ައަދާލަތަށް ގޮނޑިތައް ދިނުމާއި މެދު ގޮތެއް ނިންމާނީ ކެނޑިޑޭޓުން: އެމްޑީޕީ

10 Feb 2019 | 19:00

އެމްޑީޕީއާއި އަދާލަތު ޕާޓީއާއި ދެމެދު ކުރެވިފައިވާ މަޝްވަރާތަކުގެ ދަށުން ގޮނޑިތައް ދޫކުރުމާއި މެދު ގޮތެއް ނިންމާނީ ކެނޑިޑޭޓުން އަމިއްލައަށްކަމަށް އެމްޑީޕީން ބުނެފިއެވެ.

މަޖިލިސް އިންތިޚާބުގެ ތައްޔާރީތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މަޖިލިސް ކެމްޕެއިންގެ ސްޕޯކްސްޕާސަން އަފްޝަން ލަތީފް ވިދާޅުވީ ކެނޑިޑޭޓުންގެ ކެމްޕެއިން ޓީމާއި އެ ދާއިރާއެއްގެ ރައްޔިތުންނާ މަޝްވަރާކޮށް ކޮންމެ ގޮތެއް ނިންމިކަމުގައިވިޔަސް ޕާޓީން އެކަމަށް އިހްތިރާމް ކުރާނެ ކަމަށެވެ.

އަފްޝަން ވިދާޅުވީ ގިނަ ކަންތައްތަކުގައި އަދާލަތާއި އެމްޑީޕީގެ ޚިޔާލުތައް ވަރަށް ގިނަ ކަންކަމުގައި އެއްގޮތް ކަމަށެވެ. އެގޮތުން އިޖުތިމާއީ އަދުލު ގާއިމުކުރުންފަދަ ސިޔާސަތްތަކުގައި ދެޕާޓީގެ ޚިޔާލު ވަރަށް ބޮޑަށް އެއްގޮތްކަމަށް އަފްޝަން ފާހަގަކުރެއްވިއެވެ.

"އެހެންކަމުން ކުރިއަށް އޮތްތަނުގައިވެސް އުއްމީދަކީ އަދާލަތު ޕާޓީއާއެކު މަސައްކަތްކޮށް މަޖިލީހުގައި އެމްޑީޕީގެ އަޣުލަބިއްޔަތެއް ހޯދުން،" އަފްޝަން ވިދާޅުވިއެވެ.

Advertisement

ކޮމެންޓް