މީގެ ކުރިން ހިނގި އަލިފާނުގެ ހާދިސާ އަކާއި ގުޅިގެން ސިފައިން ހަރަކާތްތެރިވަނީ--
ހަބަރު
22 Jun 2023 | 14:52
މިއަހަރު ހިނގާފައިވާ އަލިފާނުގެ ހާދިސާތަކަށް 1.1 މިލިއަން ރުފިޔާގެ އެހީ ފޯރުކޮށްދެވުނު: އެންޑީއެމްއޭ

މިއަހަރުގެ މިހާތަނަށް ހިނގާފައިވާ އަލިފާނުގެ ހާދިސާތަކުގައި ލިބުނު ގެއްލުންތަކަށް ފައިސާގެ އެހީ ފޯރުކޮށްދެވިފައިވާ ގޮތުގެ އަދާހަމަ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.

އެގޮތުން އެންޑީއެމްއޭ އިން ބުނެފައިވަނީ މިއަހަރުގެ މިިހާތަނަށް ހިނގި އަލިފާނުގެ ހާދިސާތަކުގައި 8 ރަށަކުން 8 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބި އެ އޮތޯރިޓީއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މިއާއިއެކު އަލިފާނުގެ ހާދިސާގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެހީގެ ގޮތުގައި އެފަރާތްތަކަށް ޖުމްލަ 1،125940.96 ރުފިޔާ އެންޑީއެމްއޭ އިން ފޯރުކޮށްދީފައިވާ ކަމަށް ވަނީ ބުނެފައެވެ.

އެގޮތުން ފައިސާގެ އެހީ ފޯރުކޮށްދެވުނު 8 ރަށާއި ފައިސާގެ އަދަދުގެ ތަފްސީލު:

-ރ. އުގޫފާރު: 86630

-ސ. ފޭދޫ: 179400

-ހދ.މަކުނުދޫ: 160441.6

-ހދ. ނެއްލައިދޫ: 35655

-ސ. ހިތަދޫ: 191640

-ހއ. ފިއްލަދޫ: 227872

-ގދ. ގައްދޫ: 81281

-އއ. ތޮއްޑޫ: 163020

މިހާދިސާތަކުގައި 17 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަމާއި، އަންނައުނާއި، ކައްކައި ކެވޭނެ އިންތިޒާމް ހަމަޖައްސައިދެވުނު ކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެންޑީއެމްއޭ އިން ވަނީ ވޭތުވެދިޔަ 5 އަހަރަށް ބަލާއިރު އަލިފާނުގެ ހާދިސާތަކުގައި ގެދޮރަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން ރިޕޯޓް ކޮށްފައިވާ މިންވަރު އިތުރުވެފައިވާ ކަމަށާއި މީގެ ތެރެއިން އަތޮޅު ތެރެއިން ރިޕޯޓް ކުުރާ މިންވަރު އިތުރުވަމުންދާ ކަމަށް ފާހަގަކޮށްފައެވެ.

އެގޮތުން 2019 ގައި 14 ހާދިސާ، 2020 ގައި 8 ހާދިސާ، 2021 ގައި 16 ހާދިސާ، 2022 ގައި 65 ހާދިސާ އަދި މިއަހަރުގެ ޖޫން މަހާއި ހަމައަށް 31 ހާދިސާ ރިޕޯޓްކޮށްފައިވާ ކަމަށް އެންޑީއެމްއޭ އިން ވަނީ ފާހަގަކޮށްފައެވެ.

މިއާއިއެކު ވޭތުވެދިޔަ 5 އަހަރު ހިނގާފައިވާ އަލިފާނުގެ ހާދިސާތަކުގައި ގެއްލުން ލިބުނު ފަރާތްތަކަށް "ކާރިސާތަކުގައި އެހީ ދިނުމުގައި ގެންގުޅޭ މިންގަނޑު" ދަށުން 19،023،144.29 ޖުމްލަ ރުފިޔާގެ އެެހީ ފޯރުކޮށްދީފައިވާ ކަމަށް އެ އޮތޯރިޓީއިން ވަނީ ބުނެފައެވެ.

އެހެންކަމުން، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށްް އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް އެޅުމާއި، ގޭސް އަދި ކަރަންޓު ބޭނުން ކުރުމުގައި ރައްކާތެރިވުމާއި، ގޯތި ގެދޮރާއި އަގު ބޮޑު މުދަލުގެ އިތުރުން ވިޔަފާރިތައް އިންޝުއަރެންސް ކުރުމަށް އެންޑީއެމްއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވި ސެންޓަރެކެވެ.
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.