ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ ރައީސް އޮފީސް
ހަބަރު
15 Jun 2023 | 16:55
"އިނާޔަތް ބޮޑުވިޔަސް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސިއްހީ އިތުރު އެހީ ހޯދަން އެންސްޕާގަ އެދެވޭނެ"

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބޭ އިނާޔަތްތައް ބޮޑުވި ކަމުގައިވިޔަސް، އާސަންދަ ސްކީމްގެ ދަށުން ލިބޭ އެހީގެ އިތުރުން، އެފަދަ ފަރާތްތަކުގެ ހުންނަ ދަތިތަކަށް ބޭނުންވާ އިތުރު އެހީ ހޯދުމަށް އެންސްޕާގައި އެދެވޭނެ ކަމަށް ސަރުކާރުން ބުނެފިއެވެ. 

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ މާލީ އެހީގެ މިންވަރު މުރާޖަޢާކުރައްވައި، އިތުރު އިނާޔަތްތަކުގެ ތަފްޞީލު ހާމަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވާހަކަ ދައްކަވަމުން، އާސަންދަ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ އެމްޑީ އިސްމާޢީލް އައްޒާމް ވަޖީހު ވިދާޅުވީ ދިވެހިރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރެއިން ބޭސްފަރުވާއަށް ޚަރަދު ހަމަޖައްސައިދިނުން އޮންނަނީ އާސަންދައިގެ ތެރެއިން ކަމަށެވެ.

އެގޮތުން އާސަންދައިން، ލިބިދޭ އެހީގެ އިތުރަށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށް މާލީ ގޮތުން އިތުރުއެހީއެއް ބޭނުންވާ ކަމުގައިވާނަމަ، "ވިރަ" ފޯމު މެދުވެރިކޮށް އެންސްޕާ ގައި އެހީއަށް އެދުމުގެ ފުރުސަތު އޮންނާނެ ކަމަށް އައްޒާމް ވިދާޅުވި އެވެ.  

"ދިވެހި ރާއްޖޭގެ ސިއްހީ ނިޒާމް އޮންނަ ގޮތުން ޚަރަދު ހަމަޖައްސައިދެނީ އާސަންދައިގެ ތެރެއިން. ހަރަދު ހަމަޖެއްސުމުގެ ނިޒާމުގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، މިހާރުވެސް އިތުރު އެއްޗެއް، ނުވަތަ އިތުރު އެހީއެއް ބޭނުންވާ ކަމަށް ވާނަމަ، ސްކީމެޓިކަލީ، ރައްޔިތުންނަށް މި ލިބޭ އެހީގެ އިތުރުން، އެމީހެއްގެ ހުރި ހާލަތެއްގެ ސަބަބުން، އެމީހާ ތަހައްމަލް ކުރާ ހާލަތެއްގެ ސަބަބުން އިތުރު ރިކުއާމެންޓެއް އޮތް ކަމަށް ވަންޏާމުން، އެހީއަށް އެދުމުގެ ޖާގަ މިހާރުވެސް އޮންނާނެ. އެންސްޕާގައި މިހާރު، "ވިރަ" ފޯމު، އެއަށް އަޅުގަނޑުމެން މި ކިޔަނީ. ވެލްފެއަރ އަށް އެދި ހުށަހަޅާ ފޯމަށް. އޭގެ ތެރެއިން އަޅުގަނޑުމެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، އިންޑިވިޖުއަލް ކޭސްޓު ކޭސްގައި، އެބޭފުޅަކަށް އެ ބޭނުންވާ އިތުރު ރިކުއާމެންޓެއް އޮންނަ ކަމަށް ވަންޏާމުން އެދުމުގެ ޖާގަ އެބަ އޮތް. 

އާސަންދަގެ އެމްޑީ އިސްމާޢީލް އައްޒާމް ވަޖީހު

އައްޒާމް ވިދާޅުވީ، ބައެއް ފަރާތްތަކުން އެފަދަ މައުލޫމާތުތައް ހޯދައި، އެންސްޕާގެ އެހީ ހޯދަން އުޅުމުގެ ބަދަލުގައި، އެ މުއައްސަސާގެ ދިޔުމުގެ ކުރިން ރައްޔިތުންގެ އެހީ ހޯދުމަށް މަސައްކަތް ކުރައްވާ ކަމަށެވެ. އެފަދައިން ރައްޔިތުންގެ އެހީ ހޯދަން އެންމެ ފުރަތަަމަ އުޅުމުގެ ބަދަލުގައި، އެންސްޕާ އާއި އާސަންދައަށް ވަޑައިގެން، ނުވަތަ 1400 ނަންބަރަށް ގުޅައިގެން މައުލޫމާތު ހޯއްދެވުމަށް އައްޒާމް ވަނީ އެދިލައްވާފައެވެ. އެގޮތުން، އެ ނަންބަރަށް ގުޅައިގެން، އެ މީހަކަށް ދިމާވެފައިވާ މައްސަލައަށް އެހީ ލިބޭތޯ ބަލައި، އެކަމާއި ގުޅޭ މައުލޫމާތު ސާފު ކުރެއްވުމަށްވެސް އޭނާ ވަނީ އެދިލައްވާފައެވެ. 

"އަޅުގަނޑުމެންނަށް ބައެއް ފަހަރު އެބަފެނޭ އަޅުގަނޑުމެންނާ ހަމައަށް ވަޑައިނުގެން، އެ ކަމުގެ ހައްސާސް ކަމުން، އެކިއެކި ފަރާތްތަކަށް ވަޑައިގެން، ނުވަތަ ޕަބްލިކް ޕޯސްޓު ކުރައްވާތަންވެސް އެބަ ފެނޭ."

އާސަންދަގެ އެމްޑީ އިސްމާޢީލް އައްޒާމް ވަޖީހު

އައްޒާމް ވިދާޅުވީ ސަރުކާރުގެ ބޭނުމަކީ އެހީއަށް ބޭނުންވާ ނުކުޅެދުންތެރިކަން ހުންނަށް އެފަދަ ފަރާތްތަކަށްވެސް ފުރިހަމަށް ގޮތުގައި އެހީ ފޯރުކޮށްދިނުން ކަމަށެވެ. އެހެންކަމުން، އެފަރާތެއްގެ ހުންނަ ނުކުޅެދުންތެރިކަމާއި، އޭގެ ސަބަބުން ދިމާވާދަތިތައް އެންސްޕާ ނުވަތަ އާސަންދަގެވެސް ސަމާލުކަމަށް ގެނެސް، އެކަން ހިއްސާ ކުރުމުން، އެކަމެއް ބަލައި، އެކަމާއި ގުޅިގެން ލިބެންޖެހޭ އެހީތެރިކަން ފޯރުކޮށްދެއްވަމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ސަރުކާރުގެ ބޭނުމަކީ މިހެން ތިއްބެވި ފަރާތްތަކަށް ފުރިހަމަ ގޮތުގައި އެހީ ދިނުން. މާނައަކީ އެފަދަ ފަރާތްތަކުގެ ހުރި ދަތިކަން ނުވަތަ ތަހައްމަލް ކުރަމުންދާ ކަންކަން. މިސާލަކަށް އަޅުގަނޑުމެންނަށް އެޕްލައި ކުރީމަވެސް އަޅުގަނޑުމެންނަށް ނޭނގިދާނެ އެ ފަރާތަކީ، މިސާލަަކަށް ނުކުޅެދުންތެރިކަމުގެ ސަބަބުން ކޮންކަހަލަ ހާލަތްތަކެއް، ކޮންކަހަލަ ދަތިކަމެއް ތަހައްމަލް ކުރަމުންދާ ފަރާތެއްކަން އެ ލިޔުމުގައި، ނުވަތަ އަޅުގަނޑުމެންނަށް ހުށަހަޅާ ލިޔުމުގައި އެ ތަފްސީލް ނެތް ކަމަށް ވަންޏާ. އެ މައުލޫމާތު އަޅުގަނޑުމެންނާ ހަމައަށް ގެނެސްދިނީމާ އަޅުގަނޑުމެން އެކަމަށް އެޓެންޑް ވަމުން ދާނެ. 

އާސަންދަގެ އެމްޑީ އިސްމާޢީލް އައްޒާމް ވަޖީހު

މިއާއެކު އައްޒާމް ވިދާޅުވީ، އާސަންދަ އަދި އެންސްޕާ އިންވެސް މަސައްކަތް ކުރަމުންދާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެމުންދާ އެހީތެރިކަން އެންމެ ފުރިހަމައަށް ކުރިއަށް އޮތް ތަނުގައިވެސް ފޯރުކޮށްދިނުމަށް ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބޮޑުކުރި އެލަވަންސް އާއިއެކު އެންމެ މަދުން ލިބޭ މީހަކަށް ވެސް ޖޫން މަހުން ފެށިގެން 3000 ރުފިޔާ ލިބޭނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވީތީ އެ ލިބޭ 3000 ރުފިޔާގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން އަމިއްލައަށް ނޫޅެވޭ މީހުންނަށް 2000 ރުުފިޔާގެ އެލަވަންސެއް ދޭ ގޮތަށް ވަނީ ނިންމާފައެވެ. އަދި އަސާސީ ބޭނުންތަކަށް އާއްމުކޮށް ބޭނުންކުރަންޖެހޭ އިތުރު ތަކެތި ނުވަތަ ކޮންސިއުމަބަލްސް ހޯދުމަށް އެހީތެރިވުމުގެ ގޮތުން، އެފަދަ ފަރާތްތަކަށް ލިބޭ އެހެން އެލަވަންސް ގެ އިތުރުން ސެލްފް ކެއާރ އެލަވަންސް ގެ ގޮތުގައި އިތުރު 1000 ރުފިޔާ ދިނުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. 

މި އެލަވަންސް ތަކާއިއެކު، އެއް ގޭބިސީއެއްގައި ނުކުޅެދުންތެރިކަން ހުންނަ ތިން މީހުންނަށްވުރެ ގިނައިން ތިބި ނަމަ މީހުން ތިބި ނިސްބަތުން ކޮންމެ މީހަކަށް 1000 ރުފިޔާގެ އެލަވަންސެއް ވެސް ލިބޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ