލީހުގައި ކުރިއަށް ގެންދެވޭނީ، މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ ގޮތުގެ މަތިން، އެ މައްސަލައިގައި ގޮތެއް ނިންމުމަށްފަހު. 

މަޖިލީހުގެ މެޖޯރިޓީ ލީޑަރ މުހައްމަދު އަސްލަމް 

މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވައިނުލެވި ދެ ހަފުތާ އަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އެކަން ނުކުރެވި ލަސްވަނީ މަޖިލިސް ތަމްސީލު ކުރާ ޕާޓީތަކުން އެއްބަސް ނުވެވިގެން ކަމަށް ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.