އަދީބާއި ޒިޔަތު ކޯޓުގައި ހެކިބަސް ދެނީ/ ފޮޓޯ: ވޮއިސް
ހަބަރު
13 Jun 2023 | 15:07
ފުއްގިރި މައްސަލަ: ޒިޔަތުގެ ލެޕްޓޮޕްގައި ހުރި ޑޭޓާތަކަށް ބަދަލު ނުގެންނަކަން ކަށަވަރެއް ނުކުރޭ

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅޭ ޝަރީއަތުގެ އަޑުއެހުމުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުالله ޒިޔަތާއި ދެމެދު ދެކެވިފައިވާ ވާހަކަތަކުގެ ވައިބާ ޗެޓްލޮގަކާއި ގުޅޭ ރިޕޯޓަކާއި ގުޅިގެން ހެކިބަސް ނަގައިފި އެވެ. 

ރ. ފުއްގިރި މައްސަލައާއި ގުޅިގެން މިއަދުވެސް ދަށު ކޯޓުގައި އަޑުއެހުމެއް ކުރިއަށް ގެންގޮސްފައިވާއިރު، މިއަދުގެ އަޑުއެހުމުގައި ވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑިޖިޓަލް އެވިޑެންސް ލެބޯޓްރީގައި ފޮރެންސިކް އެގްޒަމިނާއެއްގެ ގޮތުގައި މަސައްކަތްކުރައްވާ އޮފަސަރެއްގެ ހެކިބަސް ނަގާފަ އެވެ. 

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން އެމްއެމްޕިއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުالله ޒިޔަތުގެ ހެކިބަސް ނަގާފައިވާއިރު، ޒިޔަތު ވިދާޅުވެފައިވަނީ އެ މައްސަލަ ވަކިގޮތަކަށް ކުރިއަށް ގެންދިއުމަށް އަދީބު އިރުޝާދު ދެއްވާފައިވާ ކަމަށެވެ. އަދި އަދީބު އެފަދައިން އިރުޝާދު ދެއްވަނީ ރައީސް ޔާމިނު "ވިދާޅުވި" އޭ ވިޔާފައިކަމަށް ޒިޔަތު ކިޔައިދީފައި ވެއެވެ. 

އެހެން ނަމަވެސް އަދީބު އެފަދައިން ވިދާޅުވަނީ ރައީސް ޔާމިނު ވިދާޅުވެގެންތޯ ކަށަވަރު ކުރުމަށް އިތުރު ކަމެއް ނުކުރައްވާކަމަށް އަދީބު ވިދާޅުވި އެވެ. 

މިއަދުގެ އަޑުއެހުމުގައި ވަނީ ޒިޔަތުގެ ލެޕްޓޮޕެއް ތަހުލީލުކޮށް އެކްސްޓްރެކްޓު ކުރެވުނު "އިމޭޖު" ފައިލުތަކުގައި ހުރި މައުލޫމާތުތަކުގެ މައްޗަށް އެކުލަވާލާފައިވާ ރިޕޯޓަކާއި ގުޅޭގޮތުން ހެކިބަސް ދީފައެވެ. 

އެ ލެޕްޓޮޕަކީ 2015 ވަނަ އަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ލެޕްޓޮޕެކެވެ. އަދި އޭގެން ޑޭޓާ އެކްސްޓްރެކްޓު ކުރެވިފައިވަނީ އޭގެ އެތައް އަހަރެއް ފަހުން 2020 ވަނަ އަހަރުގައެވެ. އެ މުއްދަތުގެ ތެރޭގައި އެ ހެކި (ޒިޔަތުގެ ލެޕްޓޮޕް) އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައި ރައްކާކުރެވިފަ އެވެ. 

އެ ލެޕްޓޮޕާއި ގުޅޭގޮތުން ދިފާއުން ވަނީ ގިނަ ސުވާލުތަކެއް އޮފިސަރާއި ކުރައްވާފަ އެވެ. 

އެގޮތުން ރައީސް ޔާމިނުގެ ފަރާތްޕުޅުން ގާނޫނީ ވަކީލު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ލެޕްޓޮޕް އޮތް މުއްދަތުގެ ތެރޭގައި ޑޭޓާއަށް އެއްވެސް ކަހަލަ ބަދަލެއް ގެނެސްފައިވޭތޯ ބަލާ، މައުލޫމާތަށް ބަދަލެއް ނުގެންނަކަން ކަށަވަރުކުރުމަށް އޮފިސަރު އެއްވެސް ކަމެއް ކުރައްވާފައިވާނެ ތޯ ސުވާލު ކުރައްވާފަ އެވެ. 

އެ ސުވާލަށް ޖަވާބުދެއްވަމުން އޮފިސަރު ވިދާޅުވީ އެފަދަ ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ. އެހެން ނަމަވެސް އެ ޑިވައިސްއަށް ބަދަލެއް ގެނެސްފައިވާކަމަށް ގަބޫލު ނުކުރެވޭކަމަށް އޮފިސަރު ވިދާޅުވި އެވެ. 

އެ ޖަވާބާއި ގުޅިގެން ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ލެޕްޓޮޕްގެ ހާޑު ޑިސްކު ނައްޓާފައިވާކަން ކަށަވަރުކުރެވޭނެ ގޮތެއް އޮތްތޯ ސުވާލު ކުރައްވާފައެވެ. 

އެކަމާއި ގުޅޭގޮތުން ހެކިވެރިޔާ ވިދާޅުވީ ލެޕްޓޮޕް އޮން ނުކުރާނަމަ، ހާޑު ޑިސްކު ނައްޓަގައިގެން ކަމެއް ކުރިކަން އެނގޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. އެހެން ނަމަވެސް ވޮރެންޓީ ސީލު ކަނޑާފައި ހުރިނަމަ އެއީ ހާޑު ޑިސްކު ނައްޓާފައިވާކަން އެނގޭނެ ކަމެއްކަމަށް ހެކިވެރިޔާ ވިދާޅުވި އެވެ. 

ރައީސް ޔާމިނުގެ ފަރާތްޕުޅުން ވަނީ އެފަދައިން މި މައްސަލައިގައި ޒިޔަތުގެ ލެޕްޓޕްގެ ހާޑު ޑިސްކުގެ ވޮރެންޓި ސީލު ކަނޑާފައި ވޭތޯ ނޫންތޯ ބައްލަވާފައި ވާނެތޯ ސުވާުކުރައްވާފަ އެވެ. 

އެ ސުވާލަށް ޖަވާބުދެއްވަމުން އޮފިސަރު ވިދާޅުވީ އެކަމަށް ޔަގީން ޖަވާބެއް ދެއްވެން ނެތްކަމަށެވެ. އަދި ހާޑު ޑިސްކު ބަލާފައި ނުވާކަން ސާފުކޮށް އެކަން ކަށަވަރުކޮށްދެވެން ވެސް ނެތް ކަމަށެވެ. 

މި މައްސަލައާއި ގުޅިގެން ޑޭޓާ ނެގުމަށް ބޭނުންކޮށްފައިވާ ސޮފްޓު ވެއާއަކީވެސް ފުލުހުން ބޭނުންކުރާ ވާޝަންގައި މައްސަލަތަކެއް އުޅޭތީ އަޕްގްރޭޑް ކުރެވިފައިވާ ސޮފްޓުވެއާ އެއްކަން ރައީސް ޔާމިނުގެ ފަރާތްޕުޅުން ފާހަގަކުރެއްވި އެވެ. 

އެގޮތުން ފުލުހުން ބޭނުންކޮށްފައިވާ ސޮފްޓް ވެއާގައި ބަގުތައް ހުރުމާއި ކްރޭޝް އުޅޭކަން އެ ސޮފްޓްވެއާ ކުންފުނިން ފާހަގަކޮށް ވާޝަން އަޕްގްރޭޑްކޮށްފައިވާކަން އާންމުކޮށްފައި ވީނަމަވެސް ފުލުހުން "އައުޓް ޑޭޓް" ސޮފްޓުވެއާއެއް ބޭނުންކުރީ ކީއްވެގެންތޯ ރައީސް ޔާމިންގެ ފަރާތްޕުޅުން ވަނީ ސުވާލު ކުރައްވާފަ އެވެ. 

އެ ސުވާލަށް ޖަވާބުދެއްވަމުން އޮފިސަތު ވިދާޅުވީ މައްސަލަތަކެއް އުޅުނު ނަމަވެސް، ޑޭޓާ އެކްސްޓްރެކްޓު ކުރެވުނުއިރު އެފަދަ އެއްވެސް މައްސަލައެއް ދިމާނުވާ ކަމަށެވެ. 

ފުއްގިރި މައްސަައިގެ ހެކި ބަސް ނެގުން ކުރިއަށް ގެންދާއިރު، މިހާތަނަށް ރައީސް ޔާމިން ވަނީ މައްސަލައިގެ ޝަރީއަތުގައި 19 ގަޑިއިރު ހޭދަކުރައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.