Advertisement

ރައީސުލްޖުމްހޫރިއްޔާ ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު / ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ސިންގަޕޫރަށް ފުރާވަޑައިގަންނަވާނެއެވެ.

މިކަން ހާމަކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

މިޓްވީޓުގައި މިއުވާން އިތުރަށް ވިދާާޅުވީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެމަނިކުފާނު އަނބުރާ މާލެ ވަޑައިގަތުމަށް ހަމަ ޖެހިފައިވަނީ ހޮނިހިރު ދުވަހު ކަމަށެވެ.

Advertisement

މީގެ އިތުރުން ދަތުރާއި ގުޅޭ މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

މީގެ ކުރިންވެސް ރައީސް ޞާލިހު ވަނީ ސިންގަޕޫރަށް އެކި ފަހަރު މަތިން ވަޑައިގެންފައެވެ. އެގޮތުން ރައީސް ޞާލިހް އެންމެ ފަހުން ސިންގަޕޫރަށް ވަޑައިގެންފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

މިއާއިއެކު މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ ތެރޭގައި ވެސް ސިންގަޕޫރަށް ވަޑައިގެންފައިވާއިރު ހަމަ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ވެސް އެމަނިކުުފާނު ވަނީ ތައިރޮއިޑް އޮޕަރޭޝަނެއް ކުރެއްވުމަށްޓަކައި އެޤައުމަށް ވަޑައިގަންފައެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement