އެއިމް ކޮންސްޓްރަކްޝަންގެ މުވައްޒަފުން އިހްތިޖާޖު ކުރަނީ
ހަބަރު
11 Jun 2023 | 16:26
އެޑިއުކޭޝަންއިން ފައިސާ ނުދީ 3 މަސް، އިންޑިއާ މުވައްޒަފުން ކައުންސިލް އިދާރާއަށް އިހުތިޖާޖަށް

އެޑިއުކޭޝަން މިނިސްޓްރީއިން ހދ. މަކުނުދޫގައި އެޅުމަށް މަސައްކަތް ކުރާ މަލްޓިޕާޕޯސް ހޯލް އިމާރާތް ކުރާ އިންޑިއާ މުވައްޒަފުންނަށް މުސާރަ ނުލިބި 3 މަސް ވުމާއިއެކު އެ ރަށުގެ ކައުންސިލް އިދާރާއަށް ގޮސް އިހުތިޖާޖު ކުރަން ފަށައިފިއެވެ.

ހދ. މަކުނުދޫ ސްކޫލްގެ މަލްޓިޕާޕޮސް ހޯލް އިމާރާތް ކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަންއިން ހަވާލުކޮށްފައިވަނީ އެއިމް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއެވެ.

އެގޮތުން އެކުންފުންޏާއި މިނިސްޓްރީއިން މަސައްކަތް ހަވާލުކުރުމުގެ އެގްރީމެންޓްގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ 20 އެޕްރީލް ގައެވެ. އަދި މަސައްކަތްކުރާ ފަރާތަށް ހޯލް އިމާރަތް ކުރާނެ ބިން ހަވާލު ކޮށްފައިވަނީ މިދިޔަ އަހަރުގެ 29 މޭ ގައެވެ.

މި މަސައްކަތް ހަވާލު ކުރެވުނީ 12،008،846.18 ރުފިޔާ އަށް 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އެހެންނަމަވެސް މަކުނުދޫގެ ނަން ހާމަ ކުރަން ބޭނުންނުވާ ރައްޔިތަކު "ވޮއިސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ ހޯލްގެ މަސައްކަތުގެ ނިންމުމަށް ހަވާލު ކޮށްފައިވާ މުއްދަތު ހަމަ ވެފައިވީ އިރުވެސް މަސައްކަތް ނުނިމޭ ކަމަށާއި އެ މަސައްކަތުގައި އުޅޭ މުވައްޒަފުންނަށް މިނިސްޓްރީއިން މުސާރަ ނުދޭ ކަމަށެވެ.

އެގޮތުން ރައްޔިތު މީހާ ވިދާޅުވީ އިންޑިއާއަށް ނިސްބަތްވާ މުޒާހަރާވެރިންގެ ޝަކުވާއަކީ އެމީހުންނަށް ފައިސާ ނުދިނުން ކަމަށާއި 3 މަސް ދުވަސް ވީއިރުވެސް އެ މުވައްޒަފުންނަށް ފައިސާ ދީފައިނުވާ ކަމަށެވެ.

އަދި މިކަމާއި ގުޅިގެން އެއިމް ކޮންސްޓްރަކްޝަން އިން ބުނެފައިވަނީ އެ ކުންފުންޏަށް އެޑިޔުކޭޝަން މިނިސްޓްރީއިން ފައިސާ ނުދޭ ކަމަށް ކަމުގައި އެމީހާ ވިދާޅުވިއެވެ.

"ދެން ކޮންޕެނީއިން ބުނަނީ މިނިސްޓްރީއަކުން ތިމަންނަ މެނަކަށް ފައިސާއެއް ނުދޭ. މިނިސްޓްރީއިން ފައިސާ ދީގެނެއްނޫންހޭ މުވައްޒަފުންނަށް ފައިސާ ދެވޭނީ." ރައްޔިތު މީހާ ކިޔާ ދެއްވިއެވެ.

މަކުނުދޫގައި އިމާރާތް ކުރާ މަލްޓި ޕާޕޮސް ހޯލްގެ މިހާރުގެ ހާލަތު

އެއިމް ކޮންސްޓްރަކޝަންގެ މުވައްޒަފުން ކަންބޮޑުވުން ފާޅުކުރަނިކޮށް 'ވޮއިސް' އަށް ލިބިފައިވާ ވީޑިއޯއެއްގައި މުވައްޒަފަކު ވާހަކަދައްކަމުން ބުނެފައިވަނީ މުސާރަ ނުލިބުމުގެ ސަބަބުން އެމީހުންނަށް ވެސް އަދި އެމީހުންގެ އާއިލާތަކަށް ވެސް ކާން ނުދެވޭ ކަމަށެވެ. އަދި މުސާރަ ދިނުމަށް ސުޕަވައިޒާ ކައިރި ބުނުމުން މާލެ ދާން ބުނާ ކަމަށެވެ.

އެހެންނަމަވެސް ވަޒީފާ ދޫކޮށްލާފައި މާލެ ދާނީ ކިހިނެއްތޯ އެ މުވައްޒަފު ވަނީ ސުވާލު އުފައްދާފައެވެ.

މީގެ އިތުރުންވެސް ވާހަކަ ދެއްކި މުވައްޒަފަކު ބުނެފައިވަނީ އެމީހާ ރާއްޖެ އައިސް ފައިވަނީ 1 ލައްކަ އަށް ވުރެ ގިނަ ފައިސާ ހަރަދު ކޮށްގެން ކަމަށެވެ.

އެހެންކަމުން ވަޒީފާ ދޫކޮށްލާފައި ދިޔުމުން މުސާރަވެސް އަދި އަތުން ދިޔަ ފައިސާ ވެސް ނުލިބޭނެ ކަަމަށް އެ މުވައްޒަފު މީހާ ވީޑިއޯގައި ބުނެފައިވެއެވެ.

މަކުނުދޫއިން ވާހަކަދެއްކި ރައްޔިތު މީހާ އިތުރަށް ވާހަކަ ދައްކަވަމުން އެރަށު ސްކޫލްގެ މަލްޓިޕާޕޮސް ހޯލްގެ މަޝްރޫއު ދިގު ލައިގެން ގޮސް ދީފައިވާ ތާރީހަށް ނުނިންމުމުގެ ސަބަބުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

އެގޮތުން މި މަސައްކަތަކީ މިދިޔަ މަހު 26 އަށް ނިންމަން ދީފައިވާ މަޝަރޫއެއް ކަމަށާއި މި މުއްދަތު ހަމަވެ، މަސައްކަތް ފަށައިގެން އުޅޭތާ އެތައް ދުވަހެއް ވެފައިވީ ނަމަވެސް މިއަދާ ހަމައަށް ވެސް އަދި އެޅިފައިވަނީ އެ ތަނުގެ ފައުންޑޭޝަން އެކަނި ކަމަށް އޭނާ މައުލޫމާތު ދެއްވިއެވެ.

މި ސައިޓްގެ ފޮޓޯތަކެއް 'ވޮއިސް' އަށް ލިބިފައިވާއިރު މި ފޮޓޯ ތަކުން ފެންނަ ގަޮތުގައިވެސް ހޯލްގެ ހުރީ ހަމައެކަނީ ފައުންޑޭޝަން އެޅުމަށްޓަކައި ޖެހި ތަނބު ތަކެވެ.

މުވައްޒަފުންނަށް މުސާރަ ނުދީގެން ނުވަތަ އިހާނެތިކޮށް ހިތުމުގެ ސަބަބުން އިހްތިޖާޖު ކުރުން އަންނަނީ ރާއްޖޭގައި އިތުރު ވަމުންނެވެ. މީގެ ތެރޭގައި ބިދޭސީ މުވައްޒަފުންނާއި ދޭތެރޭ އިހާނެތިކޮށް ކަންކަން ކުރުމުގެ ސަބަބުން ކުރާ އިހުތިޖާޖުތައް މިހާރު ގިނަ ވަމުން އަންނަ ކަން ފާހަގަކުރެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވި ސެންޓަރެކެވެ.
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.