މިއަދު ބޭއްްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ ރައީސް އޮފީސް
ހަބަރު
15 Jun 2023 | 14:34
ނުކުޅެދުންތެރިކަން ހުންނަ މީހާ ވަޒީފާ އަދާކުރިޔަސް، އިނާޔަތް ދިނުމުގައި ތަފާތެއް ނުކުރާނެ: ސަރުކާރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ މާލީ އެހީގެ މިންވަރު މުރާޖަޢާކުރައްވައި، އިތުރު އިނާޔަތްތަކެއް ސަރުކާރުން ތަޢާރަފުކުރައްވާފައިވާއިރު, އިތުރު ކުރެވުނު އިނާޔަތްތައް ވަޒީފާ އަދާކުރާ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް، އެ މީހެއްގެ ހާލަތަށް ރިޢާޔަތް ކުރައްވައި ދެވޭނެ ކަމަށް ސަރުކާރުން ބުނެފިއެވެ. 

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ މާލީ އެހީގެ މިންވަރު މުރާޖަޢާކުރައްވައި، އިތުރު އިނާޔަތްތަކުގެ ތަފްޞީލު ހާމަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނުކުޅެދުންތެރިކަން ހުރި ފަރާތްތަކުގެ އިނާޔަތަށް އެ އައި ބަދަލު، ވަޒީފާގައި އުޅޭ އެފަދަ ފަރާތްތަކަށް ވެސް އަންނާނެތޯ ވަނީ ސުވާލު ކޮށްފައެވެ. 

އެސުވާލުގެ ޖަވާބު ދެއްވަމުން، އެންސްޕާގެ ސީއީއޯ މަރިޔަމް ޝަފީޤާ ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތަކީ ވަޒީފާއެއް އަދާކުރާ ފަރާތަކަށްވީތީ ލިބޭ އިނާޔަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. 

އަޅުގަނޑުމެން ނުވެއް ބަލާނެ އިނގޭތޯ ލިބޭ މުސާރަ އަކަށް. ހަމަ ހުރިހާ ފަރާތަކަށްވެސް، އެބޭފުޅެއްގެ ހާލަތައް ރިޢާޔަތްކޮށް އިތުރު އެލަވަންސް ތައް ލިބޭނީ. ދެން އެހެން ނޫނިއްޔާމުން، ރެޖިސްޓްރީ ގައި މިހާރު އެކުލެވިފައިވާ ހުރިހާ ފަރާތްތަކަށް 3000 ރުފިޔާގެ އެލަވަންސް ލިބޭނީ. 

އެންސްޕާގެ ސީއީއޯ މަރިޔަމް ޝަފީޤާ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިނާޔަތް ބޮޑުކުރުމާއި ގުޅިގެން، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އާސަންދަ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ އެމްޑީ އިސްމާޢީލް އައްޒާމް ވަޖީހު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް އެންމެ މަދުން ލިބޭ މީހަކަށް ވެސް ޖޫން މަހުން ފެށިގެން 3000 ރުފިޔާ ލިބޭނެ ކަމަށެވެ. އަދި މި މަހުގެ އެ ފައިސާ މި މަސް ނިމުމުގެ ކުރިން ޖަމާކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވީތީ އެ ލިބޭ 3000 ރުފިޔާގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން އަމިއްލައަށް ނޫޅެވޭ މީހުންނަށް 2000 ރުުފިޔާގެ އެލަވަންސެއް ދޭ ގޮތަށް އެފަދަ ފަރާތްތަކަށް ޖުމުލަ 5000 ރުފިޔާ ދެން ލިބޭނެ ކަމަށް އައްޒާމް ވިދާޅުވި އެވެ.

އަދި އަސާސީ ބޭނުންތަކަށް އާއްމުކޮށް ބޭނުންކުރަންޖެހޭ އިތުރު ތަކެތި ނުވަތަ ކޮންސިއުމަބަލްސް ހޯދުމަށް އެހީތެރިވުމުގެ ގޮތުން، އެފަދަ ފަރާތްތަކަށް ލިބޭ އެހެން އެލަވަންސް ގެ އިތުރުން ސެލްފް ކެއާރ އެލަވަންސް ގެ ގޮތުގައި އިތުރު 1000 ރުފިޔާ ލިބޭނެ ކަމަށްވެސް އައްޒާމް ވިދާޅުވި އެވެ. އެހެންކަމުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން އަމިއްލައަށް ނޫޅެވޭ މީހުންނަށް ޖުމުލަ 6000 ލިބޭނެއެވެ. އަދި އެނޫން ފަރާތްތަކުގެ ތެރެއިންވެސް ކޮންސިއުމަބަލްސް ބޭނުންވާ ފަރާތްތަކަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވީތީ އެ ލިބޭ 3000 ރުފިޔާ އާއި އެކު ޖުމުލަ 4000 ރުފިޔާ ލިބޭނެއެވެ. 

މި އެލަވަންސް ތަކާއިއެކު، އެއް ގޭބިސީއެއްގައި ނުކުޅެދުންތެރިކަން ހުންނަ ތިން މީހުންނަށްވުރެ ގިނައިން ތިބި ނަމަ މީހުން ތިބި ނިސްބަތުން 1000 ރުފިޔާގެ އެލަވަންސެއް ވެސް ލިބޭނެކަންވެސް އައްޒާމް ފާހަގަކުރެއްވިއެވެ. 

މި ބަދަލުތަކާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންނަމަ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއިން އެ މަޢުލޫމާތު ފޯރުކޮށްދެއްވާނެކަމަށާއި، ނުކުޅެދުންތެރިކަން ހުރި ފަރާތްތަކުން އެފަރާތްތަކުގެ މަޢުލޫމާތު އަދާހަމަކުރެއްވުމަށް NDR ޕޯޓަލް (www.ndr.nspa.gov.mv) މެދުވެރިކޮށް އެ މަޢުލޫމާތު ޙިއްޞާކުރެއްވުމަށް ސަރުކާރުން ވަނި އެދިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ