ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ޝިޔާޒު-- ފޮޓޯ/ ވޮއިސް
ހަބަރު
23 Jun 2023 | 15:16
"ފުއްގިރި މައްސަލައިގެ ޖުލައި މަހުގެ ތާވަލް ހަދާފައި ވަނީ ދިފާއީ ވަކީލުންނާ މަޝްވަރާނުކޮށް"

ކްރިމިނަލް ކޯޓުން ފުއްގިރި މައްސަލަ ޖުލައި ފުރަތަމަ ހަފްތާ އާ ދެވަނަ ހަފްތާއަށް ހަފްތާއަކު 3 ދުވަހު އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހަށް ތާވަލު ކޮށްފައިވަނީ ދިފާއީ ވަކީލުންނާ މަޝްވަރާ ނުކޮށް ކަމަށް އެ މައްސަލާގައި ދައުލަތުން ދައުވާ ކޮށްފައިވާ ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ދިފާއީ ވަކީލު، އަބްދުالله ޝިޔާޒް ވިދާޅުވެއްޖެއެވެ. 

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޕީޖީ ހުސައިން ޝަމީމް ވަނީ، ރިޔާސީ އިންތިހާބަށް ކެންޑިޑޭޓުން ކުރިމަތިލާން އޮންނަ މުއްދަތު ހަމަވުމުގެ ކުރިން މައްސަލަތައް ނިންމައި ދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ ހައިސިއްޔަތުން އޭނާ އެދިފައި އޮންނާނެ ކަމަށް ވިދާޅުވެފައެވެ.

ޔާމީންގެ މައްސަލަ ކްރިމިނަލް ކޯޓުގައި ފުލުފުލުގައި ތާވަލް ކުރަމުން ގެންދާތީ އެކަމާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުން ވެސް ބޭނުންވަނީ ވީހާވެސް އަވަހަށް މައްސަލަތައް ނިންމަން ކަމަށް އޭނާ އަރިހުގައި ވިދާޅުވި ކަމަށެވެ.

އަދި ރާއްޖެ އިން ބޭރުގެ ފަރާތްތަކުން ވެސް ރިޔާސީ ކެންޑިޑޭޓް ވުމުން ވީހާވެސް އަވަހަކަށް ރައީސް ޔާމީންގެ މައްސަލަ ނިންމަން ބާރު އަޅުއްވަމުން ގެންދަވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

"އަވަހަށް މައްސަލަ ނިންމަން އަޅުގަނޑުމެން ވެސް އެދިފައި އޮންނާނީ. ނަމަވެސް އޭގެ މާނައެއް ނޫން 24 ގަޑިއިރު ޝަރީއަތް ކުރާށެކޭ. ދިފާއީ ވަކީލުން ވެސް އެއްބަސްވެގެން ޝަރީއަތްތައް ކުރިއަށް ގެންދަން ތާވަލް ކުރަނީ. އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދަނީ އަޅުގަނޑުމެން ފަރާތުން ޝަރީއަތް ލަސްވިޔަ ނުދިނުމަށް." ޝަމީމް ވިދާޅުވިއެވެ.

ނަމަވެސް، ޝިޔާޒް ވިދާޅުވީ، ޖުލައި މަހުގެ ފުރަތަމަ ހަފްތާގައި، ހަފްތާ އަކު ތިން ދުވަހަށް ތާވަލް ކުރީ ދިފާއީ ވަކީލުންނާ މަޝްވަރާނުކޮށް ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.