ވޯޓާސް ލިސްޓްގައި ސޮއި ކުރަން ފަށައިފި

08 Sep 2018 | 12:35

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ދެ ކެންޑިޑޭޓުންގެ ފަރާތުން ވޯޓާސް ލިސްޓްގައި ސޮއި ކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

އިލެކްޝަން ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވީ، ވޯޓާސް ލިސްޓްގައި ސޮއި ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، އެކަން ކުރިއަށްދަނީ ވަރަށް އޮމާންކޮށްކަމަށެވެ. އަދި އަންނަ ބުދަދުވަހުގެ ހަވީރު ހަޔަކާ ހަމައަށް 24 ގަޑިއިރު ވޯޓާސް ލިސްޓްގައި ސޮއި ކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ތެރެއިން ކޮންމެ ބޭފުޅެއްގެ ފަރާތުން 25 މަންދޫބުންނަށް، ލިސްޓްގައި ސޮއިކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ކޮމިޝަނުން ގެޒެޓްކުރި ވޯޓާސް ލިސްޓްގައި ސޮއިކުރަން ފަސް ދުވަހުގެ މުއްދަތެއް ދެއްވީ، އިތުރު ވަގުތު ބޭނުންވާ ކަމަށް އެއް ކެންޑިޑޭޓަކު އެދިވަޑައިގަތުމުން ކަމަށެވެ.

Advertisement

ކޮމެންޓް