Advertisement

ހިޔާ ފްލެޓުތަކާއި ދިމާ ކަނޑުމަތިން މަރުވެފައި އޮއްވާ ފެނުނީ ޗައިނާ މީހެއްގެ ހަށިގަނޑު: ފުލުހުން

08 Jun 2023 | 21:40
ހުޅުމާލެ ހިޔާ ފްލެޓުތައް/ ފޮޓޯ: ގާފު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ޓަވަރުތަކާއި ދިމާ ކަނޑުމަތިން މަރުވެފައި އޮއްވާ ފެނުނީ ޗައިނާ މީހެއްގެ ހަށިގަނޑުކަމަށް ފުލުހުންގެ އިދާރާއިން ހާމަކޮށްފި އެވެ. 

ކަނޑުމަތީގައި މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވަނީ މި ހަފްތާގެ އަންގާރަ ދުވަހުގައެވެ.

އެ މައްސަލަ ތަހުގީގުކުރުމަށްފަހު ފުހުލުން ވަނީ އެ މީހާ ދެނެގަނެވިފައިވާކަން ހާމަކޮށްފަ އެވެ. 

Advertisement

އެމީހާ އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓަރމިނަލްގެ މަސައްކަތް ކުރަމުން އަންނަ ސައުދީގެ ބިންލާދިން ގްރޫޕުގައި މަސައްކަތްކުރާ މީހެއްކަމަށާއި، އެމީހާގެ އުމުރަކީ 34 އަހަރުކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. 

އެ ހަށިގަނޑު މީހާރު އޮތީ ގަލޮޅު މޯޗަރީގައެވެ.

އެ މައްސަލައަކީ ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ، އެމީހާގެ ހަށިގަނޑަށް ގެއްލުމެއް ލިބިފައިވާކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. 

Advertisement

ކޮމެންޓް