މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް-- ފޮޓޯ/ ދެން
ހަބަރު
12 Jun 2023 | 14:54
މަޖިލިސް ހުއްޓުވާފައި ވަނީ ރައީސް ޞާލިހު އަންގަވައިގެން؛ އެކަން ކުރީ ދެ ސަބަބަކަށްޓަކައި: އާޒިމް

ރައްޔިތުންގެ މަޖިލިސް ހުއްޓުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އަންގަވައިގެން، ކަމަށާ، އެފަދައިން ކަން ކުރެއްވީ މައިގަނޑު ދެ ސަބަބެއް އޮވެގެން ކަމަށް މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރާއި ދެކޮޅު ޕާޓީތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް ހުއްޓާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އަންގަވައިގެން ކަމަށެވެ. އަދި އެމަނިކުފާނު އެފަދައިން އެންގެވީ މައިގަނޑު ދެ ސަބަބެއް އެކަމުގައި އޮވެގެން ކަމަށް އާޒިމް ވިދާޅުވި އެވެ. އެއީ؛

1) ސަރުކާރު ޖަވާބުދާރީ ކުރުމަށް ލިބޭ ފުރުސަތުތައް މަޖިލިސް ތެރެއިން ހުއްޓުވުން

2) އިންތިހާބު ތަކަށް، ސަރުކާރުން ނާޖާއިޒު ފައިދާ ނަގަމުންދާ ދިޔުމާއި ދެކޮޅަށް ވާހަކަދެއްކުން ހުއްޓުވަން

މިކަން ހަގީގަތުގައި ސަރުކާރުން ކުރަމުން މިދަނީ، ރައީސުލްޖުމްހޫރިއްޔާ އިސްވެ ހުންނަވައިގެން ކުރަމުން މިދަނީ ދެކަމެއް ހާސިލް ކުރަން. އޭގެ އެއްކަމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފެންނަނީ ސަރުކާރު ޖަވާބުދާރީ ކުރުމަށް ލިބޭ ފުރުސަތުތައް މަޖިލިސް ތެރެއިން ހުއްޓުވުން، ނުވަތަ އެވާހަކަ މަޖިލިސް ތެރެއިން އަޅުގަނޑުމެން ދެއްކިޔަ ނުދޭން، ސަރުކާރުގެ ކޮރަޕްޝަނުގެ ވާހަކަ ތަކުރާރުކޮށް ދައްކަމުން އެބަދަން. މިރާއްޖެ ދަރަނިވެރިވާ ވާހަކަ ދައްކަމުން އެބަދަން އިސްރާފު ބޮޑުވަމުންދާތީ. ދެވަނަ ކަމަކަށް، އިންތިހާބު ތަކަށް، ނާޖާއިޒު ފައިދާ ސަރުކާރުން އެބަ ނަގަމުންދޭ. މިހާރުވެސް، ރައީސުލްޖުމްހޫރިއްޔާ ދަތުރު ކުރަމުން އެބަ ގެންދަވާ. ހަގީގަތުގައި، ރަސްމީ ދަތުރޭ ވިދާޅުވި ނަމަވެސް، އެ ކުރައްވަމުން ގެންދަވަނީ ކެންޕެއިން ދަތުރު ތަކެއްގެ ގޮތުގައި، އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރަން. 

މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް 

މިއަދުގެ މަޖިލީހުގެ ޖަލްސާ އެމްޑީޕީ މެންބަރުން ހުއްޓުވީ މަޖިލީހުގެ ރިޔާސަތުގައި ވިލިފުށި ދާއިރާގެ މެންބަރު އިންނެވީ ގަވާއިދާއި ޚިލާފަށް ކަމަށް ބުނެ ކަމަށާ، އަދި ނައިބު ރައީސް އީވާ އަބްދުاللهގެ އިތުބާރު ނެތްކަމުގެ މައްސަލަ ނުބަލައި މަޖިލިސް ކުރިއަށް ނުގެންދެވޭނެކަމަށް ވިދާޅުވެ ކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ، ރިޔާސަތު ބަލަހައްޓަވާނެ ފަރާތެއް ކަނޑައަޅާނެ ގޮތް މަޖިލީހުގެ ގަވާއިދުގައިވާ ކަމަށާ، އަދި އެކަންކަން ކުރިއަށް ދަނީ ގަވާއިދާއި އެއްގޮތަށް ކަމަށް އިދިކޮޅު ޕާޓީ ތަކުން ދެކޭ ކަމަށެވެ.

އަދި އެފަދައިން ކަން ހުރިއިރު، އެމްޑީޕީން މަޖިލީސް ކުރިއަށް ގެންދިޔުމާއި ދެކޮޅު ހަދައި މަޖިލީސް ހުއްޓުވުމަކީ ނިހާޔަތަށް ކަންބޮޑުވާ ކަމެއް ކަމުގައި އާޒިމް ވިދާޅުވިއެވެ. 

އާޒިމް އިތުރަށް ވިދާޅުވީ މަޖިލީސް ހުއްޓުމަކަށް އައިސްފައިވާ އަނެއް ސަބަބަކީ ކޮމިޓީތައް އެކުލަވައި ނުލެވޭތީ ކަމަށެވެ. އެގޮތުން ވިދާޅުވީ، މަޖިލީހުގެ ކޮމިޓީތައް އުވިގެން ނުދާ ކަމަށާ، ނަމަވެސް ކޮމިޓީ ތަކުގައި މެންބަރުން ހިމެނޭ ނިސްބަތަށް އައި ބަދަލާއި އެކު ކޮމިޓީ ތަކުގައި ހިމެނޭ ޕާޓީތަކާއި އަމިއްލަ މެންބަރުންގެ ނިސްބަތާއި މެދު އެއްބަސް ނުވެވި، އަލުން ކޮމިޓީ އެކުލަވައި ނުލެވެނީ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް