އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ/ ފޮޓޯ: އެމްޑީޕީ
ހަބަރު
20 Jun 2023 | 13:05
54 މެމްބަރުން އިތުބާރު ނެތޭ ބުނީމަ ނަޝީދު އިސްތިއުފާ ދެއްވާ: ރޮޒައިނާ

ރައްޔިތުންގެ މަޖިލީހުގެ 54 މެމްބަރުން އިތުބާރު ނެތްކަމަށް ވިދާޅުވުމުން މަޖިލީހުގެ ރައީސްކަމުން މުޙައްމަދު ނަޝީދު އިސްތިއުފާދެއްވަން ޖެހިވަޑައިގަންނަވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ. 

ރޮޒައިނާ މިފަދައިން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މަރުތަޅު އަޅުވާފައި އޮތް މައްސަލައާއި ގުޅިގެން ނުރުހުން ފާޅުކުރައްވާ ކުރެއްވި ޓްވީޓެއްގަ އެވެ. 

އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުގެންދެވިގެން އުޅެނީ ރައީސް މުޙައްމަދު ނަޝީދުގެ ސަބަބުން ކަމަށެވެ. 

މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައި އޮންނަ އޮތުމާއި ގުޅޭގޮތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ބައެއް ވާހަކަތަކަށް ވެސް ރޮޒައިނާގެ ޓްވީޓުގައި ވަނީ ރައްދުދެއްވާފަ އެވެ. 

މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވާއިރު، މަޖިލީހުގެ ރައީސަށް ދައުލަތުން ލިބިލައްވާ އިނާޔަތްތައް ނެންގެވުމާއި ދޭތެރޭ ދެކިވަޑައިގަންނަވާ ގޮތާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ އޭނާއަށް އިތިބާރު ނެތްކަމުގެ މައްސަލައާއި ގުޅިގެން ލިބިފައިވާ ނޯޓިސްގެ މުއްދަތު ހަމަވުމާއެކު އެމަނިކުފާނު މިހާރު ހުންނަވާ މުރައިދޫ ގެކޮޅުން ނިކުމެވަޑައިގަންނަވާނެ ކަމަށެވެ. 

އެކަމަށް އިޝާރާތް ކުރައްވާ ރޮޒައިވާ ވިދާޅުވީ މި އުޅެނީ ފަހަރެއްގައި ނަޝީދު މުރައިދޫ ގެކޮޅުން ނުނެރެވިގެން ނޫން ކަމަށެވެ. އެމަނިކުފާނު ބޭނުންފުޅުވާނަމަ އެ ގެކޮޅުގައި ހުންނެވުމަކުން އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. 

އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ 54 މެމްބަރުން، ނަޝީދުގެ އިތުބާރު ނެތްކަމަށް ވިދާޅުވުމުން، ދެން އެ މަގާމުގައި ހުންނެވުމުގެ ބަދަލުގައި އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާކަމަށް ރޮޒައިނާ ވިދާޅުވި އެވެ. 

"މި އުޅެނީ މުރައިދޫ ގެއިން ނިކުމެވަޑައި ނުގަންނަވައިގެނެއް ނޫން. ތިތާ އިންނަވާ. އެކަމަކު 54 މީހުން އިތުބާރެއް ނެތޭ ބުނީމަ މަޖިލީސް ރައީސްގެ މަޤާމުން އިސްތިއުފާ ދެއްވާ! ނުވަތަ ވޯޓުނަގަން ފުރުސަތު ދެއްވާ! މަނިކުފާނާ ހުރެ (ރައީސް ނަޝީދާއި ހުރެ) މަޖިލީސް ނުހިންގިގެން މި އުޅެނީ، މުރައިދޫގެ ނުހިންގިގެނެއް ނޫން"

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ 

ރޮޒައިނާ އިތުރަށް ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް ނަޝީދު ހުއްޓުވާލީ، އޭނާ އާއި، އޭނާގެ ދެބެންގެ ދެދަރި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله ގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާފައި އޮތުމުން އެކަން ވިޔަ ނުދިނުމަށްޓަކައެވެ. 

އަދި މަޖިލީސް ހުއްޓިފައި އޮތުމުގެ ފުރިހަމަ ޒިންމާ ނަޝީދު ނަންގަވަން ޖެހޭނެކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.