މެޖޯރިޓީ ލީޑަރ މުހައްމަދު އަސްލަމް-- ފޮޓޯ/ މިހާރު
ހަބަރު
11 Jun 2023 | 10:24
"ކޮމިޓީ އެކުލަވާލަން މަޑުޖައްސާލަން ނުބުނަން؛ އެކަމުގައި ބަސްބުނުމުގެ ފުރުސަތު އަޅުގަނޑަށް ނުދޭ"

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުން މަޑުޖައްސާލަން އަމީން އާންމު ފާތިމަތު ނިއުޝާގެ އަރިހުން އެދި ނުލައްވާކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ކޮމިޓީތައް އެކުލަވާލާފައި ނުވާތީ މަޖިލީހުގެ ނައިބު ރައީސް، އީވާ އަބްދުالله ވަކި ކުރަން ހުށަހެޅި މައްސަލަ ގަވައިދުގެ މަތިން މަޑު ޖައްސާލާފައިވާކަމަށް ނިއުޝާ ވަނީ މެމްބަރުންނަށް އަންގާފައެވެ. އެއާއި އެކީ، ކޮމިޓީތައް ބޭއްވުމަށާއި އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގެ އެހެން މަސައްކަތެއް ނުކުރެވޭނެ ކަމަށް ވިދާޅުވެ، އަސްލަމް ވަނީ ނިއުޝާއަށް ސިޓީއެއް ފޮނުވާފައެވެ.

އެ ސިޓީގެ ޖަވާބުގައި ނިއުޝާ ވިދާޅުވީ، މަޖިލީހުގައި ސިޔާސީ ޕާޓީތަކަށް މެންބަރުން ބެހިފައިވާ ގޮތަށް އައި ބަދަލާ އެކު، ކޮމިޓީތައް އަލުން އެކުލަވާލުމަށް ވޯޓަށް އެހުން މިިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ޖަލްސާގެ ވޯޓު ގަޑީގައި އޮންނާނެކަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ދުވަހު އިއުލާން ކުރެއްވި ކަމަށާއި ނަމަވެސް އެކަން މަޑުޖައްސާލީ އަސްލަމްގެ އެެދިވަޑައިގަތުމަށް ކަމަށް ނިއުޝާ ވިދާޅުވިއެވެ.

ނިއުޝާގެ އެ ސިޓީގެ ޖަވާބުގައި އަސްލަމް ފޮނުއްވި ސިޓީގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް މެންބަރުން އައްޔަނުކުރުމުގައި ސިޔާސީ ޕާޓީތަކުގެ މެޖޯރިޓީ ލީޑަރުންނާއި މައިނޯރިޓީ ލީޑަރުންގެ މަޝްވަރާ ހޯދަންވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް އެފަދައިން މަޖިލީހުން ކަން ކުރައްވާފައި ނުވާ ކަމަށާ، މެޖޯރިޓީ ލީޑަރުގެ ހައިސިއްޔަތުން އެކަމުގައި ބަސްބުނުމުގެ ފުރުޞަތު އޭނާއަށް ނުދެއްވައި، އެމްޑީޕީގެ %64 މެޖޯރިޓީ މަޖިލީހުގައި އޮވެމެ، މަޖިލީހުގެ ކޮމިޓީތަކުގެ މެޖޯރިޓީ އެޕާޓީއަށް ގެއްލޭގޮތަށް ކޮމިޓީތައް ތަރުތީބުކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް މަޖިލީހުގެ އިދާރާގައި އެދިލެއްވި ކަމަށް އަސްލަމް ވިދާޅުވި އެވެ.

"އަޅުގަނޑުގެ އެނިންމުމަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަމުގައި ދަންނަވަމެވެ. އެހެން ނަމަވެސް، އެއީ މަޖިލީހުގެ ކޮމިޓީތައް ހުއްޓުވާލަން ބޭނުންކުރައްވާ އުޒުރުކަމަށް މަތީގައި ޙަވާލާދީފައިވާ ސިޓީގައި ވިދާޅުވެފައިވާތީ ހިތާމަކުރަމެވެ."

މީގެ އިތުރުން އަސްލަމް ވިދާޅުވީ، މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮޓީތައް އަބަދުވެސް ދެމި އޮންނާނެކަން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 106 ވަނަ މާއްދާގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނިސްބަތްވާ ސިޔާސީ ޕާޓީއަށް އެކިފަހަރުމަތިން އައި ބަދަލުތަކާގުޅިގެން މީގެ ކުރިން މަޖިލީހުގެ އިދާރާއިން މަޖިލީހުގެ ކޮމިޓީތައް އެއްވެސް ފަހަރަކު ހުއްޓުވާލާފައިނުވާކަން ފާހަގަކުރަމެވ.ެ އަދި އެއިރުއައި ބަދަލުތައް ހަމަޖެއްސުމުގެ މަރުހަލާ ހިނގަމުން ދިޔައިރު, މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ދިޔަކަންވެސް ފާހަގަކުރަމެވެ." އަސްލަމްގެ ސިޓީގައި ވެއެވެ. 

އެހެންކަމުން، އާއްމުކޮމިޓީގެ މަސައްކަތްތައް އެކޮމިޓީގައި މިވަގުތު ތިއްބެވި މެމްބަރުންނާއެކު ކުރިއަށް ގެންގޮސް، އެ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި ރައްޔިތުންގެ މަޖިލީހަށް ހުށައެޅިފައިވާ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބުދުالله ޝާހިދު ގެ އިތުބާރު ނެތް ކަމުގެ މައްސަލަޔާއި ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބުދުالله ގެ އިތުބާރު ނެތްކަމުގެ ގަރާރަށް ބަހުސްކުރާނެ ވަގުތު ކަނޑައަޅައި ދެއްވުމަށް އަސްލަމްވަނީ އެދިލައްވާފައެވެ. 

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ނ) ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ގަރާރެއް މަޖިލީހަށް ލިބުމުން އެގަރާރުގެ ލިޔުންލިބޭތާ މަދުވެގެން 3 ދުވަހުގެ ތެރޭގައ،ި އެގަރާރުގެ ނޯޓިސް އަމީން ޢާންމު މެމްބަރުންނަށާއި މަޖިލީހުގެ ރައީސަށް ނުވަތަ ނައިބު ރައީސަށް ދިނުމަށްފަހ،ު އެނޯޓިހުގެ ތާރީހުން ފެށިގެން 14 ދުވަހުގެ މުއްދަތު ދިނުމަށްފަހު އެއްމެ އަވަހަށް އަންނަ ރަސްމީ ބަންދުނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެގަރާރު ހުށައަޅަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. 

އެހެންކަމުން، 12 ޖޫން 2023 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކުރުން ގަވާއިދު ލާޒިމުކުރާކަމުގައި ވެސް އަސްލަމް ވިދާޅުވި އެވެ.

"އަދ،ި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި އެމައްސަލަ އެޖެންޑާކުރުން އިސްތިސްނާކުރެވޭ އެއްވެސް ހާލަތެއް ބަޔާކޮށްފައިނުވާތ،ީ ގަވާއިދުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްދެއްވުމަށް ދަންނަވަމެވެ." އަސްލަމް ވިދާޅުވި އެވެ..

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.