މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް، ޓޮމް-- ފޮޓޯ/ މަޖިލިސް
ހަބަރު
22 Jun 2023 | 11:29
މަޖިލިސް ހިނގައިގެން މި ނުދަނީ، އަސްލަމް ރިޔާސަތަށް ވެރިވަން މަސައްކަތް ކުރައްވާތީ: ޠާރިގު

ރައްޔިތުންގެ މަޖިލީސް ތަޅު އެޅުވި، މަޖިލިސް ހުއްޓުމަކަށް އައީ، މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަދި، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ރިޔާސަތަށް ވެރިވަން މަސައްކަތް ކުރައްވާތީ ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީސް ހުއްޓިފައި އޮންނަތާ ގާތްގަނޑަކަށް ހަފްތާއެއް ވެފައި ވަނިކޮށް، މިއަދު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތާއި ހަވާލުވެވަޑައިގެން، ޖަލްސާއެއް އަންނަނީ ކުރިއަށް ގެންދަވަމުންނެވެ. 

އެގޮތުން މިއަދުގެ އެޖެންޑާގައި އޮތީ ކޮމިޓީތައް އެކުލަވާލުމާއި ގުޅޭގޮތުން ބަހުސް ކުރުމެވެ. 

އެ ބަހުސްގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުން، ޠާރިގު ވިދާޅުވީ، މަޝްވަރާކޮށްގެން ހައްލެއް ހޯދޭތޯ މަސައްކަތް ކުރައްވާ ކަމަށް މެޖޯރިޓީ ލީޑަރ އަސްލަމް ވިދާޅުވި ނަމަވެސް، އެފަދައިން ކަން ނުކުރައްވާ ކަމަށެވެ. 

އަޅުގަނޑަށް މިއަދު ފެންނަނީ މެޖޯރިޓީ ލީޑަރަކީ މަޝްވަރާ ކޮށްގެން ކަންކަން ނިންމުމުގެ ގާބިލުކަން ނެތް ބޭފުޅެއްގެ ގޮތުގައި. އަޅުގަނޑަށް ދެން ބޮޑަށް ފެންނަނީ މެޖޯރިޓީ ލީޑަރގެ އުއްމީދު ރިޔާސަތަށް ހުރީމާ، މުޅި މައްސަލަ ޑެޑްލޮކަކުންވެސް، ރިޔާސަތަށް ވެޑުވުމަށްޓަކައި މަސައްކަތް ކުރާތަން. އެހެންވީމާ މަޖިލިސް ހިނގައިގެން މި ނުދަނީ މި ދެންނެވި ސަބަބުތަކާހުރެ. 

މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު 

މިއާއެކު، މަޖިލީހުގެ ކޮންމެ މެންބަރެއްވެސް މަޖިލީހުގެ ކޮންމެވެސް އެއް ކޮމިޓީއެއްގައި ހުންނަންޖެހޭ ކަމަށް ގަވާއިދުގައި އޮންނަކަން ފާހަގަކުރައްވައި ޠާރިގު ވިދާޅުވީ، ގަވާއިދުގައި އެފަދައިން އޮތް ނަމަވެސް، އެމްޑީޕީީން ދާދިފަހުން ވަކިވި މެންބަރުންގެ ތެރޭގައި ތިއްބެވީ މަޖިލީހުގެ އެއްވެސް ކޮމިޓީއެއްގެ މެންބަރަކަށް ނުވާ މެންބަރުން ކަމަށެވެ.

ޠާރިޤް އިތުރަށް ވިދާޅުވީ، ބަންޑާރަ ނާއިބު އާއި ފޮރިން މިނިސްޓަރުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅިފައި އޮތް އިރު، ރައީސުލްޖުމްހޫރިއްޔާ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށްވެސް އިދިކޮޅުން ތައްޔާރު ވަމުން އަންނަ ކަމަށެވެ. އަދި އެމްޑީޕީން އިސްވެ ތިބެ، މަޖިލިސް ހުއްޓުވުމަކަށް ގެނައީ އެ މައްސަލަތައް ކުރިއަށް ނުގެންދަވަން ކަމަށްވެސް ޠާރިގު ވިދާޅުވިއެވެ. 

 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.