އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު/ ފޮޓޯ: އިންޓަނެޓް
ހަބަރު
12 Jun 2023 | 18:32
ފުއްގިރި މައްސަލަ: ރައީސް ޔާމިނުގެ އިރުޝާދުކަމަށް ބުނެ އަދީބު ދެއްކި ވާހަކަ ޒިޔަތު ޔަގީނެއް ނުކުރޭ!

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅޭ މައްސަލައިގައި އެމްއެމްޕިއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުالله ޒިޔަތުގެ ހެކިބަސް ނަގައިފި އެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ކުރި ސުވާލުތަކަށް ޖަވާބުދެމުން ޒިޔަތު ބުނީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތު ހިންގާފައިވަނީ އޭރުގެ ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ އެންގެވުމާއި އެއްގޮތަށް ކަމަށެވެ.

އެގޮތުން ކްރިކް ރިޒާއާ ބައްދަލުކޮށް އޭނާގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް ފުއްގިރި ދިނުމުގެ ކަންކަން އަދީބުގެ އިރުޝާދާއި އެއްގޮތަށް ކުރިއަށް ގެންގޮސްފައިވާނެ ކަމަށް ޒިޔަތު ބުނެފައިވެއެވެ.

ފުއްގިރި ކުއްޔަށް ދޫކުރީ ބިޑަކާ ނުލާ ދުބާއީ ކުންފުންޏެއް ކަމަށްވާ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސް އަށެވެ. އެ ކުންފުންޏަށް ފުއްގިރި ދިނީ 1.55 މިލިއަން ޑޮލަރަށެވެ. ޒިޔަތު ބުނި ގޮތުގައި ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ބައިވެރިވީ ކްރިކް ރިޒާއެވެ.

އެ ރަށް 2.5 މިލިއަނަށް ކުއްޔަށް ދޫކުރުމަށް ހުށައެޅި ނަމަވެސް ކްރިކް ރިޒާގެ އެދުމަށް 4 ލައްކަ ޑޮލަރަށް ދޫކުރުމަށް ނިންމި ކަމަށާއި، އެފަހުން އަދީބު އަންގަވައިގެން ރަށް ދޫކުރީ 1.55 މިލިއަން ޑޮލަރަށްކަމަށް ޒިޔަތު ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ހެކިބަސް ދެމުން ދައުލަތުން ކުރި ސުވާލަށް ޖަވާބުދެމުން ޒިޔަތު ބުނީ ކްރިކް ރިޒާ އެދިގެން ފުއްގިރި އެއްބަސްވުމުގައި ސޮއިކުރުން ވެސް ފަސްކުރި ކަމަށެވެ. އަދި އަދީބާއި ހަވާލާދީ ޒިޔަތު ބުނީ އެއީ ރިޒާއަށް ލިބޭ ޕޭމަންޓެއް ލަސްވެގެން އަދި އެ ޕޭމަންޓްގެ ތެރޭގައި ޔާމީނަށް ލިބޭ ކޮމިޝަނެއް ވެސް ހިމެނޭތީ ކަމަށެވެ. އަދި އެ ޕޭމަންޓު އަވަސްކޮށްދިނުމަށް އެދި ރައީސް ޔާމީން މެސެޖެއް ވެސް ކުރެއްވިކަމަށް ޒިޔަތު ކޯޓުގައި ބުނެފައި ވެއެވެ.

މިއަދުގެ އަޑުއެހުމުގައި ދިފާއީ ވަކީލުންނަށް ސުވާލުކުރުމަށް ލިބުނު ފުރުސަތުގައި، ރައީސް ޔާމިން ވަނީ ފުރުސަތެއް ހޯއްދަވާ ޒިޔަތާއި ގިނަ ސުވާލުތަކެއް ކޮށްފަ އެވެ.

އެންމެ ފުރަތަމަ އެމަނިކުފާނު އެއްސެވީ އަދީބާއި ޒިޔަތާއި އޮތް ގާތްކަމާއި ގުޅޭ ސުވާލެކެވެ. އަދި ސިޔާސީ މައިދާނުގައި ޒިޔަތުގެ މެންޓޯ އަކީ ކޮބައިތޯ އެމަނިކުފާނު އެއްސެވި އެވެ.

އެ ސުވާލަށް ޖަވާބުދެމުން ޒިޔަތު ބުނީ އޭނާ އާއި އަދީބަކީ ސުކޫލު ދައުރުއްސުރެ ގާތް ދެ ރަހުމަތްތެރިން ކަމަށެވެ. އަދި އެ ރަހުމަތްތެރިކަމަށް 20 އަހަރު ވެފައިވާނެ ކަމަށެވެ. އޭގެ އިތުރުން ސިޔާސީ މައިދާނުގައި ޒިޔަތު މެންޓޯއެއްގެ ގޮތުގައި ވެސް ބަލަނީ އަދީބަށްކަމަށް އޭނާ ބުންޏެވެ.

ދެން ރައީސް ޔާމީން ވަނީ ރައީސް ޔާމިނު ވަކިގޮތަކަށް ކަމެއް ކުރައްވަން އަންގަވައިފިކަމަށް އަދީބު ޒިޔަތުގެ ގާތުގައި ބުނާ ވާހަކަތައް އޭނާ ޔަގީންކުރައްވަންތޯ، ނުވަތަ އަދީބު ވިދާޅުވާ ވާހަކަތަކުގެ ހަގީގަތް ބައްލަވަން އެއްވެސް ކަމެއް ކުރައްވަންތޯ އައްސަވާ ޒިޔަތާއި ސުވާލުކޮށްފަ އެވެ.

އެ ސުވާލުގެ ޖަވާބުގައި ޒިޔަތު ވިދާޅުވީ އަދީބު ރައީސް ޔާމިނާއި ހަވާލާދީ ދައްކާ ވާހަކަތައް އެއީ އެމަނިކުފާނު ވިދާޅުވެގެން ދައްކާ ވާހަކަތަކެއްތޯ ޔަގީންކުރުމަށް އެއްވެސް ކަމެއް ނުކުރާކަމަށެވެ. އަދީބު ރައީސް ޔާމިނާއި ހަވާލާދީ ދައްކާ ވާހަކަތައް އަބީދު ބުނީތީ ގަބޫލުކުރާކަމަށް ޒިޔަތު ބުންޏެވެ.

ރައީސް ޔާމިނު ވަނީ ފުއްގިރި މުއާމަލާތް އަވަސް ކުރުމަށް ޔާމީންގެ ފޯނުން ޒިޔަތަށް ކުރިކަމަށް އޭނާ ބުނާ މެސެޖާ ގުޅިގެން ވެސް ސުވާލު ކުރައްވާފަ އެވެ.

އެގޮތުން ޒިޔަތުގެ ފޯނުގައި ރައީސް ޔާމިނުގެ ނަން ހެޕް ނުވަތަ އިޒް އެކްސިލެންސީ ޕްރެސިޑެންޓްގެ ގޮތުގައި ސޭވްކޮށްފައި އިންނައިރު، ރައީސް ޔާމިނު ނޫން އެހެން މީހެއްގެ ނަންބަރުވެސް އެ ނަމުގައި ސޭވް ކުރެވިދާނެތޯ ރައީސް ޔާމިން އެއްސެވި އެވެ. އަދި ކޮމްޕިއުޓަރައިޒް މެސެޖެެއް އެ ނަމުގައި އައުން އެކަށީގެން ވެދާނެތޯ ވެސް އެއްސެވި އެވެ.

އޭގެ އިތުރުން ރައީސް ޔާމިނާއި ޒިޔަތާއި ދެމެދު ދެކެވިފައިވާ ވައިބާ ޗެތް ލޮގެއް ފުލުހުން ދައްކާފައިވާއިރު، އެއީ ރައީސް ޔާމިނުގެ ފޯނުން ނަގާފައިވާ ސްކްރީން ޝްޓެއްތޯ ވެސް ވަނީ އައްސަވާފަ އެވެ.

އެ ސުވާލުތަކާއި ގުޅިގެން ޒިޔަތު ބުނީ ރައީސް ޔާމިން އެ އިޝާރާތް ކުރިގޮތަށް ސްކޭމް މެސެޖެއް ނުވަތަ ކޮމްޕިއުޓަރައިޒް މެސެޖެއް ފޮނުވުމަކީ އެކަށީގެންވާ ކަމެއްކަމަށް ޒިޔަތު ބުންޏެވެ.

ރައީސް ޔާމިން ވިދާޅުވީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތައް ކުށްޔަށް ދޫކުރުމުގެ މުއާމަލާތްތަކުގެ ތެރެއިން ދައުލަތަށް ވަންނަ ފައިސާގައި ޒިޔަތު ސޮއިކުރައްވާ އެސްއޯއެފް ކިޔާ ކުންފުންޏަކަށް ޖަމާކުރަމުންދާ ކަމަށެވެ.

އެ ކުންފުންޏަކީ ރައީސް ޔާމިނާއި އެއްވެސް ގުޅުމެއް އޮންނަ ކުންފުންޏެއް ތޯ އެމަނިކުފާނު ސުވާލުކުރެއްވި އެވެ. އެމަނިކުފާނު އެފަދައިން ސުވާލުކުރައްވާފައިވަނީ ފުއްގިރި އެއްބަސްވުމުގައި ސޮއިކުރުން ލަސްވީ އެގްރީމަންޓުގެ ބޭރުން އަންނަ ޕޭމަންޓެއް ލަސްވެގެން ކަމަށާއި، އެއީ ރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ރައީސް ޔާމީނަށް އަންނަ ޕޭމަންޓެއްކަމަށް މިއަދުގެ އަޑުއެހުމުގައި ޒިޔަތު ބުނެފައިވާތީ އެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ޒިޔަތު ބުނީ އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ ފައިސާ ޖަމާކުރަމުން ދިޔަ އެސްއޯއެފް ކުންފުންޏަކީ ރައީސް ޔާމިނާއި ގުޅުމެއް އޮންނަ ކުންފުންޏެއް ނޫން ކަމަށެވެ. އަދި އެ ކުންފުންޏަށް ފައިސާ ޖަމާކުރުމަށް ޒިޔަތު ޗެކުގައި ސޮއިކުރީ އަދީބުގެ އެންގުމަށް ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމިނުގެ ފަރާތްޕުޅުން ކުރި ގިނަ ސުވާލުތަކަށް ޒިޔަތަށް ޖަވާބުދެވިފައެއް ނުވެއެވެ. އަދި މައްސަލައިގެ މުހިންމު ކަންކަން ޒިޔަތު ހަނދާން ނެތްކަމަށް ވަނީ ބުނެފައެވެ.

އެހެން ނަމަވެސް މި މައްސަލައަށް ނުފޫޒު ފޯރުވުމަށް ރައީސް ޔާމީން ވަކިގޮތަކަށް އިރުޝާދު ދެއްވަމުން ގޮސްފައިވާކަން ޒިޔަތުގެ ހެކިބަހުން ކަށަވަރުކޮށްދެވިފައެއް ނުވެއެވެ.

ފުއްގިރި މައްސަލައިގައި ރައީސް ޔާމިނުގެ މައްޗަށް އުފުލާ ދައުވާތައް ސާބިތުކޮށްދިނުމަށް އަދީބާއި ޒިޔަތުގެ ހެކިބަސް ނޫން އެހެން އެއްވެސް ކާފީ ހެއްކެއް ނެތްކަމަށް ދައުލަތުން ވެސް ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ