ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް
ހަބަރު
10 Jun 2023 | 13:30
ސޭޝެލްސްގެ ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގަންނަވާތީ ހުޅުލޭގެ ފަޅާއި މަގުތައް ބަންދުކުރަނީ

ސޭޝެލްސްގެ ރައީސް ވޭވަލް ރަމްކަލަވަން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ލިންޑާ ރަމްކަލަވަން މި މަހުގެ 11 އިން 14 އަށް ރާއްޖެއަށް ކުރައްވާ ދަތުރުފުޅަށް ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓް (ވީއައިއޭ) ހިންގަމުންދާ ހުޅުލޭގެ ފަޅާއި ބައެއް މަގުތައް ބަންދު ކުރާނެކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނެފިއެވެ.

އެގޮތުން ސޭޝެލްސްގެ ރައީސް އާއި އެމަނިކުފާނުގެ އަނބިކަނބަލުން މާދަމާ ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު މާދަމަ މެންދުރު 14:00 ކުން ހަވީރު 16:00 ގެ ނިޔަލަށް ހުޅުލެ ފަޅާއި މަގުތައް ބަންދު ވާނެ ކަމަށް އެމްއޭސީއެލް އިން ކުރި ޓްވީޓެއްގައި ވަނީ ބުނެފައެވެ.

މިއާއިއެކު މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ސޭޝެލްސްއަށް ވަޑައިގަތުމަށް ހަމަ ޖެހިފައިވާ ދުވަސް، 14 ޖޫން ގައި، ހަވީރު 17:00 އިން އިރުއޮއްސި 18:00 ގެ ނިޔަލަށް އެ މަގުތަކާއި ފަޅު ބަންދު ވާނެ ކަމަށް އެމްއެސީއެލްއިން ވަނީ ބުނެފައެވެ.

މި ގަޑިތަކުގައި ބަންދު ކޮށްފައިވާ މަގުގެ ސަރަހައްދުގައި ހިމެނޭނީ އިންޓަނޭޝަނަލް ޓާމިނަލްގެ އުތުރު ކަނުން ފެށިގެން ޑޮމެސްޓިކް ޓާމިނަލްގެ ކަނާއި ހަމައަށް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އަދި ފަޅު ސަރަހައްދުގައި ކަނޑު އުޅަނދުފަހަރުތަކަށް ހަމައެކަނި ވަދެވޭނީ ފަޅުގެ އެންމެ ދެކުނު ސަރަހައްދަށް (C) އަށް ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

މި ދެ ދުވަހުގެ މި ގަޑިތަކުގައި ޑޮމެސްޓިކް އެއާލައިންތަކުން ފުރާ ފަސިންޖަރުން މި ގަޑިތަކުގެ ކުރިން ޗެކިން މަރުހަލާ ނިންމުމަށް ސަމާލު ކަން ދިނުމަށް އެމްއޭސީއެލް އިން ވަނީ އެދިފައެވެ.

މިއާއިއެކު މި ގަޑިތަކުގައި އެމްޓީސީސީގެ ބަސް މަޑު ކުރާނީ ވެސްޓް ޕާކް އޭރިއާ (A) އަދި އެމްއޭސީއެލް ފެރީވެސް މަޑުކުރާނީ ވެސްޓް ޕާކާއި ކައިރީގައި އޮތް ހާބަރ ސަރަހައްދު (B) އަށް ކަމުގައި އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން އެމްއޭސީއެލް ވަނީ މި ގަޑުތަކުގައި މަގުތައް ބޭނުން ކުރާ ރައްޔިތުންނާއި އުޅަނދުތައް ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކުގެ އިރުޝާދުތަކާއި އެއްގޮތަށް އަމަލު ކުރައްވަން ޖެހޭނެ ކަމަށް ބުނެފައެވެ.

މިކަމުގެ ސަަބަބުން ދިމާވެދާނެ ދަތިތަކަށް އެމްއޭސީއެލް އިން ވަނީ މާފަށް އެދިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.
25 Aug 2026
ރަސްމާލެއިން ހިއްކި ބިން ގަމަށް ވުރެ ބޮޑުވެއްޖެ
ރަސްމާލެ ބިން ހިއްކުމުގެ 62 އިންސައްތަ ނިމި، ޖުމްލަ 1,150 ހެކްޓަރުގެ ތެރެއިން 609 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކައި ގަމަށް ވުރެ ބޮޑުވެފައިވާ ކަމަށް ހައުސިން ވުޒާރާއިން ހާމަކޮށްފިއެވެ.
24 Aug 2026
ބައްސާމް ވަގުތީގޮތުން ގެއަށް ބަދަލުކޮށްފި
ބައްސާމް ގެއަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން މެޑިކަލް ބޯޑުގެ ލަފާގެ މަތިން ވަގުތީ ގޮތުންނެވެ.