ވިލިމާލޭ ވެޓް ކްލިނިކް ހަފްތާއަކަށް ބަންދުކުރަނީ

11 Feb 2019 | 15:53

ވިލިމާލޭގައި ގާއިމްކޮށްފައިވާ ޖަނަވާރުންނަށް ޚިދުމަތްދޭ ކްލިނިކް މާދަމާއިން ފެށިގެން ހަފްތާއެއްގެ މުއްދަތަކަށް ވަގުތީ ގޮތުން ބަންދުކުރުމަށް ނިންމައިފިއެވެ.

ކްލިނިކް ހިންގާ ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި އެތަން މިމަހުގެ 11 އިން ފެށިގެން 17 އަށް ބަންދުވާނެއެވެ.

އެތަނުގެ ހިދުމަތް ވަގުތީ ގޮތުން މެދުކެނޑެން ދިމާވި ސަބަބަކީ އެތަނުގައި މަސައްކަތްކުރާ ޑޮކްޓަރު އާއިލީ ޒިންމާގެ ޗުއްޓީއެއްގައި ގައުމަށް ދާން ޖެހުމުން ކަމަށެވެ

ދެން އެ ކްލިނިކް އަލުން ހުޅުވޭނީ މިމަހުގެ 25 ވަނަ ދުވަހު ކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ވެޓް ކްލިނިކުން އައްސިކުރުމާއި، ހޭނެއްތުމާއި، ތަފާތު ބޭސްތަކާއި، އެފަދަ ޖަނަވާރަށް ބޭނުންވާ އޮޕަރޭޝަންތައް ކުރުމުގެ ޚިދުމަތް ލިބެއެވެ. މި ކްލިނިކުން ވެޓެރިނަރީ ޚިދުމަތް ދެނީ ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހެއްގެ ހެނދުނު 9 އިން މެންދުރުފަހު 2 އަށެވެ.

Advertisement

ކޮމެންޓް