ބަރުލަމާނީ ނިޒާމަކީ ހަަމަ އަރުވާ އަޑެއް: ގާސިމް

11 Feb 2019 | 14:01

ބަރުލަމާނީ ނިޒާމު ރާއްޖެއަށް ގެނައުމަކީ ނުކުރެވޭނެ ކަމެއްކަމަށާއި އެއީ ހަމަ އެކަނި އަރުވާ އަޑެއްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީން ރޭ ބޭއްވި ޚާއްސަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގާސިމް ވިދާޅުވީ މަޖިލީހުގެ ތެރެއިން މިނިސްޓަރުން ޒިންމާދާރުކުރުވަން މިހާރުވެސް މިވަނީ ނުކުޅެދިފައިކަމަށެވެ. އަދި އެއް ޕާޓީއަކަށް މުޅި މަޖިލީހުގެ އަހުލަބިއްޔަތު ލިބިގެން ދިއުމުން ކަންތައްތައް ވެގެންދާ ގޮތް އިހަށް ދުވަހުވެސް މިވަނީ ދެކެފައިކަމަށް ގާސިމް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ބަރުލަމާނީ ނިޒާމަކީ ރައީސެއްގެ ޒިންމާއެއް ނޯންނަ ނިޒާމެއްކަމަށެވެ. އެއް ރަށުން ނުވަތަ ދެ ރަށުން ކުޑަކުޑަ ދާއިރާއަކުން، ނުވަތަ މާލޭގައި ވިއްޔާ ކުޑަކުޑަ ތަންކޮޅަކުން ހޮވޭ ބޭފުޅަކު ބޮޑުވަޒީރަށްވުމަކީ ހަރުދަނާ އުސޫލެއް ނޫންކަމަށް ގާސިމް ބަޔާންކުރެއްވިއެވެ.

"3000، 4000 މީހުން ތިބި ޕޮޕިއުލޭޝަނަކުން އަންނަ މީހާ ޕާޓީގެ ފަރާތުން އޭނާއަށް ޕްރައިމް މިނިސްޓަރަކަށް ހަދަން ނިންމިއްޖެއްޔާ އެއޮތީ ޕްރައިމް މިނިސްޓަރު. އެހެންވީމާ އޭނާ ނުޖެހޭ ކޮންމެހެން ރައްޔިތުން އުޅޭ ހާލެއް ބަލާކަށް ވެސް. އެއް އުސޫލަކުން ބަލާއިރު ތާކުން ތާކުން ނުޖެހޭ ކަމެއް ކަމަކީ. އެހެންވީމާ އަނެއް ކޮޅުން ކިހިނެއްތޯ އެކަން ކުރެވޭނީ ވެސް. އެކަން ނުވެސް ކުރެވޭނެ. އެއީ ހަމަ އަޑެއް އަރުވަނީ،" ގާސިމް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް