އެމްޑީޕީ ޕީޖީ ލީޑަރު އަސްލަމް/ ފޮޓޯ: މަޖިލިސް
ހަބަރު
20 Jun 2023 | 21:00
މަޖިލީސް ޖެހޭނީ ހިންގަން، އެހެން ނޫނީ ޖެހޭނީ އިސްތިއުފާދެއްވަން: އަސްލަމް

މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ޖެހިވަޑައިގަންނަވާނީ މަޖިލީސް ހުއްޓާ ނުލައްވާ ހިންގަން ކަމަށާއި، އެ ޒިންމާ އަދާ ނުކުރެވޭނަމަ އިސްތިއުފާދެއްވުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ. 

އަސްލަމް މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނެވެ. 

އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ މައްސަލަ މަޖިލީހަށް ހުށައަޅާފައި އޮތުމަކީ މަޖިލީސް ހުއްޓުވާލަން ޖެހޭ ކަމެއް ނޫން ކަމަށެވެ. 

މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވާ ކަމަށް ވިދާޅުވެ މިހާރުވެސް މަޖިލީހުގެ ރައީސް މަޖިލީހުގެ އެހެނިހެން މަސައްކަތްތަކުގައި އުޅުއްވާކަމަށް އޭނާ ވިދާޅުވި އެވެ. 

އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ މައްސަލަ އެއްވަގުތެއްގައި ހުށައަޅައިގެން ކުރިއަށް ގެންދެވޭނެ ގޮތަށް މަޖިލީހުގެ ގާނޫނު އިސްލާހުކުރުމަށް ވެސް ހުށައަޅާފައިވާ ކަމަށެވެ.

އެހެން ނަމަވެސް ރައީސް ނަޝީދު އެ މައްސަލަތައް އެޖެންޑާވެސް ކޮށްނުދެއްވާ މަޖިލީސް ހުއްޓުވާފައި އޮތުމަކީ ވަރަށް ހިތާމަކުރާ ކަމެއްކަމަށް އޭނާ ވިދާޅުވި އެވެ. 

އެއާއެކު އަސްލަމް ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް ހުއްޓުވުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިވަޑައި ނުގަންނަވާ ކަމަށެވެ.

ރައީސް ނަޝީދުވެސް މަޖިލީހުގެ ރައީސްކަމުގައި ހުންނަވާހާ ހިނދަކު ޖެހިވަޑައިގަންނަވާނީ މަޖިލީސް ހިންގަން ކަމަށާއި، އެ ޒިންމާ އަދާ ނުކުރެވޭނަމަ ދެން ރަނގަޅުވާނީ އިސްތިއުފާ ދެއްވުންކަމަށް އަސްލަމް ވިދާޅުވި އެވެ. 

"ރައްޔިތުންގެ މަޖިލީސް ޖެހޭނީ ހިންގަން... ޒިންމާ އާއި މަސްއޫލިއްޔަތު އަދާ ނުކުރެވެންޏާ ވަރަށް ރީތި ގޮތެއް އޮވެޔޭ. ޒިންމާ އާއި މަސްއޫލިއްޔަތު އަދާނުކުރެވެންޏާ އޮންނަނީ މަސްއޫލިއްޔަތުތަކުން އެއްފަރާތްވުން، ބަރީއަވުން. އެ އާންމު ބަހުން މި ދަންނަވަނީ އިސްތިއުފާ ދިނުން"

އެމްޑީޕީގެ ޕީޖީ ލީޑަރު އަސްލަމް 

އަސްލަމް ވިދާޅުވީ ރައީސް ނަޝީދަށް މަޖިލީހުގެ މެޖޯރިޓީ މެމްބަރުން އިތުބާރު ނުކުރައްވާކަމަށެވެ. 

އެހެންކަމުން ނަޝީދު މިވަގުތު މަޖިލީހުގެ ރައީސްގެ ގޮތުގައި ހުންނެވުމަކީވެސް ހަގީގަތުގައި ގައުމަށް އެންމެ ފައިދާ ހުރި ގޮތް ނޫންކަމަށް އަސްލަމް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.