މިނިސްޓަރު ނަހުލާ މަޖިލީހުގައި-- ފޮޓޯ/ މަޖިލިސް
ހަބަރު
12 Jun 2023 | 10:10
ނަހުލާ މަޖިލީހަށް ހާޒިރު ކުރެއްވުމުން މެންބަރު ސުވާލެއް ނުކުރެއްވި؛ ޖެހުނީ އެނބުރިވަޑައިގަންވަން!

ކާޑެއްދޫ އެއާޕޯޓުގެ ތަރައްގީ ޕްލޭނާއި އަމަލީ މަސައްކަތް ފެށޭނެ ތާރީހެއް ސާފު ކުރުމަށް ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިއަދުގެ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުމުގެ ފުރުސަތު ދެއްވުމުން މެންބަރު ސުވާލު ނުކުރައްވާތީ، އެނބުރި ވަޑައިގަންނަވަން ޖެހިއްޖެއެވެ. 

ކާޑެއްދޫ އެއާޕޯޓް ހިންގަނީ ނަހުލާގެ ފިރިކަލުން ގާސިމް އިބްރާހިމްގެ ވިލާ ކުންފުނިންނެވެ. ކާޑެއްދޫ އެއާޕޯޓް، ވިލާއާ ހަވާލުކުރީ ރައީސް ޔާމީންގެ ވެރިކަމުގައި 2013 ވަނަ އަހަރު އެވެ. ވިލާއަށް އެއާޕޯޓް ހަވާލުކުރީ 50 އަހަރުގެ މުއްދަތަކަށެވެ.

ނަމަވެސް 2017 ވަނަ އަހަރު އެއްބަސްވުން ބާތިލުކޮށް ވިލާ އަތުން އެއާޕޯޓް ވަނީ އަތުލާފައެވެ. އެއަށްފަހު އަނެއްކާ އަލުން ވިލާއަށް އެއާޕޯޓް ދީފައިވަނީ މިދިޔަ އަހަރު ތެރޭގައެވެ. 

އެ އެއާޕޯޓް ގެ ތަރައްގީގެ ޕްލޭން އާއި ގުޅޭގޮތުން މިނިސްޓަރ ނަހުލާ އާއި ސުވާލު ކުރުމަށް ހުށަަހެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ އެވެ. 

މުޣުނީގެ އެ އެދިލެއްވުމަށް މިނިސްޓަރ ނަހުލާ މިއަދު މަޖިލީހަށް ހާޒިރުކުރައްވާފައިވާއިރު، ސުވާލު ކުރެއްވުމުގެ ފުރުސަތު ދެއްވުމުގެ ކުރިން މުޣުނީ ވަނީ ނިޒާމީ ނުކުތާ ނަންގަވައި، ރިޔާސަތުގައި ވިލިފުށި ދާއިރާގެ މެންބަރު ހަސަން އަފީފު އިންނެވީ ކޮން ހައިސިއްޔަތަކުންތޯ ސުވާލު ކުރައްވާފައެވެ. 

"ރައީސް އާއި ނާއިބު ރައީސް ނެތުމުން، ވިލިފުށި ދާއިރާގެ މެންބަރު އަފީފަށް ރިޔާސަތު ދެއްވީ ކޮން ގޮތަކުން ވިސްނާފައިތޯ، ކޮން ގޮތަކަށް ބެލުމަށް ފަހުގައިތޯ. އަޅުގަނޑަށް ފެށިގެން ދިޔަ 19 ވަނަ މަޖިލިސް ފެށިގެން ދިޔަ ވަގުތު، އަފީފު ހަމަ، މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނަވާފައި، އެހެން އިއްޒަތްތެރި މެމްބަރަކަށް ރިޔާސަތު ހަވާލު ކުރެވިގެން ދިޔަތަން. ކޮން ގޮތަކަށް ބެލުމަށް ފަހުގައިތޯ މިއަދު ތި ރިޔާސަތު އަފީފު އާއި ހަވާލުކުރެވުނީ؟

ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ

ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ

ޖަވާބުގައި އަފީފު ވަނީ މަޖިލީހުގެ ފުރަތަަމަ ޖަލްސާއާއި މިހާރު ކަންކަން އޮންނަ ގޮތާއި ތަފާތު ވާނެ ކަމަށް ވިދާޅުވެ، އެކަންކަން ގަވާއިދުން ބެއްލެވުމަށް މެންބަރު މުޣުނީގެ އަރިހުން އެދިލައްވާފައެވެ. 

އެއަށްފަހުވެސް، އެމްޑީޕީގެ މެންބަރުން ނިޒާމީ ނުކުތާ ނަންގަވައި އެ ސުވާލު ތަކުރާރު ކުރައްވައި އަޑުގަދަ ކުރައްވާފައި އެވެ. 

އެ މެންބަރުންނަށް ރައްދު ދެއްވައި އަފީފު ވަނީ، ރައީސް ނުވަތަ ނައިބު ރައީސް ނެތް ހާލަތެއްގައި ރިޔާސަތު ބަލަހައްޓަވާނެ ބޭފުޅެއް ކަނޑައަޅުއްވާނީ މަޖިލީހުގެ ރައީސް ކަމަށެވެ. 

އަދި އިތުރަށް ނިޒާމީ ނުކުތާ ނެންގެވުމަށް ފުރުސަތު ނުދެއްވައި މިނިސްޓަރު ނަހުލާ އާއި ސުވާލު ކުރެއްވުމަށް މެންބަރު މުޣުނީގެ އަރިހުން އެދިލެއްވިއެވެ. 

އެހެންނަމަވެސް، މުޢުނީ ވަނީ މަޖިލީހުގެ ރިކޯޑަށްޓަކައި ނަމަވެސް އޭނާ ކުރެއްވި ސުވާލުގެ ޖަވާބު ދެއްވުމަށް އެދިލައްވާފައެވެ. އަދި ސުވާލު ކުރެއްވޭނީ އޭގެ ފަހުން ކަމަށް ވިދާޅުވެފައެވެ. އަދި ތަކުރާރުކޮށް ފުރުސަތު ދެއްވުމުންވެސް ވިދާޅުވަމުންދިޔައީ އެފަދައިންނެވެ. 

"އިއްޒަތްތެރި މެންބަރު ސުވާލާއިގެން ކުރިއަށްދާން ބޭނުން ނުވާނަމަ، އަޅުގަނޑު ޖެހޭނީ އިއްޒަތްތެރި މިނިސްޓަރަށް ދަންނަވަން، މިވަގުތު ވަޑައިގަންނަވަން. އެހެން ދުވަހަކު އިއްޒަތްތެރި މިނިސްޓަރަށް ދަންނަވާނަން ވަޑައިގަންނަވަން. އެހެންވީމާ، މިވަގުތު އިއްޒަތްތެރި މިނިސްޓަރު ވަޑައިގެންނެވުން އެދެން." މުޣުނީ ސުވާލު ނުކުރެއްވުމުން މިނިސްޓަރ ނަހުލާ އެނބުރިވަޑައިގެންނެވުން އެދިލައްވައި އަފީފު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.