މިއަދުގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން--
ހަބަރު
14 Jun 2023 | 09:51
މަޖިލިސް ރަނގަޅަށް ނުފެށެނީސް، ނިޒާމީ ނުކުތާ ތަކާއި، "ޗޯރޭ" އޭ ގޮވައި، އަޑުގަދަ ކުރުމުން، މަޖިލިސް ހޫނުވެ، މެދުކަނޑާލައިފި!

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ރަނގަޅަށް ނުފެށިގެން އުޅެނިކޮށް، ޗޯރޭ އޭ ގޮވައި، އަދި މަޖިލީސް ކުރިއަށްދަނީ ގަވާއިދާއި ޚިލާފަށް ކަމަށް ބުނެ ނިޒާމީ ނުކުތާ ނަންގަވައި، އަޑުގަދަ ކުރައްވުމުން ޖަލްސާ ކުރިއަށް ނުގެންދެވިގެން މެދުކަނޑާލައިފިއެވެ. 

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފުރަތަަމަ އޮތީ، ސަރުކާރުން ބަދަލުގެ ގޮތުގައި ފައިސާ ދޫކުރި ކުންފުނިތަކާއި އެ ކުންފުނިތަކަށް ދޫކުރި ފައިސާގެ އަދަދު ހާމަކުރުމަށް ގޮވާލައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ހުށަހަޅާފައިވާ ކުއްލި މައްސަލަ ހުށަހެޅުމެވެ.  

ޝަރީފު، އެ މައްސަލަ ހުށަހަޅަން ފެށުމާއި އެކު، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މެންބަރުން ވަނީ ގޮޑިން ތެދުވެ އަޑު ގަދަކުރައްވަން ފަށާފައެވެ. އެގޮތުން، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ޝަރީޢަތް ކުރިއަށްދާ ގޮތާއި މެދު ނުރުހުން ފާޅުކުރައްވައި އަޑު ގަދަ ކުރައްވަން ފަށްޓަވާފައެވެ. އަދި ސަރުކާރުގެ ނުފޫޒުން 13 ގަޑިއިރު ވަންދެން ރައީސް ޔާމީން ގޮޅިއަކަށް ލައިގެން ޝަރީއަތް ހިންގާފައިވާ ކަމަށް ވިދާޅުވެ އޭނާ ވަނީ މަޖިލީހުގައި އަޑުގަދަ ކުރައްވާފައެވެ. 

އެއާއެކު އިދިކޮޅުގޭ އެހެން މެންބަރުންވެސް ތެދުވެ ރިޔާސަތުގެ ކުރިމައްޗަށް ވަނީ އެއްވެފައެވެ. 

އެއަށްފަހު، މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވަނީ ނިޒާމީ ނުކުތާ ނަންގަވައި، އެފަދައިން ކޯޓުތަކުގައި ކަންކަން ހިނގަނީ ކޯޓުތަކުގައި "އަޅުން ތިބޭތީ" ކަމަށް ވިދާޅުވެފައެވެ. އަދި އޭނާ، ނިޒާމީ ނުކުތާ ނެންގެވި ސަބަބު ހާމަކުރައްވަން ފެއްޓެވުމާއި އެކު، އިދިކޮޅުން، އަޑު ހަރުކޮށް މަޖިލީހުގެ ތެރޭގައި "ޗޯރޭ" އޭ ގޮވަން ވަނީ ފަށާފައެވެ. 

އިދިކޮޅު މެންބަރުން އަޑު ހަރުކޮށް އެފަދައިން ގޮވަމުން ދިޔައިރު އާޒިމް ވިދާޅުވަމުންދިޔައީ މަޖިލިސް ހިނގަމުންދަނީ ގަވާއިދާއި ޚިލާފަށް ކަމަށެވެ. އަދި މަޖިލީހުގެ ކޮމިޓީ އެކުލަވާލަން އެޖެންޑާ ކޮށްފައި ވަނީވެސް ގަވާއިދާއި ޚިލާފަށް ކަމަށް އޭނާ ދިޔައީ ވިދާޅުވަމުންނެވެ. 

އާޒިމްގެ ވާހަކައަށްފަހު ޝަރީފް އަށް ކުއްލި މައްސަލަ ހުށަހެޅުމުގެ ފުރުސަތު ދެއްވާފައިވާއިރު، އޭނާގެ މައިކު ހަލާކުކޮށްލާފައި އޮތުމުން އެކަން ރަނގަޅު ކުރެއްވުމުން ނޫނީ ކުރިއަށް ނުގެންދެވޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. 

އެއަށްފަހު އަނެއްކާވެސް އާޒިމް ވަނީ އޭނާއަށް ނިޒާމީ ނުކުތާ ހުށަހެޅުމުގެ ފުރުސަތު ނުލިބޭ ކަމަށް ވިދާޅުވެ ނިޒާމީ ނުކުތާ ނަންގަވާފައެވެ. އޭނާ ނިޒާމީ ނުކުތާ ނެންގެވި ސަބަބު ހާމަކުރައްވަން ފެއްޓެވުމާއިއެކު އިދިކޮޅުގެ މެންބަރުން ވަނީ "ޗޯރޭ" އޭ ކިޔައި އަނެއްކާވެސް މަޖިލީހުގައި އިތުރަށް އަޑުގަދަ ކުރަންފަށާފައެވެ. 

އެއާއެކުވެސް އޭނާ ނިޒާމީ ނުކުތާ ފާހަގަކުރައްވަން ފެއްޓެވުމުން ރިޔާސަތުން ވަނީ އެ ނިޒާމީ ނުކުތާ ނަންގަވަންވީ ވަގުތު ނުޖެހޭ ކަމަށް ވިދާޅުވެ މައިކް ނިއްވާލާފައެވެ.

އެއަށްފަހު ޝަރީފަށް ކުއްލި މައްސަލަ ހުށަހެޅުމުގެ ފުރުސަތު ދެއްވުމުން ޝަރީފުގެ މައިކު ބޭނުން ކުރައްވައިވެސް އާޒިމް ވަނީ ވާހަކަ ދައްކަވާފައެވެ.

އެއަށްފަހު މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވެސް ވަނީ ނިޒާމީ ނުކުތާ ނަންގަވައި މަޖިލީހުގެ ގަވާއިދާ ހިލާފްވާ މެމްބަރުން ނަން އިއްވައި ތަޅުމުން ނެރުމަށް ފަހު މަޖިލިސް ކުރިއަށްގެންދެވޭނެ މާހައުލެއް ގާއިމް ކުރުމަށް ރިޔާސަތަށް ގޮވާލާފައެވެ. އެފަދައިން ވާހަކަދައްކަވަމުން ދިޔައިރު އިދިކޮޅު މެންބަރުން ވަނީ ޝަރީފުގެ ގޮނޑިކައިރިއަށް ގޮސް އަޑުގަދަ ކުރައްވާފައެވެ. 

އެފަދަ ގޮތަކަށް ނިޒާމީ ނުކުތާ ނެންގެވުމާއި، ޗޯރޭ އޭ ކިޔުމުގައި މަޖިލިސް އަޑުގަދަވާން ފެށުމުންށ ރިޔާސަތުން ވަނީ މަޖިލީހުގެ މަސައްކަތްތައް އިތުރަށް ކުރިއަށް ގެންދެވޭނީ ހުރިހާ ސިޔާސީ ޕާޓީތަކާއި އަމިއްލަ މެންބަރުން މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށް ބުނެ، ރިޔާސަތު ގައި އިންނެވި މަޖިލީހުގެ ވިލިފުށި ދާއިރާގެ މެންބަރު ހަސަން އަފީފު ވަނީ މަޖިލިސް ވަނީ މެދުކަނޑާލައިފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.