މުހައްމަދު ޝިފާއު - ފޮޓޯ: މަޖިލިސް
22 Jun 2023 | 12:32
241 ކޮމިޓީ އެގޮތުގައި ބޭއްވުމަކީ މަރު ހެޔޮވާ ވަރުގެ ކަމެއް ނޫން: ޝިފާއު

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީ, 241 ކޮމިޓީގެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓުވާފައި އޮތުމަކީ ހެޔޮ ވާ ވަރުގެ ކަމެއް ނޫން ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެޖެންޑާ ކުރެވި ބަހުސް ކުރެވެމުންދަނީ ކޮމިޓީތައް އެކުލަވާލުމާއި ގުޅޭގޮތުންނެވެ. އެކަން ނުނިމެނީސް މަޖިލީސް ޗުއްޓީއަށް ނުދިޔުމަށް މެޖޯރިޓީ ލީޑަރ އަސްލަމް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހުން ވަނީ އެދިލައްވާފައެވެ. 

އެހެންނަމަވެސް، ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވަނީ، މިއަދަކީ، މިދައުރުގެ ފަހު ޖަލްސާ ކަމާއި، މިއަދަށްފަހު މަޖިލީސް ޗުއްޓީއަށް ދާނެކަން އިއުލާން ކުރައްވާފައެވެ. 

އެކަމާއި ގުޅިގެން މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން ޝިފާއު ވަނީ، މި ދައުރުގެ އިތުރު ޖަލްސާއެއް ބާއްވައިގެން ނަމަވެސް، ކޮމިޓީތަކާއިމެދު ގޮތެއް ނިންމުމަށް އަސްލަމް ހުށަހެޅުއްވި ހުށަހެޅުމަށް ތާއީދު ކުރައްވާ ވާހަކަ ދައްކަވާފައެވެ. 

މިއަދު މެންދުރު ފަހުވެސް އަޅުގަނޑުމެންނަށް އިތުރު ޖަލްސާއެއް ބޭއްވިދާނެ. ބާއްވާފައި މިކޮމިޓީތަކާއި ދޭތެރެގައި ގޮތެއް އަޅުގަނޑުމެން ނިންމާފައި ނުނިއްޔާ މަޖިލީސް ޗުއްޓީއަށް ދިޔުމަކީ، ގައުމެއްގެ ހައިސިއްޔަތުން މި ގައުމުގައި ކުރަން ނުވާ ވަރުގެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަވޭ. އެނގުވަޑައިގަންނަވާނެ، 241 ކޮމިޓީވެސް އެ އޮތީ އެހެން ކޮމިޓީތައް އޮތް ހާލުގައި... މި ގައުމުގައި މިއަދުވެސް މާދަމާވެސް ކިތަންމެ ނުރައްކާތެރި ކަމެއްވެސް ހިނގާފާނެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުންގެ ފަރާތުން އެކަންކަމަށް ފާރަވެރިވެ، ޖަވާބުދާރީވެ، އެކަންކަން ހިނގާފައިވާގޮތް ބަލަންޖެހޭ ފަރާތް. އެހެން ނަމަވެސް، މަޖިލީހުގެ 241 ކޮމިޓީ ހުއްޓިފައި އޮންނަ އޮތުމަކީ އެންމެ ދުވަހަކުވެސް އަޅުގަނޑުމެން އެކަމަށް އެކޮމޮޑޭޓް ކޮށްގެން އެކަން ބަލައިގަނެގެންތިބެން މަރު ހެޔޮ ނުވާނެ ކަމެއް. 

އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު 

އެހެން ކަމުން ޝިފާއު ވިދާޅުވީ، ޗުއްޓީއަށް ދިޔުމުގެ ކުރިން، 241 ކޮމިޓީއާއި އެހެން ކޮމިޓީތަކުގެ ބައްދަލުވުންތައް ބޭއްވޭނެ ގޮތެއް ހަމަނުޖެހެނީސް ޗުއްޓީއަށް ގޮސްފިނަމަ، ރައްޔިތުންގެ މަޖިލީހުން ރައްޔިތުންނަށް ޚިޔާނާތްތެރި ވީ ކަމަށް ވާނެކަމަށެވެ. 

މިއާއެކު ޝިފާއު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީން ހޯދީ، މެޖޯރިޓީ ލީޑަރ މުހައްމަދު އަސްލަމް ދެއްވީމަ ނޫން ކަމަށާ، އެއީ ރައްޔިތުންގެ ވޯޓުން ނިންމެވި ނިންމުމެއް ކަމަށެވެ. އެހެންކަމުން، މަޖިލީހުގެ މައިނޯރިޓީ އިންވެސް، އެހެން މެންބަރުންވެސް އެކަން ގަބޫލު ކުރަންޖެހޭނެ ކަމަށް ޝިފާއު ވިދާޅުވި އެވެ. 

އަދި މަޖިލީހުގެ ކަންކަން މަޝްވަރާގެ މަތިން ކުރިއަށް ގެންދިޔުމަކީ ރަނގަޅު ގޮތް ކަމަށް ބަލައި، މެޖޯރިޓީ ލީޑަރގެ ހައިސިއްޔަތުން، މައިނޯރިޓީ އަށް ދެވެން އޮތް ހުރިހާ ދުލެއް އަސްލަމް ދެއްވާފައިވާކަމަށް ޝިފާއު ވިދާޅުވިއެވެ. އެހެންނަމަވެސް އެއް ކަމުގައި ދޫ ދެއްވާ އިރަށް އަނެއް ކަމެއް ނަންގަވައި، މައިނޯރިޓީން މަސައްކަތް ކުރައްވަމުން ދިޔައީ ކޮމިޓީތައް ހިނގާނެ ގޮތެއް ހޯދައި ދެވުނަ ނުދޭން ކަމަށްވެސް ޝިފާއު ވިދާޅުވިއެވެ. އަދި އެއީ ރައްޔިތުންނަށް ވެވޭ ޚިޔާނާތެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް
ޑޮކްޓަރު ރާމީ ޙަސަން މަނިކު
241 ކޮމެޓީ ނޫނަސް، އިޚްލާޞްތެރިކަމެއް ހުރިއްޔާ ސީދާ ދިވެހިރައްޔިތުންނާ ތިޔަ ސިޓީއެއް ޙިއްސާކުރައްވަންވީ ނޫންހޭ...
22 Jun 2023
ގުޅޭ ލިޔުންތައް
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.