ރައީސް ނަޝީދު ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ދެވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ޖަލްސާ ގައި ވާހަކަ ދައްކަވަނީ-- ފޮޓޯ/ މަޖިލިސް
ހަބަރު
14 Jun 2023 | 10:48
ޕާޓީތަކުގެ ނިޒާމުގެ ބޭނުމަކީ އަރާރުން ވުމެއް ނޫން؛ ޚިދުމަތް ކުރުން: ރައީސް ނަޝީދު

ދިވެހިރާއްޖޭގައި ގިނަ ސިޔާސީ ޕާޓީތަކެއް އެކުލެވޭ ނިޒާމެއް އުފެދިގެން އައީ އެއްބަޔަކު އަނެއް ބަޔަކާއި އަރައިރުން ވުމަށް ނޫން ކަމަށާ، އެހެން ނަމަވެސް އެއީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް އައި ނިޒާމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ދެ އަހަރު ފުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ދިވެހިރާއްޖޭގައިވާ ގިނަ ސިޔާސީ ޕާޓީތައް އެކުލެވޭ ނިޒާމް ދިވެހިން ބަލައި ގަތީ ރަށްތަކަށާއި ރައްޔިތުންނަށް ސިޔާސީ ބާރުވެރިކަން ހޯދައިދިނުމަށް ކަމަށެވެ.

ގިނަ ޕާޓީ އެކުލެވޭ ނިޒާމުގެ ބޭނުމަކީ އަރާރުން ވުމެއް ނޫން. އަދި މައްސަލަޖެހި ޒުވާބު ކުރުމެއްވެސް ނޫން. ސިޔާސީ މަސައްކަތް ހިނގަމުންދާއިރުގައި، ޖޯޝާއި ޖަޒުބާތުގައި، އަބަދުވެސް ކޮންމެވެސް މިންވަރަކަށް ޒުވާބު އުފެދޭނެ. އެއީ ސިޔާސީ މަސައްކަތުގެ އެއް ޠަބީޢަތް. އެހެންނަމަވެސް، މި މަސައްކަތުގެ މާ ބޮޑު މަގުސަދެއް، އެއީ ޚިދުމަތް ކުރުން.

ރައީސް މުހައްމަދު ނަޝީދު 

ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ އުއްމީދުތައް ފުރިހަމަށް ކޮށްދީ، ކުރިއެރުން ހޯދައިދިނުން ގުޅިފައިވަނީ ވެރިކަމާއި ކަމަށެވެ. އަދި އެ ވެރިކަމާއިމެދު ހިތްހަމަ ނުޖެހުމުން، ނުވަތަ، ވެރިކަމުން ފޯރުކޮށްދެމުންދާ ޚިދުމަތްތަކަށްވުރެ އިތުރު ޚިދުމަތްތަކެއް ބޭނުންވާނަމަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށްވެސް ވިދާޅުވި އެވެ. 

އެގޮތުން، ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ހުރިހާ ކައުންސިލަރުން، ވެރިކަންކުރާ އެމްޑީޕީން ވީއްލިގެން، އައު ޕާޓީއާއި ގުޅުނު ގުޅުން ފާހަގަކުރައްވައި ރައީސް ނަޝީދު ވަނީ އެކަމަށް މަރުހަބާ ދަންނަވާފައެވެ. އަދި އެ ނިންމުމަކީ ވަކި މީހެއްގެ ތައްޕާހުގައި، ވަކި މީހަކު ދައްކާމަގުން ހިނގުމުގެ ބަދަލުގައި، އަމިއްލަ މިޝްރާބަކަށް، އަމިއްލަ ވިސްނުމާއި އެއްގޮތަކަށް ކުޅުދުއްފުށި ތަރައްގީ ކުރުމަށް ނިންމެވި ނިންމުމެއް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ. 

"ވެރިކަން ކުރާ އެމްޑީޕީން ވީއްލިގެން، ތިޔަ ބޭފުޅުން ތިޔަ ކުރުއްވަން އުޅެނީ ބޮޑު ކަމެއް. އަޅުގަނޑު ވިދާޅުވާނީ، ބައްލަވާނެ ކަމެއް ނެތޭ، މިއީ ބޮޑު މުހައްމަދުގެ ބޮޑު ތިލަދުންމައްޗޭ، ތިބޭފުޅުން އަބަދުވެސް އުޅުއްވާނީވެސް، ކުރައްވާނީވެސް ބޮޑެތި ކަންކަން." 

ރައީސް މުހައްމަދު ނަޝީދު 

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ މިހާރުވެސް އެމްޑީޕީ މެންބަރެއް ކަމަށެވެ. އަދި އެޕާޓީ އުފެދުނީ ރައްޔިތުންނަށް އުއްމީދު ދެއްވައި، ރައްޔިތުންގެ އާންމު ހާލަތު ރަނގަޅުކޮށްދިނުމަށް ކަމަށެވެ. އެގޮތުން، 2008 ވަނަ އަހަރު، އެމަނިކުފާނުގެ ވެރިކަމުގައި ރައްޔިތުންނަށް ގިނަ ހައްގުތަކެއް ކަށަވަރުކޮށްދެއްވި ކަމަށްވެސް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.