ޤާސިމް އިބްރާހިމް އާއި ރައީސް މުހައްމަދު ނަޝީދު
ހަބަރު
10 Jun 2023 | 14:39
ޖޭޕީގެ ރިޔާސީ ޓިކެޓް ހަވާލު ކުރުމާއިއެކު ޤާސިމަށް، ރައީސް ނަޝީދުގެ މަރުހަބާ!

ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް އެޕާޓީގެ ލީޑަރު އަދި ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހިމް އާއި ރޭ ހަވާލުކުރުމާއިއެކު ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ދަންނަވާފިއެވެ.

ނަޝީދު ޤާސިމަށް މަރުހަބާ ދަންނަވާފައިވަނީ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ.

މި ޓްވީޓުގައި އެމަނިކުފާނު އިތުރަށް ފާހަގަކުރެއްވީ މިނިވަން އިންސާފްވެރި އިންތިޚާބް އަކަށް މަގުފަހި ކުރުމަކީ އެންމެންގެވެސް ވާޖިބެއް ކަމަށެވެ.

ރޭ ކަނިވާ ސަރަހައްދުގައި ބޭއްވުނު ހާއްސަ ހަފްލާއެއްގައި ޤާސިމަށް ވަނީ އެ ޕާޓީގެ ރިޔާސީ ޓިކެޓް ހަވާލުކޮށްފައެވެ. 

އެގޮތުން ޤާސިމަށް ރިޔާސީ ޓިކެޓު ހަވާލުކޮށްފައިވަނީ ޒުވާނުންނާއި، ދޮށީ އުމުރުގެ މީހުންނާއި އަންހެނުންނާއި އެކި އުމުރުފުރާގެ މީހުން ތަމްސީލުވާނެ ހެން އެއްބައެއްގެ އަތުން އަނެއް ބައެއްގެ އަތްމަތިން ޕާޓީގެ ސެކެޓްރީ ޖެނެރަލް އަލީ އާރިފްގެ އަތްޕުޅަށް އަރުވައިގެންނެވެ. 

ޤާސިމާއި ރިޔާސީ ޓިކެޓު ހަވާލުކުރެއްވީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އާރިފެވެ. 

އެއާއެކު ޤާސިމް ވަނީ ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖައްސާދިނުމަށް ރިޔާސީ އިންތިޚާބުގައި ޖޭޕީ ތަމްސީލުކުރެއްވުމަށް ޕާޓީން އެރުވި ރިޔާސީ ޓިކެޓު ޤަބޫލުފުޅު ކުރައްވާފަ އެވެ. އަދި އެ މަސައްކަތް ކުރުމަށް އޭނާ ތައްޔާރަށް ހުންނެވިކަމަށް ޓިކެޓު ޤަބޫލުފުޅު ކުރައްވަމުން ޤާސިމް ވިދާޅުވި އެވެ. 

ޤާސިމަށް ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ. 

މި ޖަލްސާގައި، ރިޔާސީ އިންތިޚާބުގައި ޖޭޕީން ގެންގުޅޭނެ ސްލޯގަންއާއި ރަސްމީ ލަވަ ވެސް ވަނީ ލޯންޗުކޮށްފަ އެވެ. އަދި މި ޖަލްސާގައި ޤާސިމްގެ ގައުމީ ޚިދުމަތާއި ގުޅޭ ޕްރޮފައިލް ރިޕޯޓެއް ވެސް ވަނީ ހުށައަޅާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ